ޓޯކިޔޯއަށް ބާރުގަދަ ބިންހެލުމެއް އަތުވެދާނެ ކާރިސީ ހާލަތަކަށް ރިއާޔަތްކޮށް، ކުއްލި ހާލަތްތަކުގައި އިޖާބަދޭ މައި މަރުކަޒު ޓޯކިޔޯ ސަރަހައްދުން ބޭރުގައި ގާއިމުކުރުމަށް ޖަޕާނު ސަރުކާރުން ނިންމައިފިއެވެ.
މި ނިންމުމާ އެކު، ވެރިރަށުގެ ބަދަލުގައި ބޭނުންކުރާނެ "ސަބް-ކެޕިޓަލް" އެއް ނުވަތަ ދެވަނަ ވެރިރަށެއްގެ ގޮތުގައި ބަލާ ސަރަހައްދެއްގައި އެ މަރުކަޒު ގާއިމުކުރުމުގެ ފުރުސަތުތައް ވެސް ސަރުކާރުން އަންނަނީ ދިރާސާކުރަމުންނެވެ.
ސަރުކާރުގެ މަސްދަރުތަކާ ހަވާލާދީ ހޯމަ ދުވަހު ހާމަކޮށްފައިވާ ގޮތުގައި، މިއީ ބޮޑުވަޒީރުގެ އޮފީހުގައި މިފަދަ މަރުކަޒެއް ހިންގުމަށް ހުރަސްއެޅޭ ހާލަތްތަކުގައި އަމަލުކުރާނެ އިމަޖެންސީ ޕްލޭނެކެވެ. އެހެންނަމަވެސް، މަރުކަޒީ ސަރުކާރުގެ ޖުމްލަ ހިންގުން އެއްކޮށް ހުއްޓުމަކަށް އަތުވެދާނެ ކަމަކަށް އޮފިޝަލުން ލަފައެއް ނުކުރައްވައެވެ.
މިހާރު އެކުލަވާލާފައިވާ ޕްލޭން ބަޔާންކުރާ ގޮތުން، ބޮޑުވަޒީރުގެ އޮފީސް ބޭނުންނުކުރެވޭ ހާލަތެއްގައި ކާރިސާތަކާ ބެހޭ މައި މަރުކަޒު ބަދަލުކުރުމަށް ކަނޑައަޅާފައިވާ ތަންތަނުގެ ތަރުތީބަކީ؛ ސެންޓްރަލް ގަވަމަންޓް ބިލްޑިންގ ނަންބަރު 8، ޑިފެންސް މިނިސްޓްރީ، އަދި ޓޯކިޔޯގައި ހުންނަ ޓަޗިކާވާ ވައިޑް-އޭރިއާ ޑިޒާސްޓަރ ބޭސްއެވެ.
ސަރުކާރުގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމުގެ ޕްލޭނަށް (ބިޒްނަސް ކޮންޓިނިއުޓީ ޕްލޭން) ކުރިއަށް އޮތް ތަނުގައި ގެންނަން ނިންމާފައިވާ އިސްލާހުތައް ތަންފީޒުކުރާނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި، މިހާރު ކަނޑައެޅިފައިވާ ތިން ތަނުގެ އިތުރުން ބޭނުންކުރެވިދާނެ އެހެން ސަރަހައްދުތައް ދެނެގަތުމުގެ ދިރާސާތައް ކުރިއަށްދާނެއެވެ. އަދި ދެވަނަ ވެރިރަށެއް ގާއިމުކުރުމުގެ މަސައްކަތް ވަކި ނިޒާމަކަށް ފެތުމުން، ދެވަނަ މަރުހަލާގެ ދަށުން އާ މަރުކަޒު ގާއިމުކުރާނެ ވަކި ތަނެއް ރަސްމީކޮށް ކަނޑައަޅައި އިއުލާނުކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު