އެގްރޯ ނެޓްގެ އެމްޑީގެ މަގާމަށް އައްޔަނުކުރި ސިނާން އަދި ޗެއާމަންގެ މަގާމަށް އައްޔަނުކުރި އަނަސް
އެގްރޯ ނެޓްގެ އެމްޑީގެ މަގާމަށް އައްޔަނުކުރި ސިނާން އަދި ޗެއާމަންގެ މަގާމަށް އައްޔަނުކުރި އަނަސް
މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމުގައިވާ އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް)ގެ ޗެއާމަންގެ މަގާމަށް މިފްކޯގެ ސީއީއޯ މުޙައްމަދު އަނަސް އަދި މެނޭޖިންް ޑައިރެކްޓަރގެ މަގާމަށް އައްޑޫ ހިތަދޫ/ހުޅުދޫގެ، މުހަމަދު ސިނާން އައްޔަނުކޮށްފިއެވެ.

އެ ނިންމުން ނިންމީ މިފްކޯއިން މިއަދު ބޭއްވި ބޯޑުގެ ބައްދަލުވުމެއްގައެވެ.

ސިނާންއަކީ ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ 20 ވަނަ ދައުރުގައި ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަން ކުރެއްވި ބޭފުޅާއެވެ. ނަމަވެސް ސާބިތު ދަރަންޏެއް ނުދައްކާ އޮތް މައްސަލައިގައި ކޯޓުން ވަނީ މިދިޔަ އޭޕްރީލް މަހު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިފައެވެ.

އަނަސްއާއި ސިނާން އެގްރޯގެ ބޯޑަށް އައްޔަނުކުރިކަން ހާމަކޮށް ސޯޝަލް މީޑިއާގައި މަރުހަބާގެ ޕޯސްޓެއްވެސް ކޮށްފައެވެ.

ކުރިން ވަކި ކުންފުންޏެއްގެ ގޮތުގައި އޮތް އެގްރޯ ނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖައްސަން ނިންމިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނު ކުރެއްވީ މިދިޔަ މަހުގެ 7 ވަނަ ދުވަހުއެވެ.

މިފްކޯގެ ދަށަށް އެގްރޯނެޓް ބަދަލުކުރުމުން ލިބޭނެ ފައިދާތަކަށް އަލިއަޅުއްވާ ލައްވަމުން ރައީސް ވިދާޅުވީ އެކަމުގެ ސަބަބުން އެގްރޯނެޓްގެ ދަނޑުވެރިކަމުގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށް މަގުފަހިވެ ޤައުމީ ފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އަމާޒު ހާސިލުކުރަން ފަސޭހަވުމުގެ އިތުރުން ދަނޑުވެރިކަމުގެ ސިނާޢަތް އިތުރު ހަރުފަތަކަށް ގެންދިއުމަށް އެހީތެރިވެދޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް