އިންޑިއާގައި ސެކިއުލަރިޒަމް ނުވަތަ ލާދީނީ/ދީނީ މިނިވަންކަމުގެ އުސޫލުތައް ދެމިއޮތުމުގެ އެންމެ ބޮޑު ސަބަބަކީ އެ ގައުމުގެ ހިންދޫންގެ ސެކިއުލަރު ވިސްނުން ކަމަށް އިންޑިއާގެ އިލެކްޝަން ކޮމިޝަންގެ ކުރީގެ ޗީފް އިލެކްޝަން ކޮމިޝަނަރު އެސް. ވައި. ގުރައިޝީ ވިދާޅުވެއްޖެއެވެ.
މަޝްހޫރު ޔޫޓިއުބަރު ދްރޫވް ރާތީގެ ޕޮޑްކާސްޓެއްގައި ވާހަކަދައްކަވަމުން ގުރައިޝީ ވަނީ އިންޑިއާގެ ސެކިއުލަރު ސިފަތައް ބައްޓަންކުރުމުގައި ހިންދޫންގެ ގަދީމީ އާދަކާދަތަކާއި ޘަގާފަތުގެ ދައުރު ފާހަގަކުރައްވާފައެވެ.
ގުރައިޝީގެ މި ވާހަކަފުޅާއެކު، އިންޑިއާގެ ސެކިއުލަރިޒަމާއި، ދީނީ ސިންގާފާތުކަމުގެ އިތުރުން އެކި ދީންތަކުގެ މީހުން އެކުވެރިކަމާއެކު ދިރިއުޅުމުގެ މައްޗަށް ބަހުސްތަކެއް ވަނީ އުފެދިފައެވެ.
އެކި ދީންތަކާއި ގައުމިއްޔަތުތަކުގެ މީހުން ދިރިއުޅެމުންދާ އިންޑިއާގައި، އެންމެންގެ ހަމަހަމަކަމާއި ދީނީ މިނިވަންކަން އަދި ސުލްހަވެރިކަން ދެމެހެއްޓުމުގައި ސެކިއުލަރިޒަމްގެ މުހިންމުކަން މި ބަހުސްތަކުން އެނގިގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު