ހުޅުމާލޭ ފޭސް ދޭއްގެ ބީޗް ބްލެވާޑް ސަރަހައްދުގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ ގޮނޑުދޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، އެ ސަރަހައްދުގައި މަސްބޭނުމަށް ޚާއްސަ ޕްލެޓްފޯމެއް އެޅުމާ މެދު އާންމު ރައްޔިތުން ދެކޭގޮތް ދެނެގަތުމަށްޓަކައި އެންވަޔަރުމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީޕީއޭ/އެންއާރުއޭ) އިން ޚިޔާލު ހޯދުމުގެ ސާވޭއެއް ފަށައިފިއެވެ.
މި ސާވޭއަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުށަހަޅާފައިވާ ގޮނޑުދޮށް ތަރައްގީކުރުމުގެ ޕްލޭނާ ގުޅިގެން، އެ ސަރަހައްދުގެ ތިމާވެއްޓަށް ކުރާނެ އަސަރުތައް ވަޒަންކުރުމަށް ހަދާ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓް އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދާ ސާވޭއެކެވެ.
އެންއާރުއޭ އިން ހާމަކުރި ގޮތުގައި މި ދިރާސާގެ މައިގަނޑު މަގުސަދަކީ، މިހާރުވެސް އެ ސަރަހައްދު މޫދަށް އެރުމަށާއި މަސްބޭނުމަށް ބޭނުންކުރަމުންދާ ފަރާތްތަކުގެ ކަންބޮޑުވުންތައް ދެނެގަތުމެވެ. މީގެ އިތުރުން އެޗްޑީސީން އެކުލަވާލާފައިވާ އާޓިފިޝަލް ސްވިމިންގ ޕްލޭނާއި، އަލަށް ހަދަން ނިންމާފައިވާ މަސްބާނާ ޕްލެޓްފޯމާ މެދު ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަކީވެސް މި ސާވޭގެ މުހިންމު ބޭނުމެކެވެ.
އެ އޮތޯރިޓީން އިތުރަށް ބުނެފައިވަނީ، މި ސާވޭގައި ހިއްސާކުރާ އެންމެހައި ޒާތީ މައުލޫމާތުތަކުގެ ސިއްރު ހިފަހައްޓާނެ ކަމަށެވެ. އަދި އާންމުންގެ ފަރާތުން ލިބޭ ބިނާކުރަނިވި ހިޔާލުތަކަކީ އީއައިއޭ ރިޕޯޓް ފުރިހަމަކުރުމުގައި ބޮޑު އިސްކަމެއް ދީގެން ބޭނުންކުރެވޭނެ މައުލޫމާތުތަކެއް ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ކުރިއަ
ށްދާ މަރުހަލާގައި މޫސުމަށް އަންނަ ބަދަލުތަކާއި، ދިމާވެދާނެ އެހެނިހެން ގުދުރަތީ ކަންކަމަށް ރިއާޔަތްކޮށް، މިހާރު އެކުލަވާލާފައިވާ ޕްލޭނަށް ބައެއް ބަދަލުތައް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އެންއާރުއޭ އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު