ގދ. ތިނަދޫގައި، 22 އަހަރުގެ އަންހެނަކާއި، ދެ ކުޑަކުދިންނަށް ޖިންސީ އަނިޔާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
މި މަހުގެ 20 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓްކުރި މި މައްސަލައާ ގުޅިގެން ނުވަ މީހަކު ހައްޔަރުކުރިއެވެ. އެއީ 21 އަހަރުގެ މުޙައްމަދު މައިސަން ޝިޔާޒު، 24 އަހަރުގެ އަޙްމަދު އިފްތިޝާމް ޒަރީރު، 35 އަހަރުގެ ނަޖުމުﷲ ޙަސަން، 24 އަހަރުގެ ޢާޒިމް މުފީދު، 31 އަހަރުގެ ޢަލީ ޙުޒާމް ސަޢީދު، 26 އަހަރުގެ މުޙައްމަދު ޞާލިޙު އަޙްމަދު، 20 އަހަރުގެ އަޙްމަދު ނޫޙު ނިޔާޒު، 20 އަހަރުގެ މުޙައްމަދު މިޝަލް އަޙްމަދު ޒުހައިރު އަދި 32 އަހަރުގެ އަޙްމަދު ޞާނިޖު ޞާދިޤު އެވެ. މި އެންމެންނަކީ ދިވެހި ފިރިހެނުންނެވެ.
މި އެންމެންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެކި މީހުން އެކި މުއްދަތުތަކަށް އޮތީ ބަންދުކޮށްފައެވެ. އެގޮތުން އަހުމަދު ސާނިޖު ސާދިގު، މުޙައްމަދު ޞާލިޙު އަޙްމަދު، މުޙައްމަދު މިޝަލް އަޙްމަދު ޒުހައިރު، ނަޖުމުﷲ ޙަސަން އަދި އަޙްމަދު ނޫޙު ނިޔާޒު ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކުރިއިރު، މުޙައްމަދު މައިސަން ޝިޔާޒު ވަނީ ދިހަ ދުވަހަށް ބަންދުކޮށްފައެވެ. މީގެއިތުރުން ޢާޒިމް މުފީދު 15 ދުވަހަށް، އަޙްމަދު އިފްތިޝާމް ޒަރީރުގެ އިތުރުން ޢަލީ ޙުޒާމް ސަޢީދު ބަންދުކުރުމަށް ކޯޓުން އަމުރުކުރީ 90 ދުވަހަށެވެ.
އޭގެ ތެރެއިން ބައެެއް މީހުންގެ ބަންދުގެ މުއްދަތު ހަމަވާތީ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ނޫޙު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ. އަދި މިޝަލް އިތުރު 30 ދުވަހަށް ބަންދު ކުރުމަށް އަމުރުކުރިއިރު ނަޖުމުﷲ 45 ދުވަހަށް ބަންދުކުރުމަށް އަމުރުކުރިއެވެ. ސޯލިހުއާއި ސާނިޖު މި ފަހަރުވެސް ބަންދުކުރީ އެންމެ ފަސް ދުވަހަށެވެ.
ގްރޫޕަކުން 22 އަހަރުގެ ދިވެހި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ ހުށަހެޅި މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައަކީ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ މައްސަލައެކެވެ. ތަހުގީގަށް ޚާއްސަ ޓީމެއް މާލެއިން އެ ރަށަށް ފޮނުވައިގެން މިހާރު ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅޭ އިތުރު ތަފްސީލުތައް ތަހުގީގު ކުރިއަށްދާ މިންވަރަކުން ހާމަކުރަމުން ގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު