އެސްޕަޔާ އަދި އެރައިސް މަޝްރޫއުގެ ދަށުން، ރާއްޖޭގެ 24 ރަށެއްގައި 50 މެގަވޮޓަށްވުރެ ގިނަ އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް ނިންމައިފިއެވެ.
މި ދެ މަޝްރޫއަކީ ރާއްޖޭގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެށްޓާ ރައްޓެހި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށްޓަކައި ސަރުކާރުން އިސްނަންގަވައިގެން ކުރިއަށްގެންދާ މުހިންމު މަޝްރޫއުތަކެކެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ތިމާވެށްޓާއި ހަކަތައިގެ ދާއިރާއިން ކަނޑައަޅުއްވާފައިވާ މުހިންމު ލަނދުދަނޑިތައް ހާސިލުކުރުމަށް އެޅޭ ބޮޑު ބާރެކެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މި މަޝްރޫއުތަކުގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް ތެލަށް ކުރާ ހޭދަ ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށެވެ. އަދި މިއީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅު ހާސިލުކުރުމުގެ މަސައްކަތް އިތުރަށް ހަލުވިވެގެންދާނެ ކަމެއް ކަމަށްވެސް ބުންޏެވެ.
"މި މަޝްރޫޢުތަކުގެ އަމަލީ މަސައްކަތްތައް ނިމި، އިޔާދަކުރަނިވި ހަކަތައިގެ ނިޒާމުތައް އެ ރަށްރަށުގައި ގާއިމުކުރެވި ބޭނުންކުރަން ފެށުމުން، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުވެ، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. ސަރުކާރުގެ އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި މިފަދަ މަޝްރޫއުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޅާކުރުމެވެ." އެންވަޔަރަމަންޓް މިނިސްޓްރީން އިތުރަށް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު