މަސްވެރިކަމާ ގުޅޭ ފަސް ދާއިރާއަކުން ހިލޭ ދޫކުރާ އެހީއަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޓްރާންސްފޯރމިން ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދާ އާރުވެރި މެޗިން ގްރާންޓަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30އާ ހަމައަށް ހުޅުވާލައިފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
ޕްރޮޕޯސަލް ހުށަހަޅުމުގެ ދާއިރާތަކަކީ:
1. ފިޝިންގ ފްލީޓް ޑީކާބަނައިޒޭޝަން ގްރާންޓް - މި ފައިނޭންސިންގ ފަރުމާކޮށްފައިވަނީ މަސްދޯނިފަހަރުގައި ހަކަތައަށް ކުރާ ހޭދަ ކުޑަކުރެވޭނެ ނިޒާމުތައް ގާއިމް ކުރުމަށް.
2. ސާކިއުލާ އިކޮނޮމީ ޑިވެލޮޕްމަންޓް ގްރާންޓް - މި ފައިނޭންސިންގ ފަރުމާކޮށްފައިވަނީ ދަނޑުވެރިކަމާއި މަސްވެރިކަމަށް ދޫކޮށްފައިވާ ފަޅުރަށްރަށުގެ އުމުރާނީ ތަރައްގީއަށާއި މީހުން ދިރިއުޅޭ ރަށްރަށުގައި ލައިސަންސް ލިބިގެން ހިނގާ ދަނޑުވެރިކަމުގެ ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ނިޒާމްތަކާއި، އުމްރާނީ ތަރައްގީކުރުމަށް
3. މެރިކަލްޗަރ ޑިވެލޮޕްމަންޓް ގްރާންޓް - މި ފައިނޭންސިންގ ފަރުމާކޮށްފައިވަނީ މެރިކަލްޗަރ ދާއިރާއިން އަލަޑް ފަށައިގަންނަ އަދި މިހާރުވެސް އެ ވިޔަފާރި ކުރަމުންދާ އަމިއްލަ ފަރުދުންނާއި ކުންފުނިތައް ތަރައްގީކުރުމަށް.
4. ސާކިއުލާ އިކޮނޮމީ ޑިވެލޮޕްމަންޓް ގްރާންޓް - މި ފައިނޭންސިންގ ފަރުމާކޮށްފައިވަނީ މަހުގެ ބާވަތްތަށް ޕްރޮސެސްކުރާ ފަރާތްތަކުގެ މެދުގައި ވާދަވެރިކަން އިތުރުކުރުމަށް ބާރުވެރިކޮށްދޭ ތަރައްގީގެ މަޝްރޫޢު ހިންގުމަށް
5. އެސް.އެމް.އީ ޑިވެލޮޕްމަންޓް ގްރާންޓް - މި ފައިނޭންސިންގ ފަރުމާކޮށްފައިވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން މަހުގެ އަގު އެއްކުރި އުފެއްދުންތައް އިތުރުކުރުމާއި، ސިންދަފާތުކުރުމަށް މަގުފަހިކޮށްދިނުމަށް
ޖުމްލަ 278 މިލިއަން ރުފިޔާގެ ބަޖެޓަކާއެކު ފަރުމާކޮށްފައިވާ މި ގްރާންޓް ސްކީމަކީ މަސްވެރި ސިނާއަތް ކުރިއަރުވައި މާލީ ގޮތުން ބާރުވެރިކުރުމަށް މިހާތަނަށް އެޅުނު އެންމެ މުހިންމު އެއް ފިޔަވަޅެވެ. މި ސްކީމްގެ ދަށުން ހާއްސަ 7 ދާއިރާއަކަށް އިސްކަންދެވިފައިވާއިރު، މި ސްކީމަށް އެދި ހުށަހަޅައިގެން ފާސްވާ މަޝްރޫއުތަކުގެ ހަރަދުގެ 40 އިންސައްތަ ހަމަޖައްސައިދޭނީ ހިލޭ އެހީގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު