ފާއިތުވި ދިގު މާޒީގައި އެމެރިކާއިން އީރާނާ ދެކޮޅަށް ހިންގާފައިވާ އެކި އަމަލުތަކުގެ ބަދަލެއްގެ ގޮތުން، 290 ބިލިއަން އެމެރިކާ ޑޮލަރު ދެއްކުމަށް އީރާނުގެ ކޯޓުތަކުން އެމެރިކާގެ މައްޗަށް އަމުރުކޮށްފިއެވެ.
އީރާނުގެ ޝަރުއީ ދާއިރާގެ އިސް އޮފިޝަލެއް ކަމަށްވާ ޙަސަން ޢަބްދުލިއަންޕޫރާ ޙަވާލާދީ އެ ޤައުމުގެ ދައުލަތުގެ މީޑިއާއިން ހޯމަ ދުވަހު ހާމަކުރި ގޮތުގައި، އެމެރިކާއާ ދެކޮޅަށް މި ހުކުމްތައް އިއްވާފައިވަނީ ވޭތުވެދިޔަ އެތައް އަހަރެއްގެ ތެރޭގައި އެމެރިކާއިން އަޅާފައިވާ އެކި ފިޔަވަޅުތަކުގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެންނެވެ.
މީގެ އިތުރުން، އީރާނަށް ޙަމަލާދިނުމަށް އެމެރިކާއަށް އެ ޤައުމުތަކުގެ ބިން ބޭނުންކުރުމުގެ ފުރުޞަތު ދިން ކަމަށް ބުނެ، ގަލްފުގެ ޢަރަބި ބައެއް ޤައުމުތަކާ ދެކޮޅަށް ވެސް ކޯޓުތަކަށް މައްސަލަތައް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ޚަބަރު ފެންމަތިވެފައި މިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އީރާނާ ގުޅުންހުރި ގިނަ އަދަދެއްގެ ފަރުދުންނާއި ކުންފުނިތަކަކަށް އަމާޒުކޮށް، ދަތިކުރުމުގެ އައު ފިޔަވަޅުތަކެއް އިޢުލާނުކުރި ދަނޑިވަޅެއްގައެވެ.
މެދުއިރުމަތީގެ މި ހަމަނުޖެހުންތައް އިތުރަށް ގޯސްވެގެން ދިޔައީ، ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނަށް ދިން ވަރުގަދަ ޙަމަލާތަކެއްގައި އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ ޝަހީދުކޮށްލުމާ ގުޅިގެންނެވެ. އެ ޙަމަލާތަކުގެ ރައްދެއްގެ ގޮތުން އީރާނުން ވަނީ ސަރަޙައްދުގައިވާ އެމެރިކާއާއި އިސްރާއީލުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯން ޙަމަލާތަކެއް ދީފައެވެ.
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅުވައިގެން އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދަށް ބޮޑެތި ލޮޅުންތަކެއް އަރަމުންދާއިރު، ސުލްޙަ ޤާއިމުކުރުމަށް މަގުފަހިކުރުމުގެ ގޮތުން ޖޫން މަހުގެ ތެރޭގައި ޕާކިސްތާނުގެ އިސްލާމްއާބާދުގައި އެމެރިކާއާއި އީރާނާ ދެމެދު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.
މި ފަހުމުނާމާގެ ދަށުން، އީރާން އަލުން އާރާސްތުކޮށް އިޤްތިޞާދު ކޮޅަށް ޖެހުމަށްޓަކައި، އެމެރިކާއާއި ސަރަޙައްދީ ބައިވެރިން ގުޅިގެން މަދުވެގެން 300 ބިލިއަން ޑޮލަރުގެ އެހީގެ ޕްލޭނެއް އެކުލަވާލުމަށް ވަނީ އެއްބަސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު