ނ. މަނަދޫ ފުޓްބޯޅަ ދަނޑުގައި ޒަމާނީ ފެންވަރަށް ލައިޓިން ސިސްޓަމް ހަރުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ރަސްމީކޮށް ހަވާލުކޮށްފިއެވެ.
މި މަޝްރޫޢަކީ ޖުމްލަ 2.2 މިލިއަން ރުފިޔާއަށް، 120 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށް އެމްޓީސީސީއާ ހަވާލުކުރެވުނު މަޝްރޫޢެކެވެ.މި އެއްބަސްވުމުގެ ދަށުން، ލައިޓިން ސިސްޓަމް ފުރިހަމައަށް ޤާއިމުކުރުމަށްޓަކައި ބިންގަނޑު ކޮނުމުގެ މަސައްކަތާއި، ޕޯސްޓްތަކުގެ ކޮންކްރީޓް މަސައްކަތުގެ އިތުރުން ވެލްޑިންގ އަދި ކަރަންޓު ވަޔަރިންގެ އެންމެހައި މަސައްކަތްތައް ކުރިއަށްދާނެއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު ނަވީޒްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދެވެ.
ނ. އަތޮޅުގެ ވެރިކަން ކުރާ މަނަދޫއަކީ 3,000 މީހުންގެ އާބާދީއެއް ދިރިއުޅެމުންދާ، އަދި އަތޮޅުގެ އެހެން ރަށްރަށުގެ ރައްޔިތުންވެސް އެކި ޚިދުމަތްތައް ހޯދުމަށް ބަރޯސާވާ މައި މަރުކަޒެކެވެ. އެގޮތުން އަތޮޅު ފެންވަރުގެ ކުޅިވަރު މުބާރާތްތައްވެސް އެ ރަށުގައި ބާއްވަމުން އަންނައިރު، މި ލައިޓިން ސިސްޓަމް ގާއިމު ކުރެވުމާއެކު ރަށުގެ އަދި މުޅި އަތޮޅުގެ ޒުވާނުންނަށް ރޭގަނޑުވެސް ކުޅިވަރު ކުޅުމުގެ ފުރުސަތު ތަނަވަސްވެ، ކުޅިވަރުގެ ދާއިރާއިން އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
މި މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފައިވާއިރު، އެކުންފުނިން ވަނީ ވޭތުވެދިޔަ 45 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ގިނަ ތަރައްޤީގެ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ނިންމައި، ރައްޔިތުންގެ އިތުބާރު ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު