މީޑިއާތަކަށް ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ނެތް ކަމަށް ބުނެ، މީޑިއާ ކޮމިޝަންގެ ރައީސް މުހައްމަދު ފަރުޝަތު އެ ކޮމިޝަނުގެ ރައީސް ކަމުގެ މަގާމުންނާއި މެންބަރު ކަމުން އިސްތިއުފާ ދެއްވައިފިއެވެ.
ފަރުޝަތު މަގާމުން އިސްތިއުފާ ދެއްވައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީގައި ބަޔާންކުރައްވާފައިވަނީ، މީޑިއާ ކޮމިޝަނުގެ މަސައްކަތްތައް ފުރިހަމަކަމާއެކު ކުރިއަށް ގެންދިއުމަށާއި، ހުރިހާ މީޑިއާތަކަށް ހަމަހަމަ އަދި އިންސާފުވެރި އުސޫލަކުން ކަންކަން ރާވައި ހިންގުމަށް ހައްލު ނުކުރެވޭފަދަ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
އަދި އެ މައްސަލަތަކަށް ހައްލެއް ލިބިފައިނުވާތީ، މިއަދުން ފެށިގެން މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމެވީ ކަމަށްވެސް އޭނާގެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.
މީޑިއާ ކޮމިޝަންގެ ރައީސަކަށް ފަރުޝަތު އައްޔަންކުރައްވާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު