ވ. އަތޮޅުގައި ހިންގަމުންދާ ނޫއީ މޯލްޑިވްސް ކުނާވަށި ރިސޯޓުގައި ސީޕްލޭން ޕްލެޓްފޯމެއް އެޅުމުގެ މަސައްކަތް، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް (އީ.އައި.އޭ) ހެދުމުގެ ގަވާއިދާ ހިލާފަށް ކުރިއަށް ގެންގޮސްފައިވާތީ، އެ ރިސޯޓް ހިންގާ ކުންފުނި 20،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީ.ޕީ.އޭ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުނާވަށި ރިސޯޓް ހިންގާ ސީ.ޖޭ.އެލް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކުރީ "ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު" ގެ 20 ވަނަ މާއްދާއާ ހިލާފުވެފައިވާތީ ކަމަށެވެ.
އީ.ޕީ.އޭ އިން ހާމަކުރި ގޮތުގައި، ތިމާވެއްޓަށް ފާހަގަކުރެވޭ ފަދަ ބަދަލެއް ނުވަތަ ނޭދެވޭ އަސަރެއް ކޮށްފާނެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން، ގަވާއިދުގެ ދަށުން އެ މަޝްރޫއެއް ސްކްރީންކޮށް އެ އޮތޯރިޓީގެ ހުއްދަ ހޯދަންޖެހެއެވެ. ނަމަވެސް، ކުނާވަށީގައި ސީޕްލޭން ޕްލެޓްފޯމް އެޅުމުގެ މަސައްކަތް ސީ.ޖޭ.އެލް އިންވެސްޓްމަންޓުން ކުރިއަށް ގެންގޮސްފައިވަނީ އީ.އައި.އޭ މަރުހަލާތައް ފުރިހަމަނުކޮށް އަދި އެ އެޖެންސީގެ ހުއްދަވެސް ލިބުމުގެ ކުރިންނެވެ.
މި މައްސަލަ ބެލުމަށްފަހު، ގަވާއިދާ ހިލާފުވި ފުރަތަމަ ފަހަރު ކަމަށްވާތީ، އެ ކުންފުނި ވަނީ 20،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ.
އީ.ޕީ.އޭ ގެ ބަޔާނުގައި ބުނެފައިވަނީ މި ޖޫރިމަނާގެ ފައިސާ، ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި "ބަނޑޭރި ޕޭ" މެދުވެރިކޮށް އެ އެޖެންސީއަށް ދެއްކުމަށް އެ ކުންފުންޏަށް އަންގާފައިވާނެ ކަމަށެވެ.
މީގެ އިތުރުން، އެ ކުންފުނިން ކުރިއަށް ގެންދާ މަޝްރޫއުތަކުގައި ތިމާވެށީގެ ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަށާއި، ގަވާއިދުގައި ބަޔާންކުރާ މަރުހަލާތައް ފުރިހަމަކުރުމަށްވެސް އީ.ޕީ.އޭ އިން ވަނީ އެ ކުންފުންޏަށް ނަސޭހަތްތެރިވެފައެވެ.

TUN
CPV
EGY
ކިޔުންތެރިންގެ ހިޔާލު