ސިނަމާލެ ބްރިޖު ހައިވޭގައި މަގުމަތީގެ ސަލާމަތީ ކަންކަން ބަލަހައްޓަން ހުރި ފުލުހެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖައްސައި ޒަޚަމްކޮށްލި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ތިން މީހަކު ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލައިފިއެވެ.
މި މައްސަލައިގައި ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވަނީ ސައިކަލު ދުއްވަން އިން މީހާ އެކަންޏެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ހިނގި މި ނުރައްކާތެރި ހާދިސާއާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، ހދ. ކުޅުދުއްފުށި، އުއްދަޑިމާގެ، ޢަބްދުﷲ ސައްމާޙް ޙަސަން ޞާދިޤް (20އ) އާއި، ކ. ގާފަރު، މަލަ، އަޙްމަދު ސިނާޒް (30އ) ގެ އިތުރުން މި މައްސަލައިގެ ތުހުމަތުގައި ފަހުން ހައްޔަރުކުރި 21 އަހަރުގެ ދެ ފިރިހެނުންނެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި ފުލުސް މީހާގެ ގައިގައި ޖެހުނު ސައިކަލު ދުއްވަން އިނީ ސައްމާޙެވެ. އަދި ސިނާޒަކީ އެވަގުތު ސައިކަލުގެ ފަހަތުގައި އިން މީހާއެވެ.
މި ހަތަރު މީހުން ހައްޔަރުކޮށް ޔޫރިން ޓެސްޓު ކުރިއިރު، އެ އެންމެންގެ ޔޫރިންގެ ވަގުތީ ނަތީޖާ ވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައެވެ. ނަމަވެސް، ކޯޓުން ވަނީ ސައިކަލު ދުއްވި ސައްމާޙް ފިޔަވައި ދެން ތިބި ތިން މީހުން ރަށުން ބޭރަށް ނުދިއުމަށް ޝަރުތުކުރުމަށްފަހު ބަންދުން ދޫކޮށްލާފައެވެ. އަދި ސައްމާޙްގެ ބަންދަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި ހާދިސާ ހިނގާފައިވަނީ ބްރިޖު ހައިވޭގައި މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭނުގައި ނުރައްކާތެރިކޮށް ދުއްވާ އުޅަނދުތައް ހުއްޓުވުމަށްޓަކައި ފުލުހުން ޖަހާފައިވާ ވެހިކަލް ޗެކްޕޮއިންޓެއްގައެވެ. ގަޑިއަކު 100 ކިލޯމީޓަރަށްވުރެ ބާރުމިނުގައި ދުއްވާފައި އައި މި ސައިކަލު ކޮންޓްރޯލް ނުވެ، ފުރަތަމަ ޖެހުނީ މަގުމަތީގައި ބަހައްޓާފައި ހުރި ބެރިކޭޑުގައެވެ. އެއަށްފަހު ވިއްސައިގެން ގޮސް، އެތަނުގައި ޑިއުޓީ އަދާކުރަން ހުރި ފުލުސް އޮފިސަރުގެ ގައިގައި ޖެހި، އޭނާގެ މޫނުމައްޗަށް ވަނީ ފުން އަނިޔާތަކެއް ލިބިފައެވެ.
މަސްތުގެ ހާލަތުގައި ތިބެ، އާންމުންނާއި ގާނޫނު ތަންފީޒުކުރާ ފަރާތްތަކުގެ ފުރާނައަށް ނުރައްކާވާ ގޮތަށް ހިންގި މިއަމަލަކީ ނުހަނު ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، ފުލުހުންގެ އިދާރާއިން ދަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު