މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމް.އެމް.ބީ.ސީ) އިން ނޫސްމަޖައްލާތަކުގެ ރަޖިސްޓަރީ އަދާހަމަކުރުމަށް ދީފައިވާ މުއްދަތު، އިތުރު ތިން މަސްދުވަހަށް ދިގުދަންމާލާފައިވާ ކަމަށް މިއަދު އިޢުލާންކޮށްފިއެވެ. މިގޮތުން، ރަޖިސްޓަރީ އަދާހަމަކުރުމުގެ އެންމެ ފަހު ތާރީޚަކީ 2027 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 28 ވާ ދުވަހުގެ ރޭގަނޑު 23:59 ކަމަށް ކޮމިޝަނުން ވަނީ އަންގާފައެވެ.
މިކަން ހާމަކުރައްވަމުން ކޮމިޝަނުން ވިދާޅުވީ، ޤާނޫނު ނަންބަރު 16/2025 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު) ގެ 7 ވަނަ ބާބަށް ރިޢާޔަތްކޮށް، އެ ޤާނޫނުގެ 83 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލާފައިވާ ޤަވާއިދު ނަންބަރު 2026/R-27 (ނޫސްމަޖައްލާ ރަޖިސްޓަރީކުރުމުގެ ޤަވާއިދު) ގެ 34 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މި ޤަވާއިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން ރަޖިސްޓަރީކޮށްގެން ހިންގަމުން އަންނަ ހުރިހާ ނޫސްމަޖައްލާތަކުގެ ރަޖިސްޓަރީ ރިކޯޑުތައް އަދާހަމަކުރުމަށް 6 (ހައެއް) މަސްދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. މި މުއްދަތު 2026 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހަށް ހަމަވާނެ ކަމަށްވެސް އެ އިޢުލާނުގައި ވެއެވެ.
ނަމަވެސް، ނޫސްމަޖައްލާތަކަށް އެކަށީގެންވާ ވަގުތު ދިނުމުގެ ގޮތުން، މި މުއްދަތު އިތުރު 3 (ތިނެއް) މަސްދުވަހަށް އިތުރުކޮށްދިނުމަށް ކޮމިޝަނުން މިހާރު ވަނީ ނިންމާފައެވެ. މި ނިންމުމާއެކު، ނޫސްމަޖައްލާތަކުގެ ރަޖިސްޓަރީ އަދާހަމަކުރުމުގެ އެންމެ ފަހު ތާރީޚަކީ، 28 ޖަނަވަރީ 2027 ވާ ދުވަހުގެ ރޭގަނޑު 23:59 ކަމުގައި ކޮމިޝަނުން ޢާންމުކޮށް އަންގައި އިޢުލާންކޮށްފައިވެއެވެ. މި މުއްދަތުގެ ކުރިން ހުރިހާ ނޫސްމަޖައްލާތަކުންވެސް އެމީހުންގެ ރަޖިސްޓަރީ ރެކޯޑުތައް އަދާހަމަކުރުމަށް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު