އާންމު ސިއްހަތުގެ އަސާސީ ހިދުމަތްތަކާ ބެހޭ ފުރަތަމަ ގައުމީ މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ ހެލްތު މިނިސްޓްރި
އާންމު ސިއްހަތުގެ އަސާސީ ހިދުމަތްތަކާ ބެހޭ ފުރަތަމަ ގައުމީ މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ ހެލްތު މިނިސްޓްރި
ރާއްޖޭގައި ކޮންމެހެން ފޯރުކޮށްދޭންޖެހޭ އާންމު ސިއްހަތުގެ އަސާސީ ހިދުމަތްތައް ކަނޑައަޅައި މެޕްކުރުމަށް ބާއްވާ "އެސެންޝަލް ޕަބްލިކް ހެލްތު ފަންކްޝަންސް" (އީ.ޕީ.އެޗް.އެފް) އާ ގުޅޭ ފުރަތަމަ ގައުމީ މަސައްކަތު ބައްދަލުވުން ފަށައިފިއެވެ.

މީރުމާ އިވެންޓްސް ހޯލުގައި މިއަދު ފެށި މި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހެލްތު މިނިސްޓަރު ގީލާ އަލީ އެވެ.

މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ 12 އީ.ޕީ.އެޗް.އެފް ރާއްޖޭގެ ހާލަތާ ގުޅުވައި ކަނޑައެޅުމާއި، މި ހިދުމަތްތައް ދޭނެ ފަރާތްތައް ދެނެގަތުންކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ. އަދި މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން 'ނޭޝަނަލް ޕަބްލިކް ހެލްތު ވޯކްފޯސް ރޯޑްމެޕް 2027–2031' އަދި ގުޅުންހުރި ގައުމީ އެހެނިހެން ޕްލޭންތައް އެކުލަވާލެވިގެންދާނެކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މި ހަރަކާތަކީ ހެލްތު މިނިސްޓްރީއާއި ޑަބްލިޔު.އެޗް.އޯ އަދި ޗައިނާ އެއިޑްގެ އެހީތެރިކަމާއެކު އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ހަރަކާތެއްކަމަށް މިނިސްޓްރީން ބުންޏެވެ.

މިއަދުގެ ހަފްލާގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނާއި އިސްވެރިން، ދުނިޔޭގެ ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު، މެޑަމް ޕޭޑެން އަދި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ އެމްބަސީގެ މަންދޫބު ބައިވެރިވެ ވަޑައިގެންނެވިއެވެ. ޑަބްލިއުއެޗްއޯގެ ފަންނީ އެހީތެރިކަމާއެކު ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުމުގައި، ކަމާގުޅުންހުރި އެކި މުއައްސަސާތަކާއި އިދާރާތައް ތަމްސީލުކުރާ 45 ބައިވެރިން ބައިވެރިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް