މި އަހަރު ދައުލަތުން ދައްކަންޖެހުނު ބޮޑެތި ދަރަނިތައް ކާމިޔާބުކަމާއެކު އަދާކުރެވުނީ، އެކަމަށްޓަކައި ކުރީބައިގައި ވެވުނު ހަރުދަނާ ތައްޔާރީތަކާއި ރޭވުންތެރި އިންތިޒާމުތަކުގެ ސަބަބުން ކަމަށް މާލީ ކަންކަމާއި ދައުލަތުގެ ވިޔަފާރިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި އެމްއެމްޓީވީން ގެނެސްދިން "ހަފުތާ 156" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ވެރިކަމާ ހަވާލުވުމުގެ ކުރިން ހިނގައިދިޔަ އިންތިގާލީ މަރުހަލާގައި ރާއްޖޭގެ އިގުތިސާދީ ހާލަތު ވަޒަންކުރިއިރުވެސް، 2026 ވަނަ އަހަރަކީ ދަރަނި ދެއްކުމަށްޓަކައި ބޮޑު ހޭދައެއް ކުރަންޖެހޭނެ އަހަރެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން، ގާތްގަނޑަކަށް 12 ބިލިއަން ރުފިޔާގެ ދަރަނި އަދާކުރަންޖެހޭނެކަން ދެނެގަނެވިފައިވާތީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ އަހަރުން ފެށިގެން އެންމެ މުހިންމު އިސްކަމެއް ދެއްވީ މިއަހަރު ދައްކަންޖެހުނު 500 މިލިއަން ޑޮލަރުގެ ސުކޫކު ދަރަނި އަދާކުރެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ އެންމެ ދެ މިލިއަން ޑޮލަރު ކަމުގައި ވިޔަސް، އެ ފަންޑު ވަރުގަދަކުރުމަށް ކުރެވުނު މަސައްކަތުން، މިއަހަރުގެ އޭޕްރީލް މަހު ސުކޫކު ދެއްކިއިރު ފަންޑުގައި 350 މިލިއަން ޑޮލަރު ޖަމާކުރެވިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ބޭރު ފައިސާގެ ރަސްމީ ރިޒާވް އިތުރުކުރުމަށް އެޅުނު ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާއާއެކު، އޭޕްރީލް މަހާ ހަމައަށް ރިޒާވް 1.3 ބިލިއަން ޑޮލަރަށް އުފުލި، ފަހުގެ ތާރީޚެއްގައި ރިޒާވް އެންމެ މައްޗަށް ދިޔަ މިންވަރަށް އިތުރުވެގެން ދިޔަކަމަށް ވިދާޅުވިއެވެ. މި ކުރިއެރުންތަކާއެކު ސުކޫކުގެ ބާކީބައި ރިޒާވުން ހަމަޖެއްސުމުގެ އިތުރުން، މި އަހަރުގެ ތެރޭގައި އެހެނިހެން ދަރަނީގެ ގޮތުގައި އިތުރު 100 މިލިއަން ޑޮލަރާއި، ދާދިފަހުން ޓީބިލަށް ދައްކަންޖެހުނު 50 މިލިއަން ޑޮލަރުވެސް ސޮވެރިން ފަންޑުން އަދާކޮށްފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
މިފަދަ ބޮޑެތި މާލީ އިލްތިޒާމުތަކެއް ފުރިހަމަކުރަމުން ދިޔައިރުވެސް، ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި، ރައްޔިތުންނަށް ދެމުންގެންދާ ސަބްސިޑީތަކާއި އިޖުތިމާއީ ރައްކާތެރިކަމުގެ އެހީތަކަށް އެއްވެސް ހުއްޓުމެއް އަދި ބުރުލެއް އަރާފައި ނުވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު ދަށަށްގޮސް، ތެލުގެ އަގު އުފުލުމުން އިގުތިސާދަށް ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސީދާ ބެއްލެވުމުގެ ދަށުން ގައުމުގެ މާލީ ހާލަތު ވަރަށް ހަރުދަނާކަމާއެކު ބަލަހައްޓަވާފައިވާ ކަމަށް ވަޒީރު ޒަރީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު