ތ. ދިޔަމިގިލީ ސްކޫލުގައި އެމްއެންޑީއެފް ސަރވިސް ކޯރގެ މިލިޓަރީ އިންޖިނިއަރސް (އެމްއީ) ގެ ސިފައިން އިމާރާތްކުރި 10 ކުލާސްރޫމްގެ ތިން ބުރީގެ އައު އިމާރާތުގެ މަސައްކަތް 235 ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލައިފިއެވެ.
ފާއިތުވި މާރިޗު މަހުގެ 31 ވަނަ ދުވަހު ފެށި މި މަޝްރޫޢުގެ މަސައްކަތް ނޮވެމްބަރު 21 ވަނަ ދުވަހު ނިންމާލާފައިވަނީ ސިފައިން ރެޔާއިދުވާލު މެދުކެނޑުމެއް ނެތި ކުރި ބުރަ މަސައްކަތުންނެވެ.
މި މަޝްރޫޢުގެ ދަށުން ކުރިން ހުރި އިމާރާތުގެ ސްޓްރަކްޗަރަށް ލިބިފައިވާ ގެއްލުންތައް މަރާމާތުކޮށް، އިތުރު ކޮލަމްތައް ޖަހައި އިމާރާތް ވަރުގަދަކުރުމުގެ އިތުރުން ކޮންކްރީޓް ކުރުމާއި، ރޭނުމާއި، ސިމެންތި ޖެހުމާއި ފުރާޅުގެ މަސައްކަތްތައް ސިފައިން ވަނީ ފުރިހަމަކޮށްފައެވެ.
މީގެ އިތުރުން ކުލާސްރޫމްތަކާއި ފާޚާނާތަކުގައި ތަށިމުށި ޖަހައި ސީލިންގކުރުމާއި، ރެއިލިން ހަރުކުރުމާއި، ފެނާއި ނަރުދަމާ އަދި ކަރަންޓް ނެޓްވޯކް ޤާއިމުކުރުމުގެ މަސައްކަތްވެސް ވަނީ ކޮށްފައެވެ. ހަމައެއާއެކު އައިސީޓީ ނަރުތައް އެޅުމާއި، ސަރވަރ ރެކް އަދި ޕީއޭ ސިސްޓަމް ހަރުކުރުމާއި ފަޔަރ އެކްސްޓިންގުއިޝާ ބެހެއްޓުމާ ހަމައަށް ހުރިހާ ކަމެއް ނިންމާފައިވަނީ ސިފައިންނެވެ.
އެމްއެންޑީއެފުން މައުލޫމާށތުދޭ ގޮތުގައި ވޮރަންޓް އޮފިސަރ 2 ޖަޢުފަރު މުޙައްމަދުގެ މެނޭޖަރުކަމާއި ފަސްޓް ސާޖަންޓް އަޙްމަދު ޚާލިދުގެ އެސިސްޓެންޓް މެނޭޖަރުކަމުގެ ދަށުން ކުރިއަށްގެންދިޔަ މި މަސައްކަތުގައި ސިގްނަލްސްއާއި އީއެމްއީގެ ޓެކްނިކަލް އެހީތެރިކަމުގެ އިތުރުން ސެންޓްރަލް އޭރިއާ ކޮމާންޑުގެ އެއްބާރުލުން ލިބިފައިވެއެވެ.
އަދި މަޝްރޫޢު ފެށީއްސުރެ ނިމެންދެން ދިޔަމިގިލީ ރައްޔިތުންގެ ފަރާތުން ޢަމަލީ ގޮތުންނާއި އެކި ގޮތްގޮތުން ސިފައިންނަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާކަން އެމްއެންޑީއެފުން ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު