ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު އެއް ވިޔަފާރި ހަރަކާތް ކަމަށްވާ "މޯލްޑިވްސް އެކްސްޕޯ 2026" ގެ އޮފިޝަލް ބޭންކިންގ ޕާޓްނަރެއްގެ ގޮތުގައި ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ބީއެމްއެލް އިން މިއަދު ބުނީ، މި އެއްބަސްވުމާއެކު، ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، އުފެއްދުންތެރިކަމުގެ އިތުރުން އީޖާދީ މަސައްކަތްތައް ކުރިއެރުވުމަށް ބީއެމްއެލް އިން ދެމުންގެންދާ އެއްބާރުލުމާއި އަހައްމިއްޔަތުކަން އަލުން ހާމަކޮށްދީފައިވާ ކަމަށެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން އިންތިޒާމުކުރާ މި އެކްސްޕޯ ކުރިއަށްދާނީ 2026 ވަނަ އަހަރުގެ އޮކްޓޫބަރު 25 އިން ނޮވެންބަރު 2 ގެ ނިޔަލަށް، ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
ދިވެހިންގެ އުފެއްދުންތެރިކަމާއި ފަންނުވެރިކަމުގެ ހުނަރުތައް އެއް ފުރާޅެއްގެ ދަށުން ދައްކާލުމަށް ބާއްވާ މި ހަރަކާތަކީ، ވިޔަފާރިވެރިންނާއި އަމިއްލަ އުފެއްދުންތެރިންގެ މަސައްކަތްތައް އިޝްތިހާރުކޮށް، އެ ފަރާތްތަކަށް ފަހި މާކެޓުތަކަކަށް ވާސިލުވުމަށް ލިބިގެންދާނެ ވަރަށް އަގުހުރި ފުރުޞަތެއް ކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ.
ހަމައެއާއެކު ބީއެމްއެލް އިން ބުނެފައިވަނީ، ޤައުމީ ބޭންކުގެ ހައިސިއްޔަތުން ދިވެހި ވިޔަފާރިތައް ބާރުވެރިކުރުވައި، އީޖާދީ ވިސްނުންތަކަށް ހިތްވަރުދީ، ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހަލުވިކުރުމަށް މަގުފަހިކޮށްދޭ މިފަދަ ކޮންމެ ހަރަކާތަކަށް އެއްބާރުލުން ދިނުމުގައި އެ ބޭންކު އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށެވެ.
މޯލްޑިވްސް އެކްސްޕޯ 2026 ގެ ބޭންކިންގ ޕާޓްނަރެއްގެ ގޮތުގައި ބީއެމްއެލް ހަމަޖައްސާފައިވާއިރު، މި ސިލްސިލާގެ ދަށުން ކުރިއަށްގެންދިޔަ "މޯލްޑިވްސް އެކްސްޕޯ 2025" ގެ މެއިން ސްޕޮންސަރަކީ ވެސް ބީއެމްއެލްއެވެ.

ކިޔުންތެރިންގެ ހިޔާލު