ހަނާނަށް އެންމެ ފުރަތަމަވެސް އަޅައިގަތީ އެ ބާ ފޮށްޓެވެ. މުށިކުލައިގެ ދަވާދު ފަނޑުވެ، ހަލާކުވެފައިވާ އަތްގަނޑު ނޫކުލައިގެ ވަކަރަކުން އައްސާފައިވާ އެ ފޮށި ހުރީ އޭނާގެ ފިރިމީހާ ނަބީލުގެ ފައިބުޑުގައެވެ. ދެން އޭނާގެ ނަޒަރު ހުއްޓުނީ ނަބީލުގެ ފަހަތުގައި ޖެހިލުންވެފައި ހުރި މެދުއުމުރުގެ އަންހެންމީހާއަށެވެ.
އެއީ ނަބީލުގެ މަންމަ މަރިޔަމްއެވެ. އޭނާ ލައިގެން ހުރީ އާދައިގެ ކުލަފަނޑު ހެދުމެކެވެ. ބޯ ނިވާކޮށްފައިވަނީ ބާވެފައިވާ ފޮތިގަނޑަކުންނެވެ. އެއް އަތުން ދޮރުގެ އޮނިގަނޑުގައި ހިފަހައްޓައިގެން ހުރިއިރު، އަނެއް އަތުގައި ކުޑަ ޕްލާސްޓިކް ކޮތަޅެއް އޮތެވެ. އެ މޫނުމަތިން ފެންނަނީ ދަތުރުގެ ވަރުބަލިކަމާއި ހިތުގެ ނުތަނަވަސްކަމެވެ.
"އޭނާ މިތަނަށް ތިޔަ ގެނައީ ކީއްކުރަން؟" ހަނާންގެ އަޑު މުޅި ކޮރިޑޯތެރޭގައި ގުގުމައިގެން ދިޔައެވެ. އެ އަޑުގައި ވަނީ ނުރުހުމާއި ފޫހިކަމެވެ.
ނަބީލް އޭނާގެ އަނބިމީހާއަށް ބަލައިލީ އާދޭހުން ފުރިގެންވާ ނަޒަރަކުންނެވެ.
"ހަނާން، އަހަރެން ކުރިންވެސް ބުނީމެއްނު. ހޮސްޕިޓަލުން މަންމަގެ އެޕޮއިންޓްމަންޓް އަވަސްކުރީމައޭ މި ޖެހުނީ. ޓެސްޓުތައް ނިމެންދެން މަންމަ މާލޭގައި މަޑުކޮށްލަން އެބަޖެހޭ."
"އަހަރެން ހީކުރީ އޭނާ ހުންނާނެ އެހެން ތަނެއް ނަބީލް ހަމަޖައްސާނެ ކަމަށް،" ހަނާން ފޫހިކަމާއެކު މޫނު އަނބުރައިލިއެވެ. "އަހަރެމެންގެ އަމިއްލަ ދިރިއުޅުން ފެށިތަނާ މިފަދަ ކަންކަމާ ކުރިމަތިލާކަށް އަހަރެން ތައްޔާރެއް ނޫން."
"އަހަރެން ގަސްދުކުރީ މަންމަ މިގޭގައި ބަހައްޓަން. އަހަރެމެންގެ ގާތުގައި،" ނަބީލްގެ އަޑުގައި ހުރީ މަޑުމައިތިރިކަމެވެ.
ހަނާން ހިތްހަމަނުޖެހިފައި މައިދައިތައަށް ބަލައިލިއެވެ. "އެހެންވިއްޔާ، ކުރިން އަހަންނާ މަޝްވަރާކޮށްލަން ވާނެއެއްނު؟ މިއީ އަހަރެންގެވެސް ގެ."
މަރިޔަމް މަޑުމަޑުން އިސްދަށަށް ޖަހައިލިއެވެ. ފިރިމީހާ ވަކިވެދިޔުމަށްފަހު، ހިތްވަރާއެކު ދިރިއުޅުމުގެ ގަދަވަޔާއި ކަނޑުތައް ހުރަސްކޮށް، ދަރިން ބޮޑެތިކުރި އެ ހިތްވަރުގަދަ މައިމީހާއަށް މިއަދު އަމިއްލަ ދަރިފުޅުގެ ދޮރުމަތީގައި ހުންނަން ޖެހުނީ ބީރައްޓެއްސެއް ފަދައިންނެވެ. އެ ބާ ފޮށި ފައިބުޑުގައި ބަހައްޓައިގެން ހުރިއިރު، އޭނާއަށް ކުރެވެމުން ދިޔައީ އަމިއްލަ ނަފްސުގެ ނިކަމެތިކަމާއި ބޭކާރުކަމުގެ އިޙްސާސެވެ.
ނަބީލާއި ހަނާންގެ ކައިވެންޏަށް އަދިވީ އެންމެ ހަތަރު މަހެވެ. ކައިވެނީގެ ކުރިން ހަނާނަކީ ވަރަށް މަޑުމައިތިރި، އޯގާތެރި މިޒާޖެއްގެ ޒުވާނެކެވެ. ނަމަވެސް، ކައިވެންޏަށްފަހު އޭނާގެ އަސްލު ސިފަ ފާޅުވާން ފެށިއެވެ.
"ދަރިފުޅާ، ހަނާން ހިތްހަމަނުޖެހެންޏާ ރަށު ކުއްޖަކަށް ގުޅާލައިގެން އަހަރެން އެހެން ތަނަކަށް ހިނގައިދާނަން،" މަރިޔަމް ތުރުތުރުއަޅާ އަޑަކުން ބުންޏެވެ.
"ނޫން މަންމާ،" ނަބީލް އަވަހަށް ބުންޏެވެ. "މަންމަ ހުންނާނީ މިތަނުގައި."
ނަބީލް މަންމަގެ ފޮށި ހިފައިގެން އެތެރެއަށް ވަނެވެ. ހަނާން ނުރުހުމުގެ ނަޒަރަކުން ބަލަހައްޓައިގެން ހުރެ އެއްފަރާތަކަށް ޖެހިލިއެވެ.
އެގޭތެރޭގައި މަރިޔަމް ދުވަސްތައް ވޭތުކުރަމުން އައީ ބަޔާންކުރަންދަތި، މީގެ ކުރިން ތަހައްމަލް ކުރަމުންއައި އެކަނިވެރިކަމުގެ ހިތްދަތި ކަމަށްވުރެ މާ ހިތްދަތިކަމެއްގައެވެ. ހަނާންގެ ފަރާތުން ފެންނަ ނުރުހުމާއި ރުޅިވެރިކަން ދުވަހެއް ދުވަހަކަށް ދިޔައީ އިތުރުވަމުންނެވެ. ނަބީލް ގޭގައި ނޫޅޭ ވަގުތުތަކަކީ މަރިޔަމަށް އެހާމެ ބިރުވެރި ވަގުތުތަކެކެވެ.
އެއްދުވަހަކު މެންދުރުގެ ވަގުތެވެ. ނަބީލް ވީ އޮފީހުގައެވެ. މަރިޔަމް އިނީ ބަނޑުހައިވެގެން ކާހިތްވެފައެވެ. ނަމަވެސް ބަދިގެއަށް ވަންނަން ޖެހިލުންވެފައި އިންދާ، ހަނާން ބޭރަށް ދިޔުމުން އޭނާ މަޑުމަޑުން ބަދިގެއަށް ވަނެވެ. ހަނާން އެދުވަހު ހުރީ ފްރިޖުގައި މީރު ކާތަކެއްޗާއި މޭވާ އަޅައި، މައްޗަށް ވާގޮތަށް ޑަބަލް ލޮކް އަޅުވައި ތަޅުލާފައެވެ. ބަދިގޭ ކަބަޑުތަކުގައިވެސް ހުރީ ތަޅު އަޅުވާފައެވެ. ކާން ހުރީ ހަމައެކަނި މޭޒުމަތީގައި ހުރި ހިކިފައިވާ ދެ ފޮތި ޕާނެވެ. ކަރުހިއްކައިގެން ފެންފޮދެއް ބޯލަން އުޅުނުއިރު ޑިސްޕެންސަރުންވެސް ހުރީ ފެން ފުޅި ވަކިކޮށްފައެވެ. މަރިޔަމް އިސްކުރުން ފެންފޮދެއް ބޮއެގެން، ހިކި ޕާންކޮޅު ކައިލައިގެން ކޮޓަރިއަށް ވަދެ އޮށޯތީ ލޮލުން ކަރުނަ އޮއްސަމުންނެވެ. އިރުއޮއްސި ހަނާން ގެއަށް އައިސް ފެނުނީ އަމިއްލައަށް ކާ އެއްޗެހި ނަގައިގެން މީރުކޮށް ކައިގެން އުޅުނު ތަނެވެ. މައިދައިތައަށް ކާއެއްޗެއް ލިބުނުތޯ އަހައިވެސް ނުލައެވެ.
އަނެއް ހާދިސާއަކީ މަރިޔަމްގެ ހިތް މުޅިން ކުދިކުދިކޮށްލި ހާދިސާއެކެވެ. މަރިޔަމްގެ ފިރިމީހާ ނިޔާވުމުގެ ކުރިން އޭނާއަށް ހަނދާނެއްގެ ގޮތުގައި ދީފައިވާ ރިހި ފައްޓަރެއް އޮވެއެވެ. އެއީ އޭނާގެ ހަޔާތުގައި ބާކީ އޮތް އެންމެ އަގުބޮޑު މާއްދީ ހަނދާނެވެ. އެއްދުވަހަކު ފެންވަރަން ވަދެފައި އެ ފައްޓަރު ބޭލުމަށްފަހު ސިންކު ކައިރީގައި ބޭއްވުނެވެ. ފެންވަރައިގެން ނުކުމެ ބެލިއިރު އެ ފައްޓަރެއް ނެތެވެ. ހާސްވެގެން ގޮސް ހަނާން ގާތުގައި އަހައިލުމުން ހަނާން ދިނީ ވަރަށް ހަރުކަށި ޖަވާބެކެވެ. "އެކަހަލަ ހަޑިމުޑުދާރު ބާ ދަގަނޑުކޮޅުތައް ސިންކު މަތީގައި ބަހައްޓާތީ އަހަރެން ޑަސްބިނަށް ލައިފިން! މިގެއަކީ ކުނިގޮނޑެއް ނޫން!"
މަރިޔަމް ދުވެފައި ގޮސް ބަދިގޭ ކުނިވަށިގަނޑު ހާވަން ފެށިއެވެ. އޭރު ހަނާން ހުރީ މަލާމާތުގެ ހިނިތުންވުމަކާއެކު ބަލަހައްޓައިގެންނެވެ. އެ ފައްޓަރު އޮތީ ތަރުކާރީ ކުނިތަކާއި ކާ އެއްޗެހީގެ ބާކީބައިތަކުގެ އަޑީގައެވެ. ރޮމުން ރޮމުން އެ ފައްޓަރު ނަގައި ދޮވެ، މޭގައި ޖައްސައިލިއިރު، މަރިޔަމްގެ ހިތް ބުނަމުން ދިޔައީ މި ގޭގައި އޭނާއަށް އޮތީ ކޮންފަދަ ދަށު ދަރަޖައެއް ހެއްޔެވެ؟ ނަމަވެސް ދަރިފުޅު ނަބީލުގެ ދިރިއުޅުން ހަލާކުވެދާނެތީ، މި ހުރިހާ ވޭނަކަށް އޭނާ ކެތްކުރީ އެއްވެސް ޝަކުވާއެއް ނުކޮށެވެ.
އެއްދުވަހަކު މަރިޔަމް ސިންކުގައި ހުރި ތަށިތަކެއް ދޮންނަން ހުއްޓައި ހަނާން އައިސް ވަރަށް ހަރުކަށިކޮށް ބުންޏެވެ. "އަހަރެންގެ އެއްޗެހީގެ ތަރުތީބު ނުގެއްލުވާ. އަހަރެން ބޭނުމެއް ނޫން މަގޭ ބަދިގެއަށް އެހެން މީހުން ވަދެ ހާވާކަށް." އެ ބަސްތަކުން މަރިޔަމްގެ އަތުން އިސްފަންޖުގަނޑު ދޫވެ، އިސްދަށަށް ޖަހައިގެން ހުރެ އޭނާ އެތަނުން ނުކުތީ ހިތުގެ ރިހުން އެތެރެއަށް ހިންދައިލަމުންނެވެ.
އޭގެ ދެދުވަސް ފަހެވެ. ނަބީލް އޮފީހުގައި އުޅެނިކޮށް މަރިޔަމްގެ ބަނޑުގައި ގަދައަށް ރިއްސަން ފެށިއެވެ. އޭނާ ތަދު ކެތްނުވެގެން ސިޓިންގރޫމް ސޯފާގައި ބާއްވައިލިއެވެ. ގޭގައި ހުރި ހަނާނަށް މި މަންޒަރު ފެނުމުންވެސް އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ބަދަލުގައި، އޭނާ ބެލީ މައިދައިތަގެ ހާލަތަކީ ބޮޑާހޭކުމެއްގެ ގޮތުގައެވެ.
"މިގޭގައި ތިޔަހެން އޮވެގެން ނުވާނެ. ތިޔައީ ހަމަ ގަސްދުގައި އަހަރެންގެ ސަމާލުކަން ހޯދަން ކުރާ ކަމެއް،" ހަނާން ފަރުވާކުޑަކޮށް ބުންޏެވެ.
މަރިޔަމް ކަރުނުން ފުރިގެންވާ ދެލޮލާއެކު ބުންޏެވެ. "ދަރިފުޅާ، ހަމަ އަސްލުވެސް ވަރަށް ތަދުވަނީ. ތެދުވެވޭވަރެއް ނޫން."
ހަނާން އެހީވުމުގެ ބަދަލުގައި ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލިއެވެ. ތަދަށް ކެތްނުކުރެވިގެން މަރިޔަމް އުނދަގުލުން ފޯނު ނަގައި ނަބީލަށް ގުޅިއެވެ. ނަބީލް ހާސްވެގެން އޮފީހުން ދުވެފައި އައިއިރު، މަންމަ އޮތީ ބިންމައްޗަށް ވެއްޓި ހޭނެތޭވަރު ވެފައެވެ.
"ހަނާން! ކީއްވެ އަހަންނަށް ނުގުޅީ؟ މަންމައަށް ކިހިނެއްތަ ވެގެން މިއުޅެނީ؟" ނަބީލް ހަޅޭއްލަވައިގަތެވެ.
ކޮޓަރިން ނުކުތް ހަނާން މޫނު ކުނިކޮށްލަމުން ބުންޏެވެ. "އަހަރެން ކީއްކުރަން ގުޅަންވީ؟ ތިޔައީ އަބަދުވެސް އޮންނަ ކަމެއް. މާ ބޮޑު ކަމަކަށް ހަދައިގެން ތިޔަ އުޅެނީ."
ނަބީލް ވަގުތުން މަންމަ އަތްދަނޑިމައްޗަށް އުފުލައިލައިގެން ހޮސްޕިޓަލަށް ގެންދިޔައެވެ. ޑޮކްޓަރުން ބެލުމަށްފަހު އެނގުނީ މަރިޔަމްގެ އެޕެންޑިކްސް ފަޅައިގެން ދިޔުމާ ގާތްވެފައިވާ ކަމެވެ. އިތުރު ގަޑިއިރެއް ލަސްވިނަމަ ފުރާނައަށް ނުރައްކާވީހެވެ. ހޮސްޕިޓަލުގައި މަންމަގެ ގާތުގައި ހޭދަކުރި ވަގުތުތަކުގައި ނަބީލުގެ ހިތުގައި ހަނާނާމެދު އޮތް ލޯބި ފަނޑުވެ، ހިތާމައާއި ރުޅިވެރިކަން ވެރިވިއެވެ.
ހޮސްޕިޓަލުން ދޫކޮށްލުމަށްފަހު މަރިޔަމް ގޮވައިގެން ނަބީލް ގެއަށް އައިއިރު، މަރިޔަމް ހުރީ އަދިވެސް ހިނގައިބިނގާވެ އުޅެން އުނދަގޫ ހާލަތެއްގައެވެ. ނަމަވެސް އެމީހުންނަށް ފެނުނީ އެޕާޓްމަންޓްގެ ދޮރުމަތީގައި ބަހައްޓާފައި ހުރި މަރިޔަމްގެ އެ ބާ ފޮށްޓެވެ. ހަނާން ހުރީ ދަބަސް ކޮނޑުގައި އަޅުވައިގެން، ދޮރުމަތީގައެވެ.
"މި ފޮށި މިތަނަށް ނެރުނީ ކާކު؟" ނަބީލްގެ އަޑުގައި ހުރީ ކުރިން ދުވަހަކުވެސް ނުފެންނަ ފަދަ ނުރައްކާތެރި ހަމަހިމޭންކަމެކެވެ.
"އަހަރެން،" ހަނާން ފުން ނޭވާއެއް ދޫކޮށްލަމުން ބުންޏެވެ. "މިއަދު މިއީ ފަހު ދުވަސް. ނަބީލް ގޮތެއް ނިންމަންވީ ވަގުތު. ނޫނީ މަންމަ މިގެއިން ދާނީ، ނޫނީ އަހަރެން ދާނީ. ދެމީހުން އެއް ފުރާޅެއްގެ ދަށުގައި ތިބޭކަށް ދެން އަހަރެން އެއްބަހެއް ނުވާނަން."
ނަބީލް އޭނާގެ މަންމަގެ މޫނަށް ބަލައިލިއެވެ. އަދިވެސް ބަލިދާނުގައި އޮވެފައި ތެދުވި އެ މައިމީހާގެ މޫނުމަތިން ފެންނަނީ ނިކަމެތިކަމާއި، ބިރުގަތުމާއި، އަދި އަމިއްލަ ދަރިފުޅުގެ ދިރިއުޅުން ހަލާކުވެދާނެތީ ކުރެވޭ އިންތިހާ ހިތާމައިގެ އަސަރެވެ. މަރިޔަމް ތުރުތުރުއަޅާ އަޑަކުން ބުންޏެވެ. "ދަރިފުޅާ، މަންމަ މިހާރު މިދަނީ. ދަރިފުޅުގެ ކައިވެނި ހަލާކުވެގެން ނުވާނެ. މަންމަ ކޮންމެވެސް ގޮތެއް ހަދާނަން."
ނަބީލް މަޑުމައިތިރިކަމާއެކު މަންމަގެ ފިނިވެފައިވާ އަތްތިލައިގައި ހިފަހައްޓައިލިއެވެ. ދެން އޭނާ ކުރިއަށް ޖެހިލައި، ހަނާނާ ދިމާއަށް ސީދާ ނަޒަރަކުން ބަލައިލިއެވެ. އެ ދެލޮލުގައި ވަނީ ކުރިން ފެނިފައިނުވާ ފަދަ ސާބިތުކަމެކެވެ.
"ހަނާން، އަހަރެން ހީކުރީ އަހަރެން ކައިވެނިކުރީ ހިތެއް އޮތް، އިންސާނިއްޔަތުކަން ދަންނަ އަންހެނަކާ ކަމަށް. އެކަމަކު އަހަންނަށް ވަރަށް ބޮޑަށް އޮޅުނީ،" ނަބީލުގެ އަޑު މަޑުވި ނަމަވެސް ބުރަދަން ހުއްޓެވެ. "މަންމަ މި ހާލުގައި އޮއްވައި، ގޭގެ ދޮރުމައްޗަށް ފޮށި ނެރެ އެއްލައިލާކަށް އަހަރެންގެ ޟަމީރެއް ތަނެއް ނުދޭ. މިއަދު ތިޔަ ހުށަހެޅި އިޚްތިޔާރުން އަހަރެން ގޮތެއް ނިންމައިފިން."
ނަބީލް ތިރިވެ، ދޮރުމަތީގައި އޮތް ބާ ފޮށި އުފުލައިލިއެވެ. އަދި އެތެރެއަށް ވަދެ، އެ ފޮށި ކޮޓަރީގައި ބެހެއްޓިއެވެ. އެއަށްފަހު އެނބުރި އައިސް ހަނާނާ ކުރިމަތިލިއެވެ.
"މިއީ އަހަރެންގެ މަންމަ. މަންމަ މިގެއަކުން ނުދާނެ،" ނަބީލް ސީދާ ހަނާންގެ ދެލޮލަށް ބަލަމުން ބުންޏެވެ. "ހަނާން ބޭނުންނަމަ މިހާރުވެސް ދެވިދާނެ. އަހަރެން ދުނިޔެއަށް ގެނެސް، އަމިއްލަ ނަފްސު ޤުރުބާންކޮށްގެން އަހަރެން ބޮޑުކުރި މައިމީހާއަށް އިޙްތިރާމް ނުކުރެވޭ، އޭނާއަށް އޯގާތެރިކަން ނުދެވޭ އަނތްބަކާއެކު ދިރިއުޅުމުގެ އެއްވެސް ބޭނުމެއް އަހަންނަކަށް ނެތް."
ހަނާންގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ. އޭނާ ހީކުރީ އޭނާގެ މި ބިރުދެއްކުމުގެ ސަބަބުން ނަބީލް ބޯލަނބާނެ ކަމަށެވެ. "ނަބީލް! މޮޔަވީތަ؟ މަންމަގެ ސަބަބުން އަހަރެމެންގެ ކައިވެނި ރޫޅައިލަނީތަ؟"
"ކައިވެނި ރޫޅެނީ މަންމަގެ ސަބަބަކުން ނޫން،" ނަބީލް ބުންޏެވެ. "ކައިވެނި މި ރޫޅެނީ ހަނާންގެ ތިއޮތް ހިލަ ހިތުގެ ސަބަބުން. ބަލިވެ، އަމިއްލަ ފައިމައްޗަށް ނުތެދުވެވޭ މުސްކުޅި މައަކަށް ހަމްދަރުދީ ނުވެވުނު މީހަކު، މާދަމާ އަހަރެން ބަލި އެނދުގައި އޮންނަ ދުވަހު އަހަންނަށް ދޭނީ ކޮން އޯގާތެރިކަމެއް؟"
ހަނާން ރުޅިއައިސް ރަތްވެގެން، އަތްދަބަސް ހިފައިގެން ބާރުބާރަށް ހިނގާފައި އެޕާޓްމަންޓުން ނުކުމެގެން ހިނގައްޖެއެވެ. ނަބީލް އޭނާ ހުއްޓުވާކަށް މަސައްކަތެއް ނުކުރެއެވެ. އަދި ފަހަތަކުން ނުވެސް ދެއެވެ. އޭނާ އެނބުރި އައިސް އިށީނީ މަންމަގެ ފައިބުޑުގައެވެ.
މަރިޔަމްގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކާއެކު ދަރިފުޅުގެ ބޮލުގައި ފިރުމައިލިއެވެ. "ދަރިފުޅާ... މަންމަގެ ސަބަބުން މިހެން..."
"ނޫން މަންމާ، އެއްވެސް ވާހަކައެއް ނުދައްކާ،" ނަބީލް މަންމަގެ އަތްތިލައިގައި ބޮސްދިނެވެ. "މަންމައަކީ އަހަރެންގެ ދިރިއުޅުމަށް ލިބުނު އެންމެ ބޮޑު ނިޢުމަތް. މަންމަގެ ރުހުމާއި ދުޢާއާ ނުލައި އަހަންނަށް ލިބޭނެ އެއްވެސް އުފަލެއް ނޯންނާނެ."
ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ދެމީހުންގެ ކައިވެނި ޤާނޫނީގޮތުން ނިމުމަކަށް އައެވެ. ހަނާން ހީކުރި ގޮތާ ޚިލާފަށް، ނަބީލް އޭނާގެ ފަހަތަކުން ނުދިޔައެވެ. އެ ގޭތެރެއަށް ވެރިވެފައި އޮތް ބަރުހެލިކަމާއި ބިރުވެރިކަން ފިލައިގޮސް، ފިނި ހަމަޖެހުމެއް ވެރިވިއެވެ. މަރިޔަމްގެ ބަލި އެއްކޮށް ފަސޭހަވެ، އޭނާގެ ހަށިގަނޑަށް އަލުން ތާޒާކަން ވެރިވިއެވެ.
ފަތިސް ނަމާދުގެ ފަހުން އަނެއްކާވެސް އެ ގޭތެރެއިން ހެދިކާ ތެލުލާ އަޑާއި މީރުވަސް ދުވަން ފެށިއެވެ. ނަމަވެސް މިފަހަރު މަރިޔަމް އެކަންޏެއް ނޫނެވެ. ނަބީލްވެސް ގާތުގައި ހުރެގެން ސަމާސާކުރަމުން، މަންމައަށް އެހީތެރިވަމުން ދިޔައެވެ.
"މަންމާ، އަހަރެން މިއަދު އޮފީހަށް ގެންދަން ހަދަންވީ ކުޅިބޯކިބާ،" ނަބީލް ހިނިތުންވެލަމުން ބުންޏެވެ. މަރިޔަމްގެ މޫނުމަތިން ފެންނަމުން ދިޔައީ ފުރިހަމަ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ.
އިންސާނިއްޔަތުކަމާއި އަޅާލުމަކީ ކޮންމެ ގުޅުމެއްގެ މައިބަދައެވެ. އަމިއްލަ މައިންބަފައިންނަށް އިޙްތިރާމް ނުކުރާ މީހަކަށް، ދުވަހަކުވެސް ހަޤީޤީ ހަމަޖެހުމެއް ނުލިބޭނެއެވެ. މިއަދު ތިމާގެ މައިންބަފައިންނަށް ކުރާ ކޮންމެ އިހާނެތިކަމަކީ، މާދަމާ ތިމާގެ ދަރިންގެ ފަރާތުން އަމިއްލަ ނަފްސަށް ލިބޭނެ ބަދަލެކެވެ. ނަބީލްގެ ހަޔާތުން ހަނާން ވަކިވެދިޔަ ނަމަވެސް، އޭނާގެ ހިތް ވަނީ މައިވަންތަ ލޯބީގެ ބަރަކާތުން ފުރިފައެވެ. އެ ބާ ފޮށްޓަކީ މިއަދުވެސް އެ ގޭގެ ކަނެއްގައި ހުރި، އެންމެ އަގުބޮޑު ފިލާވަޅެވެ. އެއީ މައިމީހާގެ ޤުރުބާނީގެ ރަމްޒެވެ.

ކިޔުންތެރިންގެ ހިޔާލު