ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫޢު ކުރިއަށް ގެންދާނީ ދިވެހި ރައްޔިތުންގެ ފުރިހަމަ މަސްލަހަތާއި ސިޔާދަތަށް އިސްކަންދީގެން ކަމަށް ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.
މި މަޝްރޫޢާ ގުޅިގެން އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ދިއުމަށް ގޮވައިލައި، މި ފެށޭ ނޮވެންބަރު މަހު ބޮޑު އެއްވުމެއް ބާއްވާނެކަން "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުގެ ފަރާތުން ވަނީ އިއުލާންކޮށްފައެވެ. މި ހަރަކާތް ހިންގުމުގައި އިސްކޮށް އުޅުއްވަނީ އަދާލަތު ޕާޓީގެ ކުރީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އެވެ.
މިކަމާ ގުޅިގެން ބާރަށު ދާއިރާގެ މެންބަރު ޝުޖާޢު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ރައްޔިތުންނަށް ނުބައި ނުލަފާ އަދި ހަރުކަށި ވިސްނުން ވިސްނައިދޭން ކުރީގެ މިނިސްޓަރު އިމްރާން ނޫޅުއްވުމަށް ގޮވާލައްވާ ކަމަށެވެ. އަދި މިއީ ކުރީގެ ސަރުކާރުގެ ކެބިނެޓުގައި އިންނަވައިގެން ރައީސް ސޯލިހުގެ ވެރިކަމުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލި ފަދައިން ކުރާނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ލޮބުވެތި ރައްޔިތުން ރައީސް ޑރ. މުޢިއްޒަށް އިތުބާރު ކުރައްވާ! ރައީސް ޑރ. މުޢިއްޒު ކުރައްވާނީ 100 އިން 100 ދިވެހީން އެދޭގޮތަށް. ދިވެހީންގެ ފުރިހަމަ ސިޔާދަތީ ބާރު އޮންނަ ގޮތަށް. މިނިވަންކަމަށް އެއްވެސް އަސަރެއް ނުކުރާނެ ގޮތަށް. އަދި ދިވެހީންނަށް މުއްސަނދިކަން ލިބޭނެ ގޮތަށް،" ޝުޖާޢު ވިދާޅުވިއެވެ.
ރަސްމާލެ މަޝްރޫޢަކީ މި ސަރުކާރުން ބިން ހިއްކައިގެން ތަރައްގީކުރަން ނިންމާފައިވާ ބޮޑު އެއް މަޝްރޫޢު ކަމަށްވާއިރު، މި މަޝްރޫޢުގެ ސަބަބުން ގައުމީ ސަލާމަތަށާއި މިނިވަންކަމަށް އަސަރުކޮށްފާނެ ކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޔޫއޭއީގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ފުށިދިއްގަރުފަޅުން ހިއްކާ 500 ހެކްޓަރުގެ ބިމުގައި ހިންގާ ވޯޓާފްރަންޓް އެންޑް މެރީނާ މަޝްރޫއުގެ ދަށުން 8،800 ޕްރޮޕަޓީ ތަރައްގީކުރާނެއެވެ. މި ޕްރޮޕަޓީތައް ދޫކުރަނީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން 99 އަހަރާ ހަމައަށް ދިގު މުއްދަތުގެ ލީސްހޯލްޑް އުސޫލުންނެވެ.

ކިޔުންތެރިންގެ ހިޔާލު