ނަސްރުގެ ދުވަހުގެ ފަރިތަކުރުންތަކަށް ހަވީރު ޖުމްހޫރީ މައިދާނުގެ ބައެއް ސަރަހައްދުތައް ބަންދުކުރަން ނިންމައިފިއެވެ.
ފުލުހުން ބުނީ ނަސްރުގެ ދުވަހުގެ ހަރާތްތަކުގެ ފަރިތަކުރުންތަކަށް މާދަމާއިން ފެށިގެން އަންނަ މަހުގެ ދޭކަށް ހަވީރު ހަތަރަކުން ހަޔަކަށް ޖޫމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުގެ މަގުތަކާއި ފަޅުތެރެ އާންމު ދަތުރުފަތުރަށް ބަންދުކުރެވޭނެ ކަމަށެވެ.
މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކޮށް މި ބަދަލުގެ ސަބަބުން އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް ވެސް ފުލުހުން ވަނީ އެދިފައެވެ.
މި އަހަރުގެ ނަސްރުގެ ދުވަހުގެ ޚާއްސަ ހަރަކާތްތައް ފެށިގެންދާނީ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު، ސިފައިން ބައިވެރިވެގެން ބޮޑު ޖަމާއަތުގައި ކުރާ ފަތިސް ނަމާދުންނެވެ. މި ނަމާދު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގެ މިސްކިތުގައެވެ.
ފަތިސް ނަމާދަށް ފަހު، އެ ދުވަހު ހެނދުނު 06:00 ގައި ނޮވެންބަރު 3 ވަނަ ދުވަހުގެ ހަނދާނީ ބިނާ (ނޮވެންބަރު ތިނެއްގެ ބިނާ) ކައިރީގައި ދިދަ ނެގުމުގެ ރަސްމިއްޔާތާއި، ގާޑް މައުންޓް ކުރުމުގެ ޚާއްސަ ހަފްލާއެއް އޮންނާނެއެވެ. މީގެ އިތުރުން، އެ ދުވަހުގެ ހަވީރު 16:15 ގައި ޖުމްހޫރީ މައިދާނުގައި، ސިފައިންގެ އަސްކަރީ ހުށަހެޅުމެއް އާއްމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި ހުށަހެޅުމަކީ ސިފައިންގެ ތަފާތު ބައިތަކުގެ ހުނަރާއި ގާބިލިއްޔަތު ދައްކުވައިދޭނެ ހުށަހެޅުމެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު