އިންޑިއާގެ އިލެކްޝަން ކޮމިޝަނާއި (އީސީއައި) އެ ކޮމިޝަނުގެ ޗީފް އިލެކްޝަން ކޮމިޝަނަރު (ސީއީސީ) ގްޔާނޭޝް ކުމާރާ ދެކޮޅަށް، އެ ގައުމުގެ އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން ފަށާފައިވާ ވަރުގަދަ އިހުތިޖާޖުތަކާއެކު، މުޅި އިންޑިއާގެ ސިޔާސީ މަސްރަހު އިންތިހާއަށް ހޫނުވެ، ސަލާމަތީ ނުތަނަވަސްކަމެއް އުފެދިއްޖެއެވެ.
މައި އިދިކޮޅު ޕާޓީ ކަމަށްވާ ކޮންގްރެސް އާއި، "އިންޑިއާ" ކޯލިޝަންގެ އިތުރުން ސީޖޭޕީ ގުޅިގެން ކުރިއަށްގެންދާ މި މުޒާހަރާތައް ފެށިގެން ދިޔައީ، އިލެކްޝަން ކޮމިޝަނުން ކުރިއަށްގެންދާ "ސްޕެޝަލް އިންޓެންސިވް ރިވިޝަން" (އެސްއައިއާރު) ޕްރޮގްރާމާ ގުޅިގެންނެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، ވޯޓަރުންގެ ލިސްޓަށް ބަދަލު ގެނައުމުގެ ނަމުގައި ކޮމިޝަނުން ދަނީ މަކަރާއި ހީލަތް ހަދައި، އެތައް މިލިއަން އާންމު ރައްޔިތުންނެއްގެ ވޯޓުލުމުގެ އަސާސީ ހައްގު ނިގުޅައިގަނެ، އިންތިޚާބު އޮޅުވާލުމަށް ސީދާ މަސައްކަތްތަކެއް ކުރަމުންނެވެ.
މި ހަރަކާތްތައް ފުޅާވެ، ސީޖޭޕީގެ ބާނީ އަބިޖީތު ދިޕްކޭ އާއި އެ ޕާޓީގެ އިސް ވަފުދެއް ވެރިރަށް ދިއްލީއަށް ވަޑައިގަތުމާ ގުޅިގެން، ސަލާމަތީ ބާރުތަކުން ވަނީ އެއާޕޯޓު ސަރަހައްދު ބަންދުކޮށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އަދި ދިއްލީގެ އިތުރުން މުމްބާއީ އާއި ބެންގަލޫރު ފަދަ މައި ސިޓީތަކުން އިދިކޮޅު އިސް ލީޑަރުންނާއި އެކްޓިވިސްޓުން ހިމެނޭހެން 7,000 އަށްވުރެ ގިނަ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އޭގެ ތެރޭގައި މި ހަރަކާތްތައް ކަވަރުކުރަމުންދިޔަ ބައެއް ނޫސްވެރިންވެސް ހިމެނެއެވެ.
މަސްރަހު އިތުރަށް ގޯސްވެގެން ދިޔައީ، އިދިކޮޅު ލީޑަރު ރާހުލް ގާންދީ، ކޮންގްރެސްގެ ރައީސް މައްލިކާރުޖުން ޚަރްގޭ، ސަމާޖްވާދީ ޕާޓީގެ ރައީސް އަޚިލޭޝް ޔާދަވް އަދި ރާޝްޓްރީޔާ ޖަނަތާ ދާލްގެ ތޭޖަސްވީ ޔާދަވް އިސްވެ ހުންނަވައި، ސުޕްރީމް ކޯޓާ ދިމާލަށް ބޮޑު މާޗެއް ފެއްޓެވުމުންނެވެ. ސަލާމަތީ ބާރުތަކުން މަގުތަކުގައި ބެރިކޭޑް ޖަހައި ހުރަސްއެޅި ނަމަވެސް، އިދިކޮޅު ލީޑަރުން ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވާފައެވެ. އެ ބޭފުޅުން ގޮވާލައްވަނީ އިލެކްޝަން ކޮމިޝަނުގެ އަމަލުތައް މިނިވަން ކޮމިޓީއަކުން ތަހުގީގުކުރުމަށާއި، ޗީފް އިލެކްޝަން ކޮމިޝަނަރު ގްޔާނޭޝް ކުމާރު ވަގުތުން މަގާމުން އިސްތިއުފާ ދެއްވުމަށެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން ނިއު ދިއްލީގެ ސަލާމަތީ ފިޔަވަޅުތައް ވަނީ އިންތިހާއަށް ވަރުގަދަކޮށްފައެވެ. އެގޮތުން، އާންމުކޮށް އިހުތިޖާޖުކުރުމަށް މަޝްހޫރު ޖަންތަރު މަންތަރު ސަރަހައްދުގައި އެއްވުންތައް ބޭއްވުން މަނާކޮށް، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ. އަދި މުޒާހަރާތައް ރާމްލީލާ މައިދާން ފަދަ ތަންތަނަށް ބަދަލުކުރަން ފުލުހުން އެންގި ނަމަވެސް، އިދިކޮޅު އިއްތިހާދުގެ ވިސްނުން ހުރީ ދޫދޭ ގޮތަކަށް ނޫނެވެ. އިދިކޮޅު ފަރާތްތަކުން ސާފު ބަހުން ބުނަމުންދަނީ، ސީއީސީ އިސްތިއުފާ ނުދެއްވަނީސް އަދި ވޯޓާސް ލިސްޓުގެ ސައްހަކަން ކަށަވަރުނުވަނީސް، ފަށާފައިވާ މި އިހުތިޖާޖީ ހަރަކާތްތައް ހުއްޓައިނުލާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު