ކ. ގިރިފުށީގެ ބިންހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން އަދި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ 50 އިންސައްތަ މަސައްކަތ ނިމިފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
ގިރިފުށީގެ އުމްރާނީ ތަރައްޤީއަށްޓަކައި ކުރިއަށްގެންދާ މި މުހިންމު މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި ރިވެޓްމަންޓް ޓައިޕް ސީ ކޯ ލޭޔަރ އަދި އާމަރ ލޭޔަރ އެޅުމުގެ މަސައްކަތް ހިމެނެއެވެ. މީގެ
އިތުރުން، އެއްގަމު ތޮށީގެ ކޮންކްރީޓް ކެޕިންގ މަސައްކަތާއި، ރޭމްޕް އެޅުމުގެ މަސައްކަތްވެސް ބާރަށް ކުރިއަށް ދާކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.
އޭގެ އިތުރުން މި މަޝްރޫޢުގެ ތެރޭގައި ހިމެނޭ ބްރިޖް އެޅުމުގެ މަސައްކަތްތަކާއި ޖެޓީގެ ކޮލަމްތައް ކާސްޓްކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ހުއްޓުމެއްނެތި ކުރެވެމުންނެވެ.
ގިރިފުށްޓަކީ ޤައުމީ ދިފާޢީ ބާރުގެ އަސްކަރީ ތަމްރީނުތައް މައިގަނޑު ގޮތެއްގައި ބާއްވަމުން އަންނަ ރަށަށް ވުމާއެކު، އެ ރަށުގެ ގިރާ ސަރަޙައްދުތައް ހިމާޔަތްކޮށް، ބިން އިތުރުކުރުމާއި، ޒަމާނީ ފެންވަރަކަށް ބަނދަރު ތަރައްޤީ ކުރުމަކީ އެ ރަށުގެ އޮޕަރޭޝަންތައް ހަރުދަނާކޮށް، ދަތުރުފަތުރުގެ ފަސޭހަކަން ކަށަވަރުކުރުމަށްޓަކައި ނުހަނު މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު