މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ވިޔަފާރި ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އެ ކުންފުނީގެ ހަތްވަނަ މަސްފިހާރަ ފުވައްމުލައް ސިޓީގައި ރޭ ރަސްމީކޮށް ހުޅުވައިފިއެވެ.
ފުވައްމުލަކު ބަނދަރު ސަރަހައްދުގައި ހަދާފައިވާ ފުވައްމުލައް ފިޝް ޕްރޮސެސިންގ ފެސިލިޓީއާ އިންވެގެން ހުންނަ މި ފިހާރަ ހުޅުވައިދެއްވީ މިފްކޯގެ މެނޭޖިންގ ޑައިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު އަނަސް އެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ އިސްވެރިންނާއި ފުވައްމުލަކު ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.
މިއީ ރާއްޖޭގެ އެކި ސިޓީތަކުގައި މިފްކޯގެ މަސްފިހާރަތައް ގާއިމުކުރުމަށް އެ ކުންފުނިން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، މާލެ ސަރަހައްދުން ބޭރުގައި ހުޅުވި ދެވަނަ މަސްފިހާރައެވެ. މީގެ ކުރިން، މި އަހަރުގެ މެއި މަހުގެ ފަހުކޮޅު އައްޑޫ ސިޓީ ހިތަދޫގައި ވަނީ މިފަދަ ފިހާރައެއް ހުޅުވާފައެވެ. މީގެ އިތުރުން މާލޭގެ ދެ ފިހާރައަކާއި ހުޅުމާލޭގެ ތިން ފިހާރަ މެދުވެރިކޮށް މިފްކޯއިން އަންނަނީ ކުންފުނީގެ އުފެއްދުންތައް އާންމުންނަށް ފޯރުކޮށްދެމުންނެވެ.
މި ފިހާރަ ހުޅުވުމާއެކު، ފުވައްމުލަކު ރައްޔިތުންނަށް މިފްކޯގެ އެންމެހައި އުފެއްދުންތައް ފަސޭހަކަމާއެކު އަދި ހެޔޮ އަގެއްގައި މެދުނުކެނޑި ލިބިގެންދާނެ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ. އަދި އަންނަ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިފްކޯގެ ހުރިހާ ފިހާރަތަކެއް ހަފުތާގެ ހަތް ދުވަހު ހުޅުވަން ނިންމާފައިވާތީ، ފުވައްމުލަކު ފިހާރައިންވެސް ހުކުރު ދުވަސް ހިމެނޭހެން ކޮންމެ ދުވަހަކުވެސް ޚިދުމަތް ލިބެމުންދާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން މިފްކޯގެ ވިޔަފާރި ފުޅާކުރުމުގެ މައިގަނޑު މަޤްޞަދަކީ، މަސްވެރިކަމުގެ ދާއިރާ އިތުރަށް ތަރައްޤީކޮށް، ދިވެހި މަސްވެރިންނަށް ލިބޭ ނަފާ އިތުރުކޮށްދިނުން ކަމަށް އެކުންފުނިން ބުނެއެވެ. އަދި އުފެއްދުންތެރިކަން އިތުރުކޮށް ފެންވަރު ރަނގަޅު އުފެއްދުންތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަކީވެސް މިފްކޯގެ މުހިންމު އަމާޒެކެވެ.

ކިޔުންތެރިންގެ ހިޔާލު