ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ސަރުކާރުން ފަށާފައިވާ ހާއްސަ ޕްރޮގްރާމުގެ ދަށުން، މިހާތަނަށް 709 މީހަކު ފަރުވާ ފުރިހަމަކޮށް ދުންފަތާ ދުރުވެފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ.
ދުންފަތް ކޮންޓްރޯލްކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ ސިޔާސަތުގެ ދަށުން ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ސިއްހީ ދާއިރާއިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން، ދުންފަތުގެ ވަބާއިން މީހުން ސަލާމަތްކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން 840 ސިއްހީ ހިދުމަތްތެރިން މިހާތަނަށް ވަނީ ތަމްރީނުކޮށްފައެވެ. މީގެ އިތުރުން 'ޓޮބޭކޯ ސެޒޭޝަން' ނުވަތަ ދުންފަތް ހުއްޓާލުމަށް އެހީވާ ކްލިނިކްތަކުގެ ހިދުމަތް މާލޭގެ 3 ހޮސްޕިޓަލަކުންނާއި، އަތޮޅުތަކުގެ 48 މަރުކަޒަކުން މިހާރު އަންނަނީ ދެމުންނެވެ. އަދި މިކަމަށް އެހީތެރިވުމަށް ގާއިމުކުރި 24 ގަޑިއިރުގެ ހޮޓްލައިން މެދުވެރިކޮށް 877 މީހަކު ވަނީ ހިދުމަތް ހޯދާފައެވެ.
ޒުވާން ޖީލުތައް ދުންފަތުން ރައްކާތެރިކުރުމުގެ ގޮތުން، 2007 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ސިނގިރޭޓު މަނާކުރާ 'ޖެނެރޭޝަނަލް ބޭން' ތަންފީޒުކޮށް، ގާނޫނަށް ވަނީ މުހިންމު އިސްލާހުތަކެއް ގެނެސްފައެވެ. އަދި 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި، ގެންގުޅުމާއި، ވިއްކުމާއި، ހިލޭ ބެހުން މަނާކޮށް ގާނޫނަށް އަމަލުކުރަން ވަނީ ފަށާފައެވެ.
ގާނޫނު ތަންފީޒުކުރަން ފެށިފަހުން، މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ވަނީ ގަވާއިދާ ހިލާފަށް އެތެރެކުރަން އުޅުނު 58,130 ވޭޕް ސްޓިކް އަތުލައިގަނެ، 457 މިލިއަނަށް ވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އަދި 26 މިލިއަނަށް ވުރެ ގިނަ ދުންފަތް ސްޓިކް އަތުލައިގަނެ، 23 މިލިއަނަށް ވުރެ ގިނަ ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ. މީގެ އިތުރުން ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ވޭޕާ ގުޅުންހުރި 424 މައްސަލައެއް ބަލައި، 4 މިލިއަނަށް ވުރެ ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފައެވެ.
ގާނޫނުގައިވާ ގޮތުން ވޭޕްގެ ބާވަތްތައް ރާއްޖެ އެތެރެކޮށްފިނަމަ 50,000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓަކަށް ނުވަތަ ވޭޕަކަށް 10,000 ރުފިޔާގެ މަގުން ޖޫރިމަނާ ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން ކުޑަކުއްޖަކަށް ވޭޕްގެ އެއްވެސް އާލާތެއް ވިއްކައިފިނަމަ ނުވަތަ ހިލޭ ދީފިނަމަ، އިތުރު 50,000 ރުފިޔާގެ ޖޫރިމަނާއެއް އަންނާނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ މި ބަދަލުތަކަށް އާންމުން ހޭލުންތެރިވެ، ގާނޫނާ ހިލާފު އަމަލުތަކުން ދުރުހެލިވުމަށް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު