އިންޑިއާއިން ނޭޕާލަށް 240 ބިލިއަން ނޭޕާލީ ރުޕީސް (1.62 ބިލިއަން އެމެރިކާ ޑޮލަރު) ގެ އިގްތިސާދީ އެހީގެ ޕެކޭޖެއް އިއުލާންކޮށްފިއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިކަން އިއުލާންކުރެއްވީ، ނިއުދިއްލީގައި ނޭޕާލުގެ ބޮޑުވަޒީރު ބަލެންދުރަ ޝާހުއާ އެކު ބޭއްވެވި ރަސްމީ މަޝްވަރާތަކަށް ފަހުގައެވެ.
ޝާހު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދެ ދުވަހުގެ މި ދަތުރުފުޅަކީ، ފާއިތުވި މާޗު މަހު ނޭޕާލުގެ ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ބޭރު ގައުމަކަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މި ދަތުރުފުޅު ކުރައްވާފައި މިވަނީ، އޮގަސްޓް މަހު ނޭޕާލަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ކާރިސާގައި ގާތްގަނޑަކަށް 1،500 މީހުން މަރުވެ، އިތުރު 5،200 މީހުން ގެއްލި މަރުވެފައިވާ ކަމަށް ބެލެވިފައިވާ ދަނޑިވަޅެއްގައި، އެ ކާރިސާއިން އަރައިގަތުމަށް ނޭޕާލުން މަސައްކަތް ކުރަމުންދަނިކޮށެވެ.
އެ ކާރިސާގެ ގެއްލުންތަކުން އަރައިގަތުމަށް ކަތަމަންޑޫއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އިންޑިއާއިން ދިން މި އިގްތިސާދީ ޕެކޭޖަކީ، އިންޑިއާއާއި ނޭޕާލާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު