މާލޭގައި މީގެ ކުރިން ހިނގި އަލިފާނުގެ ހާދިސާއެއްގައި އަލިފާން ނިއްވުމަށް ސިފައިން ހަރަކާތްެތެރިވަނީ
މާލޭގައި މީގެ ކުރިން ހިނގި އަލިފާނުގެ ހާދިސާއެއްގައި އަލިފާން ނިއްވުމަށް ސިފައިން ހަރަކާތްެތެރިވަނީ
މާލޭގެ ހެންވޭރުގައި ހުންނަ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެމްއެންޑީއެފް އާއި ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

އަލިފާން ރޯވެފައިވަނީ ޖަނަވަރީމަގު ސޮނީ ސްޕޯޓްސް ކުރިމަތީގައި އޮންނަ ގޯޅިއެއްގެ ތެރޭގައި ހުންނަ "ހ. ބެރެބެދިމާގެ" ގެ ދެވަނަ ފަންގިފިލާގައެވެ.މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފް އިން ބުނީ، އެ ގޭގެ ދެވަނަ ފަންގިފިލާގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި އަލިފާން ރޯވި ސަރަހައްދުގައި ބޯކޮށް ދުން ފެތުރިފައިވާއިރު، އަލިފާން ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި ސިފައިންނާއި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. އަދި އަލިފާން ރޯވާން މެދުވެރިވި ސަބަބެއް ވެސް އަދި ސާފުވެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް