ކޮންމެ ހަރުދަނާ ޞިއްޙީ ނިޒާމެއްގެ ވެސް މައިގަނޑު އަސާސަކީ ރައްކާތެރި އަދި ފެންވަރު ރަނގަޅު ބޭހަށް ރައްޔިތުން ކުރާ އިތުބާރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ބޭސް ރެގިއުލޭޓްކުރުމުގެ ދާއިރާއިން އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ގޮވާލައްވަމުންނެވެ.
މެޑަމް ސާޖިދާ މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އިސްލާމްއާބާދުގައި ހުންނަ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީ އޮފް ޕާކިސްތާން (ޑްރެޕް) އަށް ޒިޔާރަތްކުރައްވައި، އެ އިދާރާގެ އިސްވެރިންނާއި މުވައްޒަފުންނާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މެޑަމް ސާޖިދާގެ ވާހަކަފުޅުގައި، ރާއްޖެއަކީ ޖަޒީރާ އަދި ރަށްތައް ވަކިވަކިން އުފެދިފައިވާ ޤައުމަކަށް ވުމާއެކު، ރައްކާތެރި، ފައިދާހުރި އަދި ފެންވަރު ރަނގަޅު ބޭސް އިތުބާރާއެކު ފޯރުކޮށްދިނުމަކީ ރާއްޖޭގެ އެންމެ މަތީ ޤައުމީ އިސްކަމެއްގެ އިތުރުން މެދުނުކެނޑި އަދާކުރަންޖެހޭ ޒިންމާއެއްކަން ފާހަގަކުރެއްވިއެވެ. އަދި މިފަދަ އިތުބާރެއް ދެމެހެއްޓޭނީ ޢިލްމީ ހަރުދަނާ މިންގަނޑުތަކާއި، ހަރުދަނާ ރެގިއުލޭޓަރީ މުއައްސަސާތަކާއި، އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މާނަވީ މަސައްކަތްތަކުގެ ތެރެއިން ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމަށް އަލިއަޅުއްވާލައްވަމުން، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ޕާކިސްތާނުން މެދުނުކެނޑި ދެމުންގެންދާ އެހީތެރިކަމަށްޓަކައި އެކަމަނާ ޝުކުރު އަދާކުރެއްވިއެވެ. ޚާއްޞަކޮށް، ޕާކިސްތާނުގެ މެޑިކަލް ޕްރޮފެޝަނަލުން ރާއްޖޭގައި ޚިދުމަތްކުރުމާއި، ދިވެހި ޑޮކްޓަރުންނާއި، ނަރުހުން އަދި ޞިއްޙީ ޚިދުމަތްތެރިން ތަމްރީނުކުރުމަށް ޕާކިސްތާނުން ދެއްވާ އެއްބާރުލުން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ދެ ޤައުމުގެ ދެމެދުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ޞިއްޙީ ދާއިރާއިން އެއްބާރުލުން ދިނުމުގެ ފަހުމުނާމާ (އެމްއޯޔޫ) އަކީ މި ދާއިރާއިން ކުރިއަށް އެޅޭ މުހިންމު ފިޔަވަޅެއްކަން މެޑަމް ސާޖިދާ ފާހަގަކުރެއްވިއެވެ. އަދި މި ފަހުމުނާމާގެ ސަބަބުން ފަންނީ ތަޖުރިބާ ބަދަލުކުރުމާއި، ޤާބިލުކަން އިތުރުކުރުމާއި، ރެގިއުލޭޓަރީ އެންމެ ރަނގަޅު އުޞޫލުތައް ޙިއްޞާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި މި ގުޅުމުގެ ޙަޤީޤީ އަގު ވަޒަންކުރެވޭނީ، ހަރުދަނާ ޞިއްޙީ ނިޒާމެއްގެ ޒަރީޢާއިން ރައްޔިތުންގެ ދިރިއުޅުމަށް އަންނަ ހެޔޮ ބަދަލުތަކުން ކަމަށްވެސް ވިދާޅުވިއެވެ.
މެޑަމް ސާޖިދާގެ ވާހަކަފުޅު ނިންމަވާލެއްވީ، ޕާކިސްތާނުގެ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވަމުންނެވެ. އަދި އާންމު ޞިއްޙަތު ރައްކާތެރިކުރުމަށް ޑްރެޕްގެ އިސްވެރިންނާއި މުވައްޒަފުން ކުރައްވާ މަސައްކަތްތަކަށް ތަޢުރީފުކުރައްވައި، ކުރިމަގުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީ އޮފް ޕާކިސްތާނަށް ޒިޔާރަތްކުރެއްވުމުގެ ކުރިން، މެޑަމް ސާޖިދާ ވަނީ އިސްލާމްއާބާދުގައި ހުންނަ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތަށް ވެސް ޒިޔާރަތްކުރައްވައި، އެތަނުގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު