ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. ބާރަށުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް، އެ ރަށުގައި ވަޞީލަތްތައް ފުރިހަމަ ޒަމާނީ ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ރަސްމީކޮށް ޙަވާލުކޮށްފިއެވެ.
މި މަޝްރޫޢާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު 'އެކްސް' (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވީ، މިއަދަކީ ރައީސް ޑރ. މުޢިއްޒު ބާރަށުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތަކުގެ ތެރެއިން ދެ ވަޢުދެއް އެއް މަޝްރޫޢަކުން ފުއްދުމުގެ މަސައްކަތް ފެށިގެންދިޔަ ތާރީޚީ ދުވަހެއް ކަމުގައެވެ.
އެގޮތުން، ރައީސްގެ ވަޢުދުފުޅަކީ ބާރަށުގައި މިހާރު އޮތް ޖެޓީގެ އާބާތުރަ ފިލުވައި، މަސްވެރިންނަށް ޚާއްޞަކޮށްގެން މަސްޖެޓީއެއް އެޅުން ކަމުގައި ވިޔަސް، ކުރެވުނު ސާރވޭއިން ދެއްކި ގޮތުގައި މިހާރު ހުރި ޖެޓީގެ ތަނބުތައް ބޮޑެތި ގެއްލުންތަކެއް ލިބި ފަޅައިގެން ގޮސްފައި ވުމުން، އެއީ މަރާމާތުކުރެވޭނެ ވަރަށް ވުރެ ބޮޑު ގެއްލުމެކެވެ. އެހެންކަމުން، ރައްޔިތުންގެ އެދުމުގެ މަތިން މި މަޝްރޫޢު ބަދަލުކުރެވުނީ ފުރިހަމަ ބަނދަރެއް ހެދުމަށެވެ.
ބާރަށުގައި އަލަށް ތަރައްޤީކުރާ ބަނދަރު ވެގެންދާނީ ގިނަ ވަޞީލަތްތަކެއް އެކުލެވޭ ޒަމާނީ ބަނދަރަކަށެވެ. އެގޮތުން، ރައްޔިތުންގެ އެދުމާ އެއްގޮތަށް މި މަޝްރޫޢުގެ ދަށުން ލޭންޑިންގ ކްރާފްޓް ކައިރިކުރެވޭނެ ސަރަޙައްދަކާއި، މުދާ އަރުވާ ބޭލުމަށް ޚާއްޞަ ސަރަޙައްދެއްގެ އިތުރުން، މަސްމާރުކޭޓަކާއި، މަސްވެރިންގެ ޑިންގީތައް ޕާކުކުރާނެ ސަރަޙައްދެއް، އަދި ރަސްމީ ފާލަމެއް ހިމެނޭނެއެވެ. މީގެއިތުރުން، ބޭރުތޮށި ލާއިރު ސޭންޑްފިލްކޮށް ރުއްގަސް އިންދޭނެ ޖާގަ ހިމަނައި، ބަނދަރާއި ބޭރުތޮށި އޯވަރ ބްރިޖަކުން ގުޅާލެވި، ސައިކަލުގައި ބޭރުތޮއްޓަށް ދެވޭގޮތަށް ފަރުމާކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ބާރަށުގެ ރައްޔިތުންގެ މި ހުވަފެން ޙަޤީޤަތަކަށް ހައްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ އިޚްލާޞްތެރި މަސައްކަތްޕުޅަށް މެންބަރު ޝުޖާޢު ވަނީ ރައްޔިތުންނާއި އަމިއްލަ ނަންފުޅުގައި ޝުކުރު އަދާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު