ފޮޓޯ: އެމްއެންޑީއެފް
ފޮޓޯ: އެމްއެންޑީއެފް
ޤައުމީ ޚިދުމަތުގެ ޕްރޮގްރާމްގެ 4 ވަނަ ބެޗުގައި ހިމެނޭ ތަމްރީނުވެރިން، ތަމްރީނުތައް ފުރިހަމަކުރުމަށްޓަކައި ޅ. މާފިލާފުށީގައި ހުންނަ އެމް.އެން.ޑީ.އެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރަށް މިއަދު ފުރައިފިއެވެ. މި ބެޗުގެ ރަސްމީ ތަމްރީނުތައް މިއަދު، 13 އޮކްޓޫބަރު 2026 ގައި ވަނީ ރަސްމީކޮށް ފެށިފައެވެ.

މި ފަހަރުގެ ބެޗުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ 126 ރަށަކުން ހޮވާލެވުނު ޖުމްލަ 351 ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 287 ފިރިހެން ދަރިވަރުންނާއި 64 އަންހެން ދަރިވަރުންނެވެ.

ޖުމްލަ 14 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ޒުވާނުންގެ ކިބައިގައި ޤައުމިއްޔަތުގެ ރޫޙާއި، މާތްވެގެންވާ އިސްލާމްދީނަށް ލޯބިކުރުމުގެ މަތިވެރި ސިފަ އަށަގެންނެވުމެވެ. މީގެއިތުރުން އަޚްލާޤާއި ސުލޫކު ހެޔޮގޮތުގައި ބައްޓަންކޮށް، ދިވެހިރާއްޖެއަށް ދިމާވާ އެކިއެކި ކާރިސާތަކާއި ނުރައްކާތަކުގައި ޤައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ޤާބިލު އަދި ހުށިޔާރު ޖީލެއް ބިނާކުރުމަކީވެސް މި ޕްރޮގްރާމުގެ މުހިންމު ލަނޑުދަނޑިއެކެވެ.

މި ތަމްރީނު ފުރިހަމަކުރާ ދަރިވަރުންނަށް ތަފާތު 5 ދާއިރާއަކުން ޚާއްޞަ ސަނަދުތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ ފުރިހަމަކުރިކަމުގެ ސެޓްފިކެޓް (ހުރިހާ ދަރިވަރުންނަށް)

ސެޓްފިކެޓް 3 އިން ސިވިކް އެޑިއުކޭޝަން އެންޑް ލީޑަރޝިޕް (ޝަރުޠު ހަމަވާ ދަރިވަރުންނަށް)

ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ ސެޓްފިކެޓް

ބޭސިކް ފަސްޓް އެއިޑް ސެޓްފިކެޓް

ޕިއަރ އެޑިއުކޭޝަން ޓްރޭނިންގ ޕްރޮގްރާމް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް

ރައީސް މިހެން ވިދާޅުވެފައިވާއިރު، ޤައުމީ ޚިދުމަތުގެ ޕްރޮގްރާމަކީ ސްކޫލް ދައުރުގައި ރަނގަޅު ނަތީޖާ ނުނެރެވޭ ޒުވާނުންނަށް ފުރުސަތެއް ދިނުމުގެ އިތުރުން ސަލާމަތީ ޚިދުމަތްތައް ކުރިއެރުމަށް ކޮންމެ އަހަރަކު ސިފައިންގެއަށް 1،000 މީހުން ރެކްރޫޓް ކުރުމުގެ ގޮތުން ކުރިއަށްގެންދާ ޚާއްސަ ޕްރޮގްރާމެކެވެ.



ކިޔުންތެރިންގެ ހިޔާލު