އެމްޕީއެމް މުވައްޒަފުން މުދާ ކްލިއާ ކުރަނީ. ފޮޓޯ: އެމްޕީއެލް
އެމްޕީއެމް މުވައްޒަފުން މުދާ ކްލިއާ ކުރަނީ. ފޮޓޯ: އެމްޕީއެލް
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ރައްޔިތުންނަށް ދިރިއުޅުމަށް ބޭނުންވާ މުހިންމު ކާބޯތަކެތި ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މިދިޔަ ހަފުތާގައި ގިނަ އަދަދެއްގެ މުދާ ކްލިއަރކޮށްފައިވާކަން ހާމަކޮށްފިއެވެ. އެކުންފުނިން ބުނީ، މިދިޔަ ހަފުތާއެއްގެ ތެރޭގައި ޖުމުލަ 1594 ކޮންޓެއިނަރު މުދާ ކްލިއަރކޮށްފައިވާ ކަމަށާއި، އޭގެތެރެއިން އެންމެ ގިނައީ ބިހާއި ފިޔާ ފަދަ އަސާސީ ކާބޯތަކެތި ކަމަށެވެ.

އެމްޕީއެލްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން، މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހާ ހަމައަށް، ކޮންޓެއިނަރު އުފުލާ ބޯޓުފަހަރުގެ 1223 ކޮންޓެއިނަރާއި، އާންމު މުދާ އުފުލާ ބޯޓުފަހަރުގެ 371 ކޮންސައިންމަންޓްސް ހިމެނޭގޮތަށް ޖުމްލަ 1594 ކޮންޓެއިނަރު ކްލިއަރކޮށް، ރާއްޖޭގެ ބާޒާރަށް ނެރެވިފައިވެއެވެ.

މި މުއްދަތުގެ ތެރޭގައި، މާލޭ ވިޔަފާރި ބަނދަރުން ޖުމްލަ 44,181.43 ޓަނުގެ މުދާ ވަނީ ކްލިއަރކޮށްފައެވެ. އޭގެތެރެއިން، ކޮންޓެއިނަރު އުފުލާ ބޯޓުފަހަރުން 40,672.84 ފްރައިޓް ޓަނުގެ މުދަލާއި، އާންމު މުދާ އުފުލާ ބޯޓުފަހަރުން 3,508.59 ފްރައިޓް ޓަނުގެ މުދާ ހިމެނެއެވެ.





މިދިޔަ ހަފުތާގެ ތެރޭގައި މާލޭ ވިޔަފާރި ބަނދަރަށް ޖުމްލަ 5 ބޯޓު ވަނީ އައިސްފައެވެ. އޭގެތެރޭގައި 2 ކޮންޓެއިނަރު ބޯޓާއި، 3 އާންމު މުދާ އުފުލާ ބޯޓު ހިމެނެއެވެ. ބަނދަރުން ފުރި އުޅަނދުތަކުގެ އަދަދު 9 އަށް އަރައެވެ. އެއީ 3 ކޮންޓެއިނަރު ބޯޓާއި، 6 އާންމު މުދާ އުފުލާ ބޯޓެވެ.

ކޮންޓެއިނަރުގެ އޮޕަރޭޝަންތަކަށް ބަލާއިރު، އެމްޕީއެލްއިން ވަނީ 1,932 ކޮންޓެއިނަރު ބޭލުމާއި، 1,514 ކޮންޓެއިނަރު ބޭރުކުރުން ހިމެނޭގޮތަށް ޖުމްލަ 3,446 އޮޕަރޭޝަން ހިންގާފައެވެ.

އަދި، މޭވާއާއި ތަރުކާރީ ފަދަ އަވަހަށް ހަލާކުވާ މުދަލުގެ 51,751 ޕެކޭޖު ވެސް މި ހަފުތާގެ ތެރޭގައި ކްލިއަރކޮށް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދީފައިވެއެވެ.

މި މުއްދަތުގެ ތެރޭގައި އެންމެ ގިނައިން ކްލިއަރކުރި މުހިންމު ކާބޯތަކެތީގެ ތެރޭގައި ހިމެނެނީ; 15,692 ކޭސް ބިހާއި، 10,410 ބަސްތާ ފިޔާ، 5,977 ކޭސް ކަރާ، 4,563 ބަސްތާ އަލުވި އަދި 3,077 ޓޮމާޓޯ ކޭހެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް