މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)ގެ މެމްބަރު ކަމުގެ ހުސްވެފައިވާ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ހުޅުވާލައިފިއެވެ.
މަޖިލީހުން މެމްބަރުން ކަނޑައަޅާ އެ ކޮމިޝަނުގެ މެމްބަރުކަމުގެ ފުރުސަތު ހުޅުވާލާފައި މިވަނީ، އެ ކޮމިޝަނުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ފަރުޝަތު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު އުފެއްދި އެމްއެމްބީސީގެ މެމްބަރުކަމުގެ ޝަރުތުތަކުގެ ތެރޭގައި، އުމުރުން 30 އަހަރު ފުރިފައިވުމާއެކު، ނޫސްވެރިކަން ނުވަތަ ބްރޯޑްކާސްޓްކުރުމުގެ ދާއިރާއިން، ނުވަތަ ސިޔާސަތު ކަނޑައެޅުމާބެހޭ ދާއިރާއިން، ނުވަތަ ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވުން ހިމެނެއެވެ. ނުވަތަ މީޑިއާގެ ދާއިރާއިން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާންޖެހެއެވެ.
މީގެ އިތުރުން، މީޑިއާއެއްގެ މަސްއޫލުވެރި ފަރާތަކަށް ނުވުމާއި، އެޑިޓަރެއްގެ މަގާމު އަދާކުރަމުންދާ މީހަކަށް ނުވުމުގެ އިތުރުން ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ މަގާމެއް ފުރަމުންދާ ފަރާތަކަށް ވެގެން ނުވާނެއެވެ. އަދި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުމާއި، އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
ގާނޫނުގައިވާ ގޮތުން ކޮމިޝަނަށް އައްޔަންކުރެވޭ މެމްބަރުންގެ ދައުރަކީ 5 އަހަރު ދުވަހެވެ. އަދި އެއްވެސް މެމްބަރަކަށް ވިދިވިދިގެން ނުވަތަ އެ ނޫން ވެސް ގޮތަކަށް ދެ ދައުރަށް ވުރެ ގިނަ ދުވަހު މަގާމުގައި ނުދެމިހުރެވޭނެއެވެ.
މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ، މި މަގާމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި އިގްރާރު، ކުށާއި ދަރަނީގެ ރިކޯޑު ފޯމު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ވަނަވަރު އަދި ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ހުށަހަޅަން ޖެހޭނެ ކަމަށެވެ. މި ލިޔެކިޔުންތައް މި މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން މަޖިލީހުގެ އިދާރާއަށް ހުށަހަޅަން ޖެހެއެވެ.
މީޑިއާ ކޮމިޝަން އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން މެމްބަރު ކަމަށް ހުޅުވާލި ފުރުސަތުގައި، މީޑިއާތަކުން ހޮވާ މެންބަރުކަމަށް ކުރިމަތިލެއްވީ އެންމެ ހަތަރު ބޭފުޅުންނެވެ. އެހެންކަމުން އެ ހަތަރު ބޭފުޅުން ކޮމިޝަނަށް އިންތިހާބުވީ ވޯޓަކާ ނުލައެވެ. އެ ބޭފުޅުންނަކީ އަބްދުލްއަޒީޒް އިބްރާހީމާއި، ޒަމްއަތު އަހުމަދު ވަހީދާއި، ސިމާހާ ނަސީމްގެ އިތުރުން ހުސައިން ސަގީފެވެ.
ރައްޔިތުންގެ މަޖިލީހުގެ ފަރާތުން އެ ކޮމިޝަނަށް އައްޔަންކުރެއްވި ތިން ބޭފުޅުންނަކީ، ދާދިފަހުން އިސްތިއުފާ ދެއްވި ކުރީގެ ރައީސް މުހައްމަދު ފަރުޝަތުގެ އިތުރުން، ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ސޮފާ ޝަފީގާއި، އެ ކޮމިޝަންގެ ކުރީގެ މެމްބަރު އައިމިނަތު ސަރާހަތު އިއްޒަތެވެ.

ކިޔުންތެރިންގެ ހިޔާލު