ފުލުހުންގެ ސުލޫކީ މިންގަނޑާއި ޔުނީފޯމް އެޅުމުގެ މިންގަނޑުތައް އެންމެ މަތީ ދަރަޖައިގައި ހިފެހެއްޓުމަށް ކޮމިޝަނާ އޮފް ޕޮލިސް، އަޙްމަދު މުޙައްމަދު އިލްތިމާސް ކުރަށްވައިފިއެވެ.
ކޮމިޝަނާ އޮފް ޕޮލިސް މިކަމަށް އިލްތިމާސް ކުރެއްވީ ކ. އަތޮޅުގެ ތިން ރަށަކަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު ގުރައިދޫ، މާފުށި އަދި ގުޅީ ޕޮލިހުގައި މަސައްކަތްކުރާ މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުވުންތަކުގައި މުވައްޒަފުންނާ މުޚާޠަބުކުރައްވައި ސީޕީ ވިދާޅުވީ، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އަބަދުވެސް އޯގާތެރިކަމާއި ހަމަހަމަކަން އިސްކުރަންޖެހޭނެ ކަމަށެވެ. އަދި ފުލުހުންގެ އަގު ހިފެހެއްޓުމަށްޓަކައި ސުލޫކީ މިންގަނޑުތަކާއި، ޔުނީފޯމް އެޅުމުގެ ގަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމަކީ ކޮންމެހެން މުހިންމު ކަމެއްކަން ސީޕީ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ރަށްރަށުގައި ފުލުހުންގެ އަމިއްލަ މަރުކަޒުތައް އެޅުމަށް މިހާރު ފަށާފައިވާ މަޝްރޫއުގެ ދަށުން އެ އިމާރާތްތައް ގާއިމުކުރެވިގެން ދިއުމުން، ފުލުހުންގެ މަސައްކަތްތަކަށާއި މުވައްޒަފުންނަށް ކުރިމަތިވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ވެސް ކޮމިޝަނާ ވިދާޅުވިއެވެ. އަދި ރަށްރަށުގެ ރައްޔިތުން ފުލުހުންނާ ގުޅިގެން ވަރަށް ގާތުން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި، މިއީ ފުލުހުންގެ ޚިދުމަތް ފުޅާކޮށް ކުރިއެރުވުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް އަދި ފަސޭހައެއް ކަމުގައި ވެސް ސީޕީ ވިދާޅުވިއެވެ.
މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމުކޮށްފައިވާ ފުލުހުންގެ މަރުކަޒުތަކުގެ ޙާލަތު ވަޒަންކުރެއްވުމަށްޓަކައި ކޮމިޝަނާ އޮފް ޕޮލިސް ސިލްސިލާކޮށް ކުރައްވަމުން ގެންދަވާ ޒިޔާރަތްތަކުގެ ތެރެއިން ކުރިއަށްގެންދެވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި، ސީނިއަރ އޮފިސަރުންގެ އިތުރުން އެ ރަށްރަށުގައި މަސައްކަތްކުރާ ފުލުހުންނާއި އާންމު މުވައްޒަފުން ބައިވެރިވެލެއްވިއެވެ.
މި ދަތުރުފުޅުގެ ތެރެއިން ކޮމިޝަނަރ ވަނީ ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ވެސް ޒިޔާރަތްކުރައްވާފައެވެ. އެ ޒިޔާރަތުގައި އެ މަރުކަޒުގެ އިސްވެރިންނާ ބައްދަލުކުރައްވައި، މަރުކަޒުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މަޢުލޫމާތު އޮޅުންފިލުއްވައި، ފުލުހުންގެ ފަރާތުން އެ މަރުކަޒަށް ބައެއް ތަކެތި ހަދިޔާކުރަށްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު