ޒަކާތް ނެރުމާއި ބެހުމުގައި އަމަލުކުރާނެ ގޮތުގެ ޝަރުއީ އަސާސުތަކާއި މިންގަނޑުތަކާ ގުޅޭ ގޮތުން މުވައްޒަފުން ތަމްރީނުކުރުމުގެ ޕުރޮގުރާމެއް ފެށުން--
ޒަކާތް ނެރުމާއި ބެހުމުގައި އަމަލުކުރާނެ ގޮތުގެ ޝަރުއީ އަސާސުތަކާއި މިންގަނޑުތަކާ ގުޅޭ ގޮތުން މުވައްޒަފުން ތަމްރީނުކުރުމުގެ ޕުރޮގުރާމެއް ފެށުން--
މޯލްޑިވްސް ޒަކާތު ހައުސްގެ މުވައްޒަފުންގެ މައުލޫމާތު މުއްސަނދިކޮށް، އެ އިދާރާގެ މަސައްކަތްތަކުގައި އިސްލާމީ އުސޫލުތައް އެއްގޮތަކަށް ތަންފީޒުކުރުން ކަށަވަރުކުރުމުގެ މަގުސަދުގައި ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ.

"ޒަކާތް ނެރުމާއި ބެހުމުގައި އަމަލުކުރާނެ ގޮތުގެ ޝަރުއީ އަސާސުތަކާއި މިންގަނޑުތައް"ގެ ދެވަނަ އިސްދާރަށް މުވައްޒަފުން އަހުލުވެރިކުރުމަށް ކުރިއަށްގެންދާ މި ޕްރޮގްރާމަކީ އެ އިދާރާގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

ޒަކާތު ހައުސްއިން މައުލޫމާތު ދޭ ގޮތުގައި، ޖުމްލަ ހަ ސެޝަނަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ތަމްރީނުތަކުގައި ޒަކާތް ނެގުމާއި ބެހުމާ ގުޅޭ ޝަރުއީ އުސޫލުތަކާއި، މިންގަނޑުތަކުގެ އިތުރުން މުހިންމު އިރުޝާދުތަކަށް އަލިއަޅުވާލާނެއެވެ. މި ސެޝަންތައް ނަންގަވައިދެއްވާނީ ފުރަތަމަ ސެޝަން ނަންގަވައިދެއްވި އައްޝައިޚް އިއްޒުއްދީން އަދުނާންގެ އިތުރުން، މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިތާއު އައްބާސް އަދި އެކްޓިން ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް މޫސާ މުއިއްޒެވެ.މި ޕްރޮގްރާމް ނިމުމުން، ބައިވެރިންނަށް އުނގަންނައިދެވުނު ބައިތައް ދަސްވި މިންވަރާއި، ތަމްރީނުން ލިބުނު މައުލޫމާތު ވަޒަންކުރުމުގެ ގޮތުން ޚާއްޞަ އެސެސްމެންޓެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މުވައްޒަފުންނަށް ލިބުނު ދެނެގަތުމާއި ގާބިލުކަން ދެނެގަތުމަށްޓަކައި އެކުލަވާލެވިފައިވާ ބައެކެވެ.

ޒަކާތު ހައުސްއިން ހާމަކުރި ގޮތުގައި، މި ޓްރެއިނިންގ ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ އެ އިދާރާގެ ހުރިހާ މުވައްޒަފުންނަކީވެސް ޒަކާތާ ގުޅޭ ޝަރުއީ ކަންކަމަށް ފުރިހަމައަށް އަހުލުވެރި، އަދި އިސްލާމީ އުޞޫލުތަކާ އެއްގޮތަށް އެމީހުންގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ފުރިހަމަ ގާބިލުކަން ލިބިފައިވާ ބަޔަކަށް ހެދުމެވެ.



ކިޔުންތެރިންގެ ހިޔާލު