ޑޮލަރުން އަނބުރާ ދައްކާ ގޮތަށް ކުޑަ އިންޓަރެސްޓް ރޭޓެއްގައި "ޔޫއެސްޑީ ރިޕޭއަބަލް ގެސްޓްހައުސް ފައިނޭންސިން" ގެ ނަމުގައި އާ ފެސިލިޓީއެއް އެސްއެމްއީ ޑިޖިޓަލް އިން މިއަދު ތައާރަފުކޮށްފިއެވެ.
ސްއެމްއީ ޑިޖިޓަލްއިން ބުނީ މި ފެސިލިޓީ ފަރުމާކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ޑޮލަރުން ލިބޭ އާމްދަނީއާ އެއްގޮތްވާ ގޮތުގެ މަތިން ފައިނޭންސް އަނބުރާ ދެއްކުމުގެ ފުރުސަތު ފަހިކޮށްދީ، ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ފަތުރުވެރިކަމުން ލިބޭ އާމްދަނީ ދައުރުކުރާ މިންވަރު އިތުރުކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.
ޔޫއެސް ޑޮލަރުން އަނބުރާ ދައްކާ ގޮތަށް ތައާރަފު ކޮށްފައިވާ މި ފެސިލިޓީއަށް ކަނޑައަޅާފައިވަނީ 7.5 އިންސައްތައިގެ އިންޓަރެސްޓެކެވެ. މިއީ ގެސްޓްހައުސް ވިޔަފާރިތަކަށް އިތުރަށް އިންވެސްޓްކޮށް ވިޔަފާރި ފުޅާކުރުމަށް ލިބިގެންދާ ލުއިފަސޭހަ ފުރުސަތެއް ކަމަށް އެސްއެމްއީ ޑިޖިޓަލް ބުންޏެވެ.
މިފެސިލިޓީ މެދުވެރިކޮށް ދިހަ މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރުމަށް ހަމަޖެހިފައިވާ އިރު، ފައިސާ އަނބުރާ ދެއްކުމަށް 18 މަސްދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު ޖުމްލަ 15 އަހަރުގެ މުއްދަތެއް ލިބޭނެއެވެ.
އެސްއެމްއީ ޑިޖިޓަލް އިން ބުނީ އާ ގެސްޓުހައުސްތައް އިމާރާތް ކުރުމަށާއި މިހާރު ހިނގަމުން އަންނަ ގެސްޓްހައުސްތައް ފުޅާކުރުމަށާއި އިމާރާތްތައް މަރާމާތުކޮށް ޒަމާނީ ކުރުމަށާއި ލޯކަލް ޓުއަރިޒަމަށް އެހީތެރިވެދޭ ހިދުމަތްތައް ތަރައްގީކުރުމަށާއި ވޯކިން ކެޕިޓަލް ހަމަޖެއްސުމުގެ އިތުރުން ޓެކްނޮލޮޖީގެ އާ އީޖާދުތައް ތައާރަފު ކުރުމަށް މި ފައިނޭންސިން ބޭނުންކުރެވޭނެ ކަމަށެވެ.
ޔޫއެސްޑީ ރިޕޭއަބަލް ގެސްޓްހައުސް ފައިނޭންސިންއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އެސްއެމްއީ ޑިޖިޓަލްގެ ރަސްމީ ވެބްސައިޓުގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު