އެންމެ ހިންގުންތެރި ބޭންކުތަކުގެ ގޮތުގައި ދުނިޔޭގެ މަޝްހޫރު ވިޔަފާރީ މަޖައްލާ "ފޯބްސް"އިން ކަނޑައެޅި ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) ހިމެނިއްޖެއެވެ.
ފޯބްސްއިން އެކުލަވާލި ލިސްޓުގައި ދުނިޔޭގެ 89 ގައުމަކުން 500 ބޭންކު ހިމެނޭއިރު އެ ލިސްޓު އެކުލަވާލައިފައިވަނީ ބައިނަލްއަގުވާމީ މާކެޓް ރިސާޗު ފާމް ސްޓެޓިސްޓާއާ ގުޅިގެންނެވެ.
އެ ލިސްޓުގައި ބީއެމްއެލް ހިމެނުނީ އެ ބޭންކުގެ މާލީ ޕާފޯމަންސްއާއި ވިލުންތެރިކަމާއި އަދި ހިންގުމުގެ ކަންކަމަށް ބެލުމަށްފަހުއެވެ.
ފޯބްސްގެ ލިސްޓުގައި ބީއެމްއެލް ހިމެނުމަކީ ރާއްޖޭގެ ބޭންކިންގެ ސިނާއަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
އެ ކާމިޔާބީއާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ އެ ބޭންކުގެ ކަސްޓަމަރުންނަށް އިތުބާރާއެކު ހިދުމަތް ހޯދޭނެކަން އެނގިގެންގޮސްފައިވާ ކަމަށެވެ.
ބީއެމްއެލްއިން ބުނީ އެ ބޭންކުން ޓެކްނޮލޮޖީގައި އިންވެސްޓްކުރުން އިތުރަށް ކުރިއަށް ގެންގޮސް ބޭންކިން އިންފްރާސްޓްރަކްޗާ އިތުރަށް ކުރިއަށް ގެންދަން މަސައްކަތް ކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު