ފެލިދޫ ޕޮލިސް ސްޓޭޝަން މަޝްރޫއުގެ ދަށުން ފުރަތަމަ ފަންގިފިލާގެ ޝީޓު އެޅުމަށް ތައްޔާރުވެފައި--
ފެލިދޫ ޕޮލިސް ސްޓޭޝަން މަޝްރޫއުގެ ދަށުން ފުރަތަމަ ފަންގިފިލާގެ ޝީޓު އެޅުމަށް ތައްޔާރުވެފައި--
ފެލިދޫ ޕޮލިސް ސްޓޭޝަން މަޝްރޫއުގެ ދަށުން ފުރަތަމަ ފަންގިފިލާގެ ޝީޓު އެޅުމަށް ތައްޔާރުވަމުންދާކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ޝީޓު އެޅަން ކޮންކްރީޓް އެޅުމުގެ މަސައްކަތް ފެށުމުގެ ގޮތުން މޯލްޑުތައް ޖަހައި، އޭގެ ތެރޭގައި ދަގަނޑުތައް ހަރުކުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ހަރުދަނާކޮށް، ޒަމާނީ ފެންވަރުގެ ވަސީލަތްތައް ޤާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ސިޔާސަތުގެ ދަށުން، މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

މި މަޝްރޫޢު ނިމުމުން ފެލިދޫގައި ޤާއިމުވެގެންދާނީ ފުލުހުންގެ އޮޕަރޭޝަންތަކަށާއި އިދާރީ ކަންކަމަށް ފުރިހަމައަށް އެކަށޭނަ، ޒަމާނީ ފެންވަރުގެ ސްޓޭޝަނެކެވެ. މިއީ ރަށުގެ ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބި، ރައްކާތެރިކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ފުލުހުން ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް