އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން އެކުލަވައިލި ވަގުތީ ކޮމިޓީގެ މުގައްރިރަކަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ހޮވައިފިއެވެ. ސަލީމް ވަނީ މިދިޔަ އަހަރު ވެސް މި ކޮމިޓީގެ މުގައްރިރުކަން ކުރައްވާފައެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ބަޖެޓް ހުށަހަޅުއްވައި ނިންމެވުމުން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކަނޑައެޅުއްވީ ބަޖެޓް ދިރާސާކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ މާލިއްޔަތު ކޮމިޓީ އާއި އިގުތިސާދީ ކޮމިޓީ އެއްކޮށްލައިގެން އުފައްދާ ޖޮއިންޓް ކޮމިޓީއަކުން ކަމަށެވެ.
އެ ކޮމިޓީގެ މުގައްރިރާއި ނައިބު މުގައްރިރު ހޮވުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި، ކޮމިޓީގެ މުގައްރިރަކަށް ސަލީމް އައްޔަންކުރަން ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު އެވެ. އަދި އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް އެވެ. މި ހުށަހެޅުން ފާސްވީ ކޮމިޓީގައި އެ ވަގުތު ހާޒިރުވެ ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ. މީގެއިތުރުން، ކޮމިޓީގެ ނައިބު މުގައްރިރަކަށް ހޮވާފައިވަނީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ.
ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ މިއަހަރަށް ފާސްކުރި ބަޖެޓާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާ ކުޑަ ބަޖެޓެކެވެ. މި ބަޖެޓުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ އިގްތިސާދީ ދުވެލި ހަމަމަގަށް އަޅުވައި، ތަރައްޤީގެ މަޝްރޫއުތަކާއި ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމެވެ.
ބަޖެޓުގެ ތަފްސީލުތަކަށް ބަލާއިރު، ދައުލަތުގެ ޖުމުލަ ޚަރަދުގެ ގޮތުގައި 52.6 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ފިނޭންސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އޭގެ ތެރެއިން 42.7 ބިލިއަން ރުފިޔާއަކީ ރިކަރަންޓު ނުވަތަ ހިންގުމުގެ ޚަރަދެވެ. އަދި ތަރައްޤީގެ މަޝްރޫއުތަކާއި އިންވެސްޓްމަންޓުތައް ހިމެނޭ ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.9 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، އޭގެ ތެރެއިން 8.2 ބިލިއަން ރުފިޔާ ޚާއްސަކޮށްފައިވަނީ ޕީއެސްއައިޕީ މަޝްރޫއުތަކަށެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. މިއީ ހިނގާ 2024 ވަނަ އަހަރާ އަޅާބަލާއިރު އިތުރު އަދަދެކެވެ. ކޮމިޓީ އެކުލަވައިލުމާއެކު، ބަޖެޓް ދިރާސާކުރުމުގެ މަސައްކަތް މިހާރު ވަނީ ރަސްމީކޮށް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު