ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ އަލުން އެނބުރި ޤައުމަށް ވަޑައިގަތުމަށް ގޮވާލައި އެކަމަނާއަށް ތާއީދުކުރާ ފަރާތްތަކުން ފެށި ސިލްސިލާ މުޒާހަރާތައް ވަރުގަދަވެ، ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެއްޖެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށްޓަކައި ފުލުހުން ވަނީ ކަރުނަގޭހާއި ރަބަރު ވަޒަން ބޭނުންކޮށްގެން މުޒާހަރާގެ ބައިވެރިން ރޫޅާލަން މަސައްކަތް ކޮށްފައެވެ.
މި މުޒާހަރާތަކުގެ ތެރެއިން ގޯޕާލްގަންޖް ޑިސްޓްރިކްޓުގައި ހަރަކާތްތެރިވި ފަރާތްތަކުން ވަނީ ފުލުހުންގެ އުޅަނދެއްގައި އަލިފާން ރޯކޮށްލާފައެވެ. އަދި ފަރީދްޕޫރު ސަހަރުގައި ބަހެއްގައި ރޯކޮށްލުމާ ގުޅިގެން، ދުމުގެ އަސަރުކޮށްގެން އުމުރުން 60 އަހަރުގެ ބަސް ޑްރައިވަރަކު ވަނީ ނިޔާވެފައެވެ.
މި ހަމަނުޖެހުންތައް އުފެދިފައި މިވަނީ، 2024 ވަނަ އަހަރު ވެރިކަމުން ދުރުކުރެވުމާ ގުޅިގެން އިންޑިއާގައި އަމިއްލައަށް އަރުވާލެވިގެން ހުންނެވި ޝައިޚް ހަސީނާ، ޤައުމަށް އެނބުރި ވަޑައިގަތުމުގެ ބޭނުމުގައި ޕާސްޕޯޓަށް އެދިވަޑައިގެންނެވިކަން ހާމަކުރެއްވިތާ އެއް ދުވަސް ފަހުންނެވެ. މިއީ ވެރިކަން ގެއްލުނު ފަހުން އެކަމަނާގެ ސަޕޯޓަރުން މަގުމައްޗަށް ނުކުމެ ކުރިއަށްގެންދިޔަ މިފަދަ އެންމެ ބޮޑު ހަރަކާތެވެ.
މި ހާދިސާތަކާ ގުޅިގެން ބަންގްލަދޭޝްގެ ދާޚިލީ ވަޒީރު ޞަލާޙުއްދީން އަޙްމަދު ވިދާޅުވީ، ޤައުމުގެ އަމަންއަމާންކަން ނަގާލުމަށް ބޯޑަރުގެ އަނެއް ފަރާތުން (އިންޑިއާއިން) ރާވާ އެއްވެސް ޖަރީމާއަކަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ.
ބަންގްލަދޭޝްގެ މިހާރުގެ ސަރުކާރުން ޝައިޚް ހަސީނާއަކީ "ޓެރަރިސްޓެއް" ގެ ގޮތުގައި ސިފަކޮށް، އެކަމަނާއަށް ޕާސްޕޯޓު ދޫނުކުރާނެކަން ވަނީ ސާފުކޮށްދީފައެވެ. މީގެއިތުރުން، ދެ ޤައުމުގެ ދެމެދުގައި ވެވިފައިވާ ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން، އެކަމަނާ އަނބުރާ ބަންގްލަދޭޝްއާ ހަވާލުކުރުމަށް އެ ޤައުމުގެ ޚާރިޖީ ވުޒާރާއިން ވަނީ އިންޑިއާ ސަރުކާރަށް ގޮވާލާފައެވެ.
އިންސާނިއްޔަތާ ޚިލާފު ބޮޑެތި ޖަރީމާތަކެއް ސާބިތުވެ، ޝައިޚް ހަސީނާގެ ޣައިރު ޙާޟިރުގައި އެކަމަނާގެ މައްޗަށް މަރުގެ ޙުކުމް އިއްވާފައިވީ ނަމަވެސް، އެކަމަނާ ތުހުމަތު ކުރައްވާ ގޮތުގައި އެ ޝަރީޢަތަކީ ސިޔާސީ ނުފޫޒު ފޯރުވައިގެން ހިންގާފައިވާ ބޭއިންސާފު ޝަރީޢަތެކެވެ.

ކިޔުންތެރިންގެ ހިޔާލު