މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށާއި ތިމާވެށި ޙިމާޔަތްކުރުމުގެ ދާއިރާއިން ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގޮސްފައިވަނީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް، ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝީގާމީ ރުމީކޯއާއެކު ބޭއްވެވި ޚާއްޞަ ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައިވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ތަރައްޤީއަށް ވާސިލުވުމަށް ގުޅިގެން މަސައްކަތްކުރުމުގެ މައްޗަށެވެ. އެގޮތުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދެ ޤައުމު ގުޅިގެން ކުރެވިދާނެ ކަންކަމާއި، ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ދެބޭފުޅުން ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެއްވިއެވެ.
މީގެއިތުރުން، ތިމާވެށި ޙިމާޔަތްކުރުމުގެ އެކި މަޝްރޫޢުތަކާއި، އިޔާދަކުރަނިވި ހަކަތަ އަދި ވިލުންތެރިކަން އިތުރުކުރުމުގެ ދާއިރާތަކުން ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.
ޖަޕާނަކީ ރާއްޖޭގެ އުމްރާނީ އަދި އިޖުތިމާޢީ ތަރައްޤީގެ އިތުރުން، މޫސުމީ ބަދަލުތަކުން ރައްކާތެރިވުމަށާއި ތިމާވެށީގެ ދާއިރާއިން ރާއްޖެއަށް އަބަދުވެސް އަގުހުރި އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދެމުން އަންނަ އިތުބާރުހުރި ބައިވެރިއެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުންވެސް އަންނަނީ ބޭރު ޤައުމުތަކާއެކު އޮންނަ ގުޅުންތައް ބަދަހިކޮށް، ޚާއްޞަކޮށް ތިމާވެށީގެ ދާއިރާއިން ޤައުމަށް ފައިދާހުރި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު