މެންދުރުގެ ހޫނުގަދަ ވަގުތު ފާއިތުވެ، ހަވީރުގެ ފިނިރޯޅިތައް މާލޭގެ މަގުތަކަށް ވެރިވަމުން ދިޔައެވެ. މައްޗަންގޮޅީގެ ހަމަހިމޭން ގޯޅިއެއްގައި ހުރި ދެބުރި ގެއެއްގެ ބެލްކަނީގައި، ޢަލީ ޔޫސުފް (ޔޫސުފް) އިނީ ކޮފީ ތަށްޓެއް ހިފައިގެން ވިސްނުމަކަށް ގެއްލިފައެވެ. އޭނާގެ ކުރިމަތީގައި ހުޅުވާފައިވާ ލެޕްޓޮޕްގެ ސްކްރީނުން ފެންނަމުންދަނީ އަލަށް ނިންމާލި ބޮޑު ސޮފްޓްވެއަރ ޕްރޮޖެކްޓެއްގެ ކޯޑުތަކެވެ.
ޔޫސުފަކީ އައިޓީ ދާއިރާގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ފަދަ މޮޅު، ތަޖުރިބާކާރު އިންޖިނިއަރެކެވެ. ވެބްސައިޓްތައް ފަރުމާކުރުމާއި، ސިސްޓަމް މެއިންޓެނަންސް، ޕްރޮގްރާމިންގ އަދި ކުންފުނިތަކުގެ ބޮޑެތި ނެޓްވޯކްތައް އެޅުމަކީ އޭނާ ކުޅަދާނަކަމާއެކު ކުރަމުން އަންނަ މަސައްކަތްތަކެވެ. އޭނާގެ ދަށުން ގޭގައި ތިބެގެން މަސައްކަތްކުރާ ފަސް މީހުންގެ ޓީމެއް އޮވެއެވެ. އެއީ ފާރިހް، ރާއިދު، ޒައިދް، މާޒިން އަދި ޝަމާލެވެ. އެ ޓީމުގެ ބުރަ މަސައްކަތުން މަހަކު އެތައް ލައްކަ ރުފިޔާއެއްގެ އާމްދަނީއެއް ޔޫސުފަށް ލިބެއެވެ. މާލީ ގޮތުން އެއްވެސް ދަތިކަމެއް ނެތް ނަމަވެސް، ޔޫސުފްގެ ހިތުގައި ވަނީ ފޫނުބެއްދޭ ވަރުގެ ފުން ހުސްކަމެކެވެ.
އެ ހިތާމައަކީ މީގެ ފަސް އަހަރު ކުރިން، ކުއްލި ގޮތަކަށް ޖެހުނު ސްޓްރޯކެއްގައި ވަކިވެދިޔަ އޭނާގެ ލޯބިވާ އަނބިމީހާ ރަމްލާ އިބްރާހީމްގެ ހަނދާންތަކެވެ. ރަމްލާ ވަކިވެދިޔައީ އެދެމަފިރިންގެ ތިން ދަރިން ކަމުގައިވާ ލަބާން (އޭރު 12 އަހަރު)، ލަޔާން (އޭރު 6 އަހަރު) އަދި ތުއްތު ލަޔާލް (އޭރު 3 އަހަރު) ޔޫސުފްގެ އަތްމައްޗަށް ދޫކޮށްފައެވެ. މިއަދު އެކުދިންގެ އުމުރަކީ ލަބާނަށް 17 އަހަރު، ލަޔާނަށް 11 އަހަރު، އަދި އެންމެ ހަގު އަންހެންކުއްޖާ ލަޔާލަށް 8 އަހަރެވެ.
ރަމްލާ ވަކިވިފަހުން ޔޫސުފްގެ މުޅި ދިރިއުޅުން ހުސްކުރީ އެ ދަރިންނަށެވެ. އެމީހުން ދިރިއުޅެމުން ދަނީ ރަމްލާގެ ބޮޑުދައިތަ ހަލީމާގެ ގޭގައެވެ. ރަމްލާގެ މަންމަ ކުޑައިރު ނިޔާވުމުން ރަމްލާ ބަލައިބޮޑުކުރީ އަމިއްލަ ދަރިއަކު ނެތް ހަލީމާ އެވެ. ހަލީމާ އަބަދުވެސް ބުނާ ފަދައިން ރަމްލާއަކީ އޭނާގެ ހުރި ހަމައެކަނި ދަރިއެވެ. އެހެންކަމުން އެ ގެވެސް ވަނީ ރަމްލާގެ ނަމަށް ބަދަލުކޮށްފައެވެ. ރަމްލާ ނިޔާވުމަށްފަހު، ހަލީމާ ދައްތަ ޔޫސުފް ގާތު ދެތިން ފަހަރަކު އިތުރު ކައިވެންޏެއް ކުރުމަށް އެދުނެވެ. ކުދިން ބަލަން އަނތްބަކު ހުރުން މުހިންމު ކަމަށް ބުނެ، ރަނގަޅު އަންހެންކުދިންގެ ވާހަކަވެސް ދެއްކިއެވެ. ނަމަވެސް ޔޫސުފް އަބަދުވެސް މަޑުމައިތިރިކަމާއެކު ދެނީ އެއް ޖަވާބެކެވެ. "ދައްތާ، އަޅުގަނޑުގެ ހިތުގައި ރަމްލާ ފިޔަވައި އެހެން މީހަކަށް ޖާގައެއް ނެތް. އަދި އަޅުގަނޑުގެ ކުދިންނަށް ދޮންމަންމައެއްގެ ހިޔަނި އެޅޭކަށް އަދި ތައްޔާރެއް ނޫން."
ޔޫސުފްގެ އޮފީސް ޓީމަކީ ހަމައެކަނި މަސައްކަތުގެ ބައިވެރިންނެއް ނޫނެވެ. އެއީ އެއް އާއިލާއެއް ފަދަ ބައެކެވެ. އެ އެންމެންގެ ތެރެއިންވެސް ޝަމާލާއި އޭނާގެ އަންހެނުން ނާޒިޔާ އަކީ އެގޭގެ މައިބަދަ ފަދަ ބައެކެވެ. ކައިވެންޏަށް 10 އަހަރު ވެގެންދިޔައިރުވެސް ޝަމާލުގެ ދެމަފިރިންނަށް ދަރިއަކު ލިބިފައެއް ނުވެއެވެ. އެހެންކަމުން، އެމީހުން ޔޫސުފްގެ ދަރިން ދެކެނީ އަމިއްލަ ދަރިން ފަދައިންނެވެ. ހަވީރު ވެއްޖެނަމަ ނާޒިޔާ އައިސް ލަޔާލް ގޮވައިގެން ފިލާވަޅު ދަސްކޮށްދިނުމާއި، އަންހެން ކުއްޖަކަށް ބޭނުންވާ ލޯތްބާއި ކުލުނު ދިނުމުގައި ދެމިހުރެއެވެ. އުމުރުން 8 އަހަރުގެ ލަޔާލަކީ މަންމައެއްގެ އަޅާލުމަށް އިންތިހާއަށް އެދޭ ކުއްޖެކެވެ. ނާޒިޔާ ދައްތަ ފެނުމުން ލަޔާލް ދުވެގޮސް ބައްދައިގަންނަ މަންޒަރު ފެނުމުން، މަންމައެއްގެ ހުންނަންޖެހޭ މަގާމު އެއްވެސް ފިރިހެނަކަށް ފުރިހަމައަށް ފުރައިނުދެވޭނެކަން ޔޫސުފަށް އިހުސާސްވެ ހިތުގައި ޖެހެއެވެ.
ޔޫސުފްގެ ހުރިހާ ވިސްނުމެއް މި ދުވަސްވަރު ހުއްޓިފައިވަނީ ދޮށީ ފިރިހެން ދަރިފުޅު ލަބާނަށެވެ. ލަބާނަކީ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ގައި ގްރޭޑް 12 ގައި ކިޔަވަމުންދާ ދަރިވަރެކެވެ. އަދި އަންނަ ހަފްތާގައި އޭނާއަށް 18 އަހަރު ފުރޭނެއެވެ. ފަހަކަށް އައިސް ލަބާންގެ އުޅުމަށް އައިސްފައިވާ ބަދަލުތައް ޔޫސުފަށް ހުރީ ފާހަގަކުރެވިފައެވެ.
ސްކޫލުގައި ލަބާންގެ އެންމެ ގާތް އެކުވެރިޔަކީ ރަޔާނެވެ. ރަޔާނަކީ މުއްސަނދި، ނަމަވެސް ބެލެނިވެރިންގެ ފަރާތުން އެއްވެސް ކަހަލަ ހިފެހެއްޓުމެއް ނެތި، ބޭނުންހާ ގޮތަކަށް އުޅެން ދޫކޮށްލާފައިވާ ކުއްޖެކެވެ. ރަޔާން ދައްކާ މިނިވަންކަމުގެ ވާހަކަތަކާއި، ރޭގަނޑު ދަންވަރު ކެފޭތަކުގައި ތިބުމުގެ 'ކޫލް' ދިރިއުޅުމުގެ ސަބަބުން ލަބާންގެ ވިސްނުން ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ލަބާން ދެކޭ ގޮތުގައި ބައްޕަ އޭނާއަށް އަޅާ ފިޔަވަޅުތަކަކީ އޭނާގެ މިނިވަންކަމަށް އަރައިގަތުމެވެ.
މިކަމުގެ އަސަރު ލަބާންގެ ކިޔެވުމަށްވެސް ދިޔައީ ކުރަމުންނެވެ. އެ ދުވަހުގެ ހެނދުނު ސްކޫލަށް ޔޫސުފް ހާޒިރުވާން ޖެހުނީ ލަބާންގެ ކްލާސް ޓީޗަރު އުސްތާޛާ ފާތިމަތު އެދިގެންނެވެ.
"ޔޫސުފް، ލަބާނަކީ ވަރަށް ވިސްނުން ތޫނު ކުއްޖެއް. އެކަމަކު ފަހަކަށް އައިސް ފިލާވަޅުތަކަށް ސަމާލުކަން ނުދީ، އަބަދު ފޯނާ ކުޅުމާއި، ކްލާހުގައި ނިދިޖެހިފައި އިނުން އާންމުވެއްޖެ. ރަޔާނާ އެކު އުޅެން ފެށިފަހުން އޭނާ ހީވަނީ އެހެން ދުނިޔެއެއްގައި އުޅޭހެން. އޭނާ ބުނަނީ ދެން މާގިނަ ދުވަހަކު ސްކޫލް ގަވާއިދުތަކަށް ބޯލަނބަން ނުޖެހޭނެޔޭ، 18 އަހަރު ވީމާ އަމިއްލަ މިނިވަންކަން އޮންނާނެޔޭ. މިއީ ވަރަށް ނުރައްކާތެރި ވިސްނުމެއް،" އުސްތާޛާ ފާތިމަތު ކަންބޮޑުވުމާއެކު ބުންޏެވެ.
ޔޫސުފް އެ ވާހަކަތައް އަޑުއެހީ ފުން ހިތާމައަކާއެކުގައެވެ. މިއަދުގެ ދިވެހި މުޖުތަމައުގައި ގިނަ ޒުވާނުންނަށް 18 އަހަރު ފުރުމަކީ ހުރިހާ ޒިންމާތަކަކުން ބަރީއަވެ، ހަމައެކަނި 'ބޭނުންހާ ގޮތަކަށް އުޅުމުގެ' ލައިސަންސެއް ކަމަށް ދެކެވޭ ކޮށި ވިސްނުން ލަބާންގެ ސިކުނޑިއަށްވެސް ވަދެފައިވާކަން ޔޫސުފަށް އެނގުނެވެ.
އެރޭގެ ވަގުތެވެ. ކުޑަކުދިން ކަމަށްވާ ލަޔާނާއި ލަޔާލް ނިންދަވަން ހަލީމާ ދައްތަ އެހީތެރިވެދިނެވެ. ސިޓިންގރޫމުގައި ޔޫސުފް އިނީ ސޯފާގައި އިށީނދެގެންނެވެ. އެވަގުތު ކޮޓަރިން ނުކުމެގެން އައި ލަބާންގެ މޫނުމަތިން ފެންނަނީ ކޮންމެވެސް ބޮޑު ކަމަކަށް ތައްޔާރުވެގެން ހުރި ކަހަލަ ސީރިއަސް ކަމެކެވެ.
ދަރިފުޅު: ބައްޕާ، މަޑުކޮށްލެވިދާނެތޯ ވާހަކައެއް ދައްކާލަން؟
ބައްޕަ: އާނ، ކޮން ވާހަކައެއް؟
ދަރިފުޅު: ބައްޕައަށް އެނގިލައްވާނެ ފަދައިން އަންނަ ހަފްތާގައި އަޅުގަނޑަށް 18 އަހަރު ފުރޭނެ. އެހެންވީމާ މިގޭގެ ބައެއް ކަންކަމަށް ބަދަލު ގެންނަންވީ ވަގުތު ޖެހިއްޖެ ކަމަށް އަޅުގަނޑު ދެކެން.
ބައްޕަ: އޯ، ތިޔައީ ވަރަށް ޝައުޤުވެރި ވަހަކައެއް. ނިކަން ކިޔައިދީބަލަ.
ދަރިފުޅު: ފުރަތަމަ ކަމަކަށް، އަޅުގަނޑު ރޭގަނޑު ގެއަށް އަންނަންޖެހޭ ގަޑި. 10 ޖަހާއިރު ގެއަށް އައުމަކީ ކުޑަކުދިންގެ ކަމެއް. އަންނަ ހަފްތާއިން ފެށިގެން އަޅުގަނޑު ގެއަށް އަންނާނީ ރޭގަނޑު ގެ މެންދަމު 2 ޖަހާއިރު. މިދެންނެވީ އެއީ އެންމެ ލަސް ގަޑި
ބައްޕަ: އެހެންތަ؟ ދެން އިތުރު ކަމެއް އެބައޮތްތަ؟
ދަރިފުޅު: އާނ، ބައްޕަ ބޭރަށްދާއިރު ކޮއްކޮމެން ބެލުމުގެ މަސައްކަތެއް ދެން އަޅުގަނޑެއް ނުކުރާނަން. އަޅުގަނޑަކީ މިހާރު ބޮޑުމީހަކަށް ވުމުން، އަމިއްލަ މިނިވަންކަން ބޭނުންވާނެ.
ބައްޕަ: ހޫމް. ކުރިއަށް ދޭ.
ދަރިފުޅު: އަދި އެއްވެސް ތަނަކަށް ދާއިރު ހުއްދަ އެދުމުގެ ބަދަލުގައި. ހަމައެކަނި ދާ ތަނެއް ބުނެލާނީ.
ބައްޕަ: އެހެންވީމާ އެއްވެސް ހުއްދައަށް އެހުމުގެ ބަދަލުގައި ހަމައެކަނި އަންގާލާނީ ދޯ؟
ދަރިފުޅު: އާދެ، ބައްޕާ ތިބުނއްވިހެން. ބޮޑެތި މީހުން ކަންތައް ކުރާ ގޮތަކީ އެއީ. އަދި އެއް ކަންތައް. އަޅުގަނޑުމެންގެ މެދުގައި ދެބަސްވުމެއް އުފެދުނަސް، ދެން ބައްޕައަކަށް އަޅުގަނޑުގެ ގަޔަކަށް އަތެއް ނުލެވޭނެ. އަޅުގަނޑަށް 18 އަހަރު ފުރުމުން އެއީ ޤާނޫނީ ގޮތުން ހަމަލާދިނުން ކަމަށް ބެލެވޭނީ.
ބައްޕަ: ލިސްޓު އެ ނިމުނީތަ؟
ދަރިފުޅު: އާނ. އަޅުގަނޑު ހިތުން މިވަގުތަށް ބައްޕަ...
ބައްޕަ: އަޅުގަނޑު ވަރަށް އުފަލާއެކު ތެދުވެރިކަން ބަލައިގަންނަން. އަދި ދަރިފުޅު އާއިލީ އުސޫލުތައް އާކުރާތީ، ބައްޕަގެވެސް ބައެއް ބަދަލުތައް އެބަހުރި.
ދަރިފުޅު: އާދެ ބައްޕަ ވިދާޅުވެދެއްވާ އަޅުގަނޑު މިހުރީ އަޑުއަހަން.
ބައްޕަ: ދަރިފުޅަކީ ރަސްމީކޮށް ބޮޑުމީހަކަށްވާތީ، ސްކޫލަށް، ކޮލެޖަށް، ވަޒީފާއަށް ނުވަތަ ދާން ބޭނުންވާ ކޮންމެ ތަނަކަށް ދިއުމުގެ ޒިންމާ އުފުލަންޖެހޭނީ އަމިއްލައަށް. ބޮޑެތި މީހުންގެ ދަތުރުފަތުރުގެ ޚަރަދު ދެން ބައްޕައެއް ނުދޭނަން.
ދަރިފުޅު: މަޑުކުރޭ. ކީކޭ؟
ބައްޕަ: އަދި މިގޭގައި ތިބޭ ކުޑަކުދިންނަށް ބައްޕަ ކައްކައިދެން. ބޮޑެތި މީހުންނަށް އަމިއްލައަށް ކެއްކިދާނެ، ކާ އެއްޗިއްސަށް އޯޑަރު ކުރެވިދާނެ ނުވަތަ ބޭނުންނަމަ އިންސްޓަންޓް ނޫޑްލްސް ކައިގެންވެސް އުޅެވިދާނެ.
ދަރިފުޅު: މަޑުކުރައްވާ ބައްޕާ.
ބައްޕަ: އަދި އެބައޮތް. ބޮޑެތި މީހުން ފައިސާ ހޯދަންޖެހޭނެ. އެހެންވީމާ ވަޒީފާއެއް ހޯދަން އެބަޖެހޭ. އަންނަ މަހުން ފެށިގެން ކަރަންޓު ބިލަށާއި، އިންޓަރނެޓް ބިލަށް، އަދި ބާޒާރުކުރާ ބިލަށްވެސް ދަރިފުޅު ފައިސާ ދޭންޖެހޭނެ.
ދަރިފުޅު: ތިޔަ ކަންތައް މާ މައްޗަށް ގޮސްފި.
ބައްޕަ: އޯ، ބައްޕަ އަދި ކިރިޔާ ލިސް މިފެށީ އޭ
ދަރިފުޅު: ސީރިއަސްކޮށްތަ؟
ބައްޕަ: ދަރިފުޅު ގެއަށް އަންނަ ގަޑިއަކީ ރޭގަނޑު މެންދަމު 2 ޖަހާއިރު ކަމަށްވާތީ، ގޭގެ ބޭރު ދޮރު ކުރިއެކޭވެސް އެއްގޮތަށް 10 ޖަހާއިރު ތަޅުލެވޭނެ. ލަހުން ބޭރުގައި އުޅޭ ބޮޑެތި މީހުންނަށް އަމިއްލައަށް ނިދާނެ ތަނެއް ހަމަޖެއްސިދާނެ. ބައްޕައާއި އާއިލާ އޭރު ތިބޭނީ ނިދާފައި.
ދަރިފުޅު: ބައްޕަ ތިޔަ ސަމާސާ ކުރަނީ ދޯ؟
ބައްޕަ: ނޫން އެއްގޮތަކަށްވެސް މިއީ ސަމާސާއެއް ނޫން. ދަރިފުޅުގެ ރޭވުމުގައި ތިޔަބައި ނެތީތަ؟ އަދި އެންމެ ފަހު ކަމެއް. ދަރިފުޅު ބުނީމެއްނު ދެން ބައްޕައަށް ދަރިފުޅުގެ ގަޔަކަށް އަތެއް ނުލެވޭނެޔޭ.
ދަރިފުޅު: އާނ، އެއީ ތެދެއް.
ބައްޕަ: އާނ ތިޔައީ ވަރަށް ރަނގަޅު ވާހަކައެއް. ކަންބޮޑުނުވޭ، ބައްޕަ އަތެއް ނުލާނަން. އެކަމަކު ބޮޑުވެފައި ހުރި ފިރިހެނަކު ބައްޕައަށް ހަމަލާދީފިނަމަ، ބައްޕަ އަމިއްލަ ނަފްސު ދިފާއުކޮށް، ފުލުހުންނަށް ގުޅައި، ބޮޑުމީހަކު ބައްޕައަށް ހަމަލާދިންކަމުގެ ރިޕޯޓު ކުރާނަން.
ދަރިފުޅު: ބައްޕާ.
ބައްޕަ: ދަރިފުޅު ނިކަން ބުނެބަލަ ކިހިނެއް ބައްޕަގެ މި އާ އުސޫލުތައް؟ އިންސާފުވެރިހެން ހީވޭތަ؟
ދަރިފުޅު: އަޅުގަނޑަށް ހީވަނީ ގެއަށް އަންނަ ގަޑި 10 ޖަހާއިރު ބެހެއްޓުން މާ ރަނގަޅުވާނެހެން.
ބައްޕަ: ވަރަށް ރަނގަޅު ނިންމުމެއް.
ދަރިފުޅު: އަދި ކޮއްކޮމެން ބަލައިދިނުމުގައިވެސް އަޅުގަނޑު އެހީތެރިވާނަން.
ބައްޕަ: މާ ރަނގަޅު.
ދަރިފުޅު: ބައްޕަ ކައްކާ އެއްޗެހި އަދިވެސް އަޅުގަނޑަށް ލިބޭނެތޯ؟
ބައްޕަ: ހަމައެކަނި ބޮޑެތި މީހުންނަށް ލިބޭ އިމްތިޔާޒުތަކަށް އެދުމުގެ ބަދަލުގައި، އާއިލާގެ މެންބަރެއްގެ ގޮތުގައި އުޅެން ތައްޔާރުނަމަ ލިބޭނެ. ދަރިފުޅު ހަނދާންކުރާތި، ބޮޑުމީހަކަށް ވުމަކީ ހަމައެކަނި އިތުރު މިނިވަންކަން ލިބުމެއް ނޫން؛ އެއީ އިތުރު ޒިންމާތަކެއް އުފުލަންޖެހުން.
ދަރިފުޅު: ލައްބަ ބައްޕާ، އަޅުގަނޑަށް މިހާރު ވިސްނިއްޖެ. އަޅުގަނޑު އަދި ވަރަށް ގިނަ ކަންތައް ދަސްކުރަން އެބަހުރި.
ބައްޕަ: އަހަރެމެން އެންމެންވެސް ދަސްކުރަންޖެހޭ.
ދަރިފުޅު: ޝުކުރިއްޔާ ބައްޕާ.
ބައްޕަ: އެންމެ ރަނގަޅު ދަރިފުޅާ. ހަނދާންކުރާތި ރޭގަނޑުގެ ކެއުން އޮންނާނީ 7 ޖަހާއިރު، 2 ޖަހާއިރަކު ނޫން.
ދަރިފުޅު: ބައްޕާ، މަޑުކޮށްލެވިދާނެތޯ؟
ބައްޕަ: ކޮން ކަމަކާ؟
ލަބާން އިރުކޮޅަކު އިސްދަށަށް ޖަހައިގެން ހުއްޓެވެ. އޭނާގެ ހިތުގައި ހިނގަމުންދިޔަ އުދާސްތައް ބޭރުކޮށްލަން ފުރުސަތެއް ލިބުނު ފަދައެވެ. "ބައްޕާ... އަޅުގަނޑަށް މަޢާފްކުރައްވާ. އަޅުގަނޑަށް ހީކުރެވުނީ ރަޔާންމެން އެ އުޅޭ ގޮތަކީ އަސްލު މިނިވަންކަމަކީ ކަމަށް. އެކަމަކު ބައްޕަ ތިޔަ ވިދާޅުވި ވާހަކަތަކުން އަޅުގަނޑަށް ވިސްނިއްޖެ. އަޅުގަނޑު އަދި ދިރިއުޅުމުގެ އެއްވެސް ޒިންމާއެއް ނުނަގައި، ހަމައެކަނި ހައްގުތަކަކަށް އެދުމަކީ ކިހާ ބޮޑު ގޯހެއްކަން."
ޔޫސުފް ލޯތްބާއެކު ދަރިފުޅުގެ ކޮނޑުގައި އަތްބާއްވާލިއެވެ. "ދަރިފުޅާ، ބައްޕަ ދަރިފުޅު ދެކެ ރުޅިއެއް ނާދޭ. ބައްޕަ ބޭނުންވީ ދަރިފުޅަށް ހަގީގަތް ވިސްނައިދޭން. މަންމަ ނިޔާވި ދުވަހުން ފެށިގެން، ބައްޕަ މި މަސައްކަތް ކުރަނީ ތިޔަ ތިން ކުދިންނަށް ދެރައެއް ނުދީ، ދީނާއި އަޚްލާގުގެ މަތީގައި ތަރުބިއްޔަތު ކުރަން. ލަޔާލްއާއި ލަޔާން އެ ބަލަނީ ދޮންބެއަށް. ދޮންބެއަކީ އެކުދިންގެ ނަމޫނާ. ދަރިފުޅު މަގުން ކައްސާލައިފިނަމަ، އެ ކުދިންނަށް ދެއްކޭނީ ކޮން މިސާލެއް؟"
އެ ދަނޑިވަޅުގައި ކޮޓަރީގެ ދޮރު ހުޅުވާލާފައި ނުކުތީ ކުޑަކުޑަ ލަޔާލެވެ. އޭނާ ދެލޯ އުނގުޅަމުން އައިސް ލަބާންގެ އުނގަށް އަރައި ބައްދައިގަތެވެ. "ދޮންބޭ... ބިރުވެރި ހުވަފެނެއް ފެނިގެން ހޭލެވުނީ. މަންމަ ހަނދާންވަނީ..." ލަޔާލް ރޯންފެށިއެވެ.
ލަބާންގެ ލޮލުން ކަރުނަ ފާއްދާލިއެވެ. އޭނާ ކޮއްކޮ ގައިގައި ބާރަށް ބައްދާލަމުން ބޮލުގައި ފިރުމާލިއެވެ. މިހާތަނަށް އޭނާއަށް އަމިއްލަ ނަފްސަށް އެދެވުނު އެދުންތަކުގެ ކުޑަކަން އިހުސާސްވީ އެވަގުތުއެވެ. އޭނާގެ މިނިވަންކަމަށްވުރެ، މަންމައެއްގެ ލޯތްބަށް ފެންބޮވައިގެންފައިވާ ކޮއްކޮއަށް އަޅާލުމާއި، އާއިލާގެ ބަދަހިކަން މާ މުހިންމުކަން އޭނާއަށް ޔަގީންވިއެވެ.
"ދޮންބެ ހުރީމެއްނު ދޫންޏާ. ދެން ބިރުގަންނާނެ ކަމެއް ނެތް،" ލަބާން ކޮއްކޮގެ ކަރުނަތައް ފޮހެދިނެވެ.
ޖެހިގެން އައި ދުވަހު، ސްކޫލުގައި ރަޔާން އައިސް ލަބާން ގާތު ރޭގަނޑު ބޭރަށް ދިއުމުގެ ޕްލޭން އެހިއެވެ. ނަމަވެސް ލަބާން ވަރަށް ސާބިތުކަމާއެކު ދެކޮޅު ހެދިއެވެ. "ރަޔާން، މަށަކަށް ދެން ތިގޮތަށް ބޭކާރު ގޮތުގައި ވަގުތު ނަގާލާކަށް ނާދެވޭނެ. މަގޭ އިމްތިހާނުތައް ކައިރިވަނީ. އަދި އަހަރެންގެ އާއިލާއަށް އަހަރެންގެ ބޭނުން އެބައޮތް. އަސްލު ބޮޑުމީހަކަށް ވުމަކީ ބޭނުންހާ ގޮތަކަށް އުޅުމެއް ނޫން، އަމިއްލަ މުސްތަގުބަލަށާއި އާއިލާއަށް ޒިންމާދާރުވުން."
ރަޔާން ހައިރާންވެފައި ބަލަހައްޓައިގެން ހުއްޓައި، ލަބާން ހިނގައިގަތީ ކްލާހާ ދިމާއަށެވެ. އެ މަންޒަރު ދުރުގައި ހުރެ ބައްލަވަން ހުންނެވި އުސްތާޛާ ފާތިމަތުގެ މޫނުމަތިން ފެނުނީ ހިތްހަމަޖެހުމާއި އުފާވެރިކަމުގެ ހިނިތުންވުމެކެވެ. ކުލާސް ނިމުމުން އުސްތާޛާ ލަބާނަށް ގޮވާލައްވައި، އޭނާގެ ވިސްނުމަށް އައި ހެޔޮ ބަދަލަށް ތައުރީފު ކުރެއްވިއެވެ. އަދި އޭލެވެލް އިމްތިހާނަށް ތައްޔާރުވުމުގައި އެހީތެރިވެދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
އެ ދުވަހުގެ ހަވީރުގެ ވަގުތެވެ. ޔޫސުފްގެ ގޭތެރެ އޮތީ އާދަޔާ ޚިލާފަށް ހަލަބޮލިވެ، އުފާވެރިކަމުން ފުރިފައެވެ. ޓީމުގެ އެންމެން ކަމަށްވާ ފާރިހް، ރާއިދު، ޒައިދް، އަދި މާޒިން ތިބީ ސިޓިންގރޫމްގައި ލެޕްޓޮޕްތައް ހިފައިގެން، އާ ޕްރޮޖެކްޓެއްގެ މަސައްކަތުގައެވެ. ބަދިގޭގައި ހަލީމާ ދައްތައާއެކު ހަވީރުގެ ސަޔަށް ހެދިކާ ހެދުމުގައި ޝަމާލްގެ އަންހެނުން ނާޒިޔާ ހަރަކާތްތެރިވަމުން ދިޔައެވެ.
ޝަމާލް އިނީ ކާމޭޒު ކައިރީގައި އިނދެ، ލަޔާލްގެ ކުރެހުމުގެ ފޮތުގައި ކުލަޖައްސައިދޭށެވެ. އުމުރުން 10 އަހަރުވީ ކައިވެނީގައި ކުއްޖަކު ނެތް ނަމަވެސް، ޝަމާލާއި ނާޒިޔާ އެކުދިންނަށް ދެމުންދިޔަ ކުލުނަކީ އަގުނުކުރެވޭ ފަދަ މަތިވެރި ނިއުމަތެކެވެ. ކުޑަކުޑަ ލަޔާލް އިރުއިރުކޮޅާ "ޝަމާލް ބޭބޭ، މި ކުލަ ރީތިތަ؟" އަހާލާ އަޑު އިވެއެވެ. އަދި 11 އަހަރުގެ ލަޔާން އިނީ އޭނާގެ ހިސާބު ފިލާވަޅު ހަދަން ނޭނގިގެން ވިސްނުމެއްގައެވެ.
ކުއްލިއަކަށް ލަބާން ކޮޓަރިން ނުކުމެގެން އައިސް ލަޔާންގެ ކައިރީގައި އިށީނެވެ. "ކޮއްކޯ، ކޮބާ ނޭނގިގެން ތިއުޅޭ ފިލާވަޅަކީ؟ ދޮންބެ ކިޔައިދީފާނަން." ލަޔާން އުފަލުން ފޮތް ދައްކާލިއެވެ. ދޮށީ ދަރިފުޅު އޭނާގެ ޒިންމާ ނަގައި، ކޮއްކޮއަށް އެހީތެރިވާ މަންޒަރު ބަލަން ހުރި ޔޫސުފްގެ ހިތަށް ބަޔާންކުރަން ދަތި ފިނިކަމެއް ލިބުނެވެ.
ހަފްތާއެއް ފަހެވެ. އެއީ ލަބާނަށް 18 އަހަރު ފުރުނު ދުވަހެވެ. ރޭގަނޑުގެ ވަގުތުގައި މުޅި އާއިލާއާއި، ޔޫސުފްގެ އޮފީސް ޓީމުގެ އެކުވެރިން އެކުގައި ކެއުމަކަށް އިންސާފުކުރިއެވެ. ކޭކު ފެޅުމަށްފަހު، ލަބާން އޭނާގެ ބައްޕަގެ ކުރިމައްޗަށް ހުއްޓުނެވެ.
"ބައްޕާ، މިއަދު އަޅުގަނޑަށް 18 އަހަރު ފުރިއްޖެ. އަޅުގަނޑު މިއަދު ބައްޕަ ކައިރީ އެދެނީ ދަންވަރު ބޭރުގައި އުޅުމުގެ މިނިވަންކަމެއް ނޫން. އަޅުގަނޑު އެދެނީ، ބައްޕަ ފަދަ ޒިންމާދާރު، އާއިލާއަށް ވަފާތެރި، މުރާލި ފިރިހެނަކަށް ވުމުގެ ތައުފީގު ދެއްވުން އެދި ދުޢާކޮށްދެއްވުން. އަދި ބައްޕަގެ އައިޓީ މަސައްކަތްތަކުގައި ބައްޕައަށް އެހީތެރިވެ، އަމިއްލަ ޚަރަދުތައް ބަލަހައްޓަން ދަސްކޮށްދިނުން،" ލަބާން ވަރަށް އަސަރާއެކު ބުންޏެވެ.
ޔޫސުފްގެ ދެލޮލުން އުފާވެރިކަމުގެ ކަރުނަ ފާއްދާލިއެވެ. އޭނާ ލަބާން ގެނެސް މޭގައި ބޮނޑިކޮށްލިއެވެ. "ބައްޕަ އަބަދުވެސް ދަރިފުޅަށް ހެޔޮދުޢާ ކުރާނަން. ހަނދާންކުރާތި ދަރިފުޅާ، ފިރިހެނެއްގެ އަސްލު މިނިވަންކަމަކީ އޭނާގެ ކޮނޑުގައި އެޅިފައިވާ ޒިންމާތައް ފުރިހަމައަށް އަދާކުރުމުގެ ޤާބިލުކަން."
އެވަގުތު މުޅި ގޭތެރޭގައި އޮތީ އުފާވެރި ހިނިތުންވުމާއި އަތްޖެހުމުގެ އަޑެވެ. ހަލީމާ ދައްތަ ދުރުގައި ހުރެ، މައްޗަށް ބަލައިލަމުން، މަރުޙޫމް ރަމްލާގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކުރެއްވުން އެދި ދުޢާކުރިއެވެ. އެހެނީ، މަންމައެއް ނެތް ނަމަވެސް، ޔޫސުފްގެ ކެތްތެރިކަމާއި ހިކުމަތްތެރި ތަރުބިއްޔަތުގެ ސަބަބުން، އެ ދަރިން މިއަދު އެވަނީ ހަގީގީ އިންސާނިއްޔަތުކަމާއި ޒިންމާދާރުކަމުގެ މަގު އިޚްތިޔާރުކޮށްފައެވެ. ބޮޑުމީހަކަށް ވުމަކީ ހަމައެކަނި އުމުރުން އަހަރެއް އިތުރުވުން ނޫންކަމާއި، އެއީ އާއިލާއަށާއި މުޖުތަމައަށް ފައިދާހުރި، ޒިންމާދާރު މީހަކަށް ވުންކަން ލަބާންގެ ހިތުގައި ވަނީ އަބަދަށްޓަކައި ބިންވަޅު ނެގިފައެވެ.
ލަބާނަށް 18 އަހަރު ފުރުމުގެ އުފާވެރި ޖަލްސާ ނިމިގެން ދިޔަ ނަމަވެސް، އެގޭތެރޭގައި އޮތް ހަމަޖެހުމާއި ގުޅުން ދުވަހެއް ދުވަހަކަށް ދިޔައީ ބަދަހިވަމުންނެވެ. ހަލީމާ ދައްތަގެ މޫނުމަތިން ފެންނަމުންދިޔަ ހިނިތުންވުން އެތައް ގުނައަކަށް އިތުރުވެގެން ދިޔައެވެ. އުމުރުން ދުވަސްވަމުން އަންނަ ހަލީމާގެ ހުރިހާވެސް އުއްމީދަކީ، އޭނާގެ ލޮލުގެ ނޫރު ފަދަ މަރުޙޫމް ރަމްލާ ދޫކޮށްފައި ދިޔަ ތިން އަމާނާތް ހެޔޮލަފާ ގޮތުގައި ބޮޑެތިވެ، އަމިއްލަ ފައިމައްޗަށް ތެދުވުމެވެ.
ހަލީމާ އަބަދުވެސް ހަނދާންކޮށްދެނީ ރަމްލާގެ ހިތްހެޔޮކަމާއި އޯގާތެރިކަމުގެ ވާހަކައެވެ. ރަމްލާ ވަކިވެދިޔަ ފަހުން ގޭތެރޭގެ ހުރިހާ އިންތިޒާމުތަކެއް ބެލެހެއްޓުމުގައި ހަލީމާ އަދާކުރީ މަންމައެއްގެ ދައުރެވެ. އުމުރުން ދުވަސްވުމުގެ ސަބަބުން ކަކުލުގައި ރިއްސުމާއި، ހުޅުހުޅުގައި ވޭންއެޅުން ފަދަ އުނދަގޫތައް ހުރި ނަމަވެސް، ކުދިންނަށް ކާންދިނުމާއި، ގޭތެރެ ސާފުކޮށް ބޭއްވުމުގައި ހަލީމާ ކުޑަކޮށްވެސް ފަރުވާކުޑައެއް ނުކުރެއެވެ. ޚާއްސަކޮށް، 8 އަހަރުގެ ލަޔާލް ހެނދުނު ސްކޫލަށް ދާން ތައްޔާރުކުރުމާއި، އިސްތަށިގަނޑު ފުނާއަޅައި ގަތާލަދިނުމަކީ ހަލީމާ އިންތިހާއަށް ލޯބިން ކުރާ ކަމެކެވެ. ނަމަވެސް، އެކަނިވެރިވާ ކޮންމެ ވަގުތަކު ހަލީމާގެ ހިތަށް ވެރިވަނީ ބިރުވެރިކަމެކެވެ. އޭނާ ދުނިޔެ ދޫކޮށް ދިއުމުގެ ކުރިން، މި ކުދިންނަށް އޯގާތެރިވާނެ، އަދި ޔޫސުފްގެ ހަޔާތަށް ހަމަޖެހުން ގެނެސްދޭނެ ހެޔޮލަފާ ބައިވެރިއަކު ހުންނަން ޖެހޭނެ ކަމުގެ ފުން އިހުސާސެވެ.
މި ވިސްނުމުގައި ހުރެ، ހަލީމާ ދައްތަ ޔޫސުފްގެ ކައިރީގައި އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. "ދަރިފުޅު ޔޫސުފް. ދައްތަގެ އުމުރުން މިހާރު ދުވަސްތައް މިދަނީ ގުނެމުން. މިއަދު މި ކުދިން ބަލަން ދައްތަ ހުއްޓަސް، މާދަމާ ދައްތަ ނެތް ދުނިޔެއެއްގައި މި ތުއްތު ލަޔާލަށް މައިވަންތަކަމުގެ ލޯބި ދޭނީ ކާކު؟ ދަރިފުޅު ތިޔަ ހުރިހާ ބުރައެއް އެކަނި އުފުލާތަން ބަލާކަށް ދައްތައަކަށް ކުޅަދާނައެއް ނޫން. ދަރިފުޅުގެ ހަޔާތަށްވެސް ބައިވެރިއަކު ބޭނުންވާނެ،" ހަލީމާ ވަރަށް އަސަރާއެކު ބުންޏެވެ.
ޔޫސުފް އިސްދަށަށް ޖަހައިލިއެވެ. އޭނާގެ ހިތުގައި ރަމްލާގެ ހަނދާންތައް ދިރިހުރި ނަމަވެސް، ހަލީމާ ދައްތަ އެ ދެއްކީ އިންކާރު ނުކުރެވޭނެ ހަގީގަތެކެވެ. ލަޔާލް ބޮޑުވަމުން އަންނައިރު، އަންހެންކުއްޖެއްގެ އިހުސާސްތައް ދަންނަ، އަޅާލާނެ މަންމައެއްގެ ދައުރު ވަރަށް ބޮޑަށް ބޭނުންވެއެވެ.
އޭގެ ދުވަސްކޮޅެއް ފަހެވެ. ލަބާންގެ ކިޔެވުމުގެ ކުރިއެރުމާ ބެހޭގޮތުން މަޝްވަރާކޮށްލުމަށްޓަކައި، އުސްތާޛާ ފާތިމަތު ޔޫސުފަށް ގުޅައި ސްކޫލަށް އައުމަށް އެދުނެވެ. ބައްދަލުވުމުގައި ލަބާންގެ ފިލާވަޅުތަކަށް އައިސްފައިވާ ބޮޑު ކުރިއެރުމުގެ ވާހަކަ އުސްތާޛާ ހިއްސާކުރެއްވިއެވެ. "ޔޫސުފް، ލަބާން މިހާރު ވަރަށް ބަދަލުވެއްޖެ. ކިޔެވުމަށް ދޭ ސަމާލުކަން އިތުރުވެ، ކުލާހުގެ އެހެން ކުދިންނަށްވެސް އޭނާ މިހާރު އެހީތެރިވޭ. ތިޔަ ދެއްވި ހަރުދަނާ ތަރުބިއްޔަތަށް އަޅުގަނޑު ސާބަސް ދެން،" ފާތިމަތު ހިނިތުންވެލަމުން ބުންޏެވެ.
ވާހަކައިގެ ތެރެއިން އަމިއްލަ ދިރިއުޅުމުގެ ވާހަކަތަކަށް ޖާގަ ލިބުނެވެ. ފާތިމަތަކީވެސް ދިރިއުޅުމުގައި އެތައް އިމްތިހާނުތަކެއް ގިރާކޮށްފައިވާ ހިތްވަރުގަދަ، އެކަނިވެރި މައެކެވެ. ފާތިމަތުގެ ފިރިމީހާ ނިޔާވީ މީގެ 15 އަހަރު ކުރިންނެވެ. އޭގެ ފަހުން އޭނާ ދިރިއުޅުން ހުސްކުރީ އޭނާގެ ހުރި ހަމައެކަނި ދަރިފުޅު މަރިޔަމް ތަރުބިއްޔަތު ކުރުމަށެވެ. މިއަދު މަރިޔަމްގެ އުމުރަކީ 21 އަހަރެވެ. ގައުމީ ޔުނިވަރސިޓީގައި ޑިގްރީގެ ފައިނަލް ސެމިސްޓާ ނިންމަމުންދާއިރު، އޭނާގެ ކައިވެނި ކުރުމަށްޓަކައި ވަކި ތާރީޚެއް ކަނޑައަޅައި، ހުރިހާ ތައްޔާރީތަކެއް ވަނީ ނިމިފައެވެ.
"އަޅުގަނޑުގެ އަންހެން ދަރިފުޅު މާތް ﷲ ގެ އިރާދަފުޅުން އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލަ ދިރިއުޅުމެއް ފަށަނީ. އަޅުގަނޑުގެ ޒިންމާ ފުރިހަމައަށް އަދާކުރެވިއްޖެ ކަމުގެ ހިތްހަމަޖެހުން އެބައޮތް. އެކަމަކު، ދަރިފުޅު ކައިވެނިކޮށްގެން ދިޔުމުން އަޅުގަނޑު މުޅިން އެކަނިވެރިވާނެ،" ފާތިމަތުގެ އަޑުގައި މަޑުމައިތިރި ހިތާމައެއް އެކުލެވިގެންވިއެވެ.
ފާތިމަތުގެ އަޚްލާގާއި، ކެތްތެރިކަމާއި، އަންހެން ދަރިއަކު އެކަނިމާއެކަނި ބަލައި ބޮޑުކުރުމުގައި ގެންގުޅުނު ހަރުދަނާ އުސޫލުތައް ފެނި ޔޫސުފްގެ ހިތުގައި އޭނާއަށްޓަކައި ޚާއްސަ ގަދަރެއް އުފެދުނެވެ. ހަމައެފަދައިން، އަނބިމީހާ ނިޔާވުމުން ތިން ދަރިން ގޮވައިގެން ޔޫސުފް އުފުލަމުންދާ ބުރައާއި، އޭނާގެ ތެދުވެރިކަން ފެނި ފާތިމަތުގެ ހިތުގައިވެސް ޔޫސުފަށްޓަކައި އިހުތިރާމް އުފެދުނެވެ.
މި ބައްދަލުވުމުގެ ވާހަކަ ޔޫސުފް ގެއަށް އައިސް ހަލީމާ ދައްތައާ ހިއްސާކުރިއެވެ. ހަލީމާގެ ލޮލުން އުއްމީދުގެ އަލިކަމެއް ފެނިގެންދިޔައެވެ. "ދަރިފުޅާ ޔޫސުފް! ފާތިމަތަކީ ދައްތަވެސް ދަންނަ، ވަރަށް ދީންވެރި، އަޚްލާގު ރަނގަޅު ކަނބަލެއް. އޭނާއަކީ އަންހެން ދަރިއަކު ބަލައި ބޮޑުކޮށްފައި ހުރި، މައިވަންތަކަމުގެ ތަޖުރިބާ ހުރި ހަރުދަނާ އަންހެނެއް. އަހަރެމެންގެ މި ތިން ކުދިންނަށް، ޚާއްސަކޮށް ލަޔާލަށް އޭނާގެ ފަރާތުން ލިބޭނީ އަގުނުކުރެވޭ ފަދަ ލޯތްބެއް. ދަރިފުޅު ތިޔަ ކަމާ ވިސްނާބަލަ!" ހަލީމާ ވަރަށް އުފަލާއެކު ބާރުއެޅިއެވެ.
އާއިލާގެ އެންމެންގެ މަޝްވަރާއާއެކު، ޚާއްސަކޮށް ލަބާނާއި ވާހަކަ ދެއްކުމަށްފަހު، ޔޫސުފް ފާތިމަތަށް ކައިވެނީގެ ހުށަހެޅުން ހުށަހެޅިއެވެ. ފާތިމަތުގެ ދަރިފުޅު މަރިޔަމްވެސް މިކަމަށް ފުރިހަމައަށް ތާއީދުކުރިއެވެ. އެހެނީ އޭނާ އަމިއްލަ ދިރިއުޅުމަކަށް ދާއިރު، މަންމައަށް ހެޔޮލަފާ ބައިވެރިއަކު ހުރުމަކީ އޭނާވެސް އެންމެ އެދުނު ކަންތަކެވެ.
ފާތިމަތު ގޭގެ މާހައުލަށް ޒިޔާރަތްކުރި ފުރަތަމަ ދުވަހުވެސް، ކުޑަކުޑަ ލަޔާލް އައިސް ފާތިމަތުގެ އުނގަށް އަރައި ބައްދައިގަތެވެ. އެވަގުތު ފާތިމަތުގެ ލޮލުން ފޭދުނު ކަރުނަތަކުން ހެކިދިނީ، އޭނާގެ ހިތުގައި އެ ކުދިންނަށްޓަކައި އުފެދުނު މައިވަންތަ ކުލުނެވެ. ޝަމާލާއި ނާޒިޔާ، އަދި އޮފީސް ޓީމުގެ އެންމެންގެ ހާޒިރުގައި، ހަލީމާ ދައްތަގެ ފުރިހަމަ ދުޢާއާއެކު، ޔޫސުފާއި ފާތިމަތުގެ ކައިވެނި ކުރެވިގެން ދިޔައެވެ.
އެއީ ހަމައެކަނި ދެ ހިތެއްގެ ގުޅުމެއް ނޫނެވެ. އެއީ ޒިންމާތަކަކުން ބުރަވެފައިވި އާއިލާއަކަށް ލިބުނު ފުރިހަމަކަމާއި، ކުދިންގެ މުސްތަގުބަލަށް އެޅުނު ވަރުގަދަ ބިންގަލެކެވެ. ލަބާނަށް ވިސްނައިދެވުނު ފަދައިން، ހަގީގީ ބޮޑުމީހަކަށް ވުމަކީ އިތުރު މިނިވަންކަމެއް ހޯދުމުގެ ބަދަލުގައި، އާއިލާއާއި މުޅި ދިރިއުޅުމުގެ ޒިންމާތައް ލޯތްބާއި ކެތްތެރިކަމާއެކު އުފުލުންކަން، ޔޫސުފާއި ފާތިމަތުގެ މި އާ ފެށުމުން މުޅި އާއިލާއަށް އަނެއްކާވެސް ސާބިތުވެގެން ދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު