މަންޓާ އެއަރ ގެ ސީޕްލޭން ރާއްޖެ އައުމުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
މަންޓާ އެއަރ ގެ ސީޕްލޭން ރާއްޖެ އައުމުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
މަންޓާ އެއާގެ ހަތް ވަނަ ސީޕްލޭން އިއްޔެ ރާއްޖެ ގެނެސްފި އެވެ.

މީގެ ތިން އަހަރު ކުރިން ވައިގެ ދަތުރުތައް ފެށި މަންޓާ އެއާގެ ސީޕްލޭން ފްލީޓަށް އިތުރުކުރާ ހަތް ވަނަ ބޯޓު ކެނެޑާއިން ރާއްޖެ ގެނެސްފައިވަނީ އިއްޔެ ހަވީރު އެވެ. މަންޓާ އެެއާ އިން ބުނީ އަލަށް ގެނައި ސީޕްލޭން ބޭނުން ކުރާނީ ބ. އަތޮޅުގައި ތަރައްގީ ކޮށްފައިވާ، ނައުޓިލަސް މޯލްޑިވްސް ރިސޯޓަށް ފަތުރުވެރިން އުފުލުމަށެވެ.

މަންޓާ އެއާގެ ސީޕްލޭން ދަތުރުތައް ފަށާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. މަންޓާ އެއާ އިން އެތެރޭގެ ވައިގެ ދަތުރުގެ ހިދުމަތް ދެނީ ދ. ކުޑަހުވަދޫ އަށާއި ބ. ދަރަވަންދޫ އަދި ގއ. ކޫއްޑޫ އަށެވެ.

ރާއްޖޭގެ އެތެރޭގެ އުދުހުން ތަކަށް އެންމެ ފަހުން ނުކުތް މަންޓާ އެއާއިން އެތެރޭގެ އުދުހުންތަކުގައި އޭޓީއާރު 72-600 ގެ ތިން މަތިންދާ ބޯޓު ވެސް ބޭނުން ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން