ރާއްޖެއިން ބޭރުގެ އޮންލައިން ޕްލެޓްފޯމްތަކުން ވިޔަފާރިކުރުމުގައި ދިވެހިންނަށް ދިމާވި ގޮންޖެހުންތަކަށް ހައްލު ހޯދައިދެވިފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެފަދަ ދަތިތަކާ ކުރިމަތިލާން ނުޖެހޭނެ ކަމުގެ ޔަގީންކަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ޑޮލަރުގެ ދަތިކަމާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ކުރިމަތިވި ހާލަތުން އަރައިގަތުމަށް އެ ބޭންކުން ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، ކަންކަން ރަނގަޅަށް ބަލަހައްޓާފައިވާ ކަމަށެވެ. އެގޮތުން، އީ-ކޮމާސްގެ މުއާމަލާތްތައް ހިންގުމަށް ކަސްޓަމަރުންނަށް ދިމާވި ހުރަސްތައް މިހާރު ކާމިޔާބުކަމާއެކު ހައްލުކުރެވިފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ހާމަކުރެއްވި ގޮތުގައި، ވިޔަފާރިތަކަށް ބޭނުންވާ ޓީޓީ ހަދައިދިނުމާއި ބޭރު ފައިސާ ދޫކުރުމުގެ އިންތިޒާމުތައް ކުރިން އޮތް އާންމު ހާލަތަށް ގެނައުމަށްޓަކައި ބޭންކުން މިހާރު އަންނަނީ ވަރަށް ބާރުމިނުގައި މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މި ބަދަލުތަކާއެކު، މާލީ މުއާމަލާތްތައް ހިންގުމުގައި ކުރިން ދިމާވި ފަދަ ދަތި ހާލަތެއް ދެން ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން ބީއެމްއެލް އިން ދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖެއަށް މިފަދަ ބޭރު ފައިސާގެ ތާށިކަމެއް ކުރިމަތިވާން މެދުވެރިވި ސަބަބު ބަޔާންކޮށްދެއްވަމުން ސައީދު ވިދާޅުވީ، މިއީ ފާއިތުވި ސަރުކާރުތަކުން ނަގާފައިވާ 1.4 ބިލިއަން ޑޮލަރުގެ ބޮޑު ދަރަނި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން ދައްކަން ޖެހުމުން ދިމާވި ހާލަތެއް ކަމަށެވެ. މީގެ އިތުރުން، އެ ދަރަނީގެ ބޮޑު ބަޔަކީ ގައުމުގެ އިގްތިސާދަށް އެއްވެސް ކުރިއެރުމެއް ނުލިބޭ، އަދި އާމްދަނީ އުފެއްދުމުގެ ގާބިލުކަން ނެތް ކަންކަމަށް ނަގާފައިވާ ލޯނުތަކަކަށް ވުމުން، ދައުލަތަށް އާމްދަނީ އިތުރުކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު