ވިއެޓްނާމުގެ މަޝްހޫރު އެއާލައިނެއް ކަމަށްވާ ވިއެޓްޖެޓުން، ދިވެހިރާއްޖެ ހިމެނޭހެން ތިން މަންޒިލަކަށް އަލަށް ދަތުރުތައް ފެށުމަށް ނިންމައި، ޚާއްޞަ އަގުތަކެއްގައި ޓިކެޓު ވިއްކަން ހުޅުވާލައިފިއެވެ.
މި އަހަރުގެ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހުން ފެށިގެން ފެށުމަށް ހަމަޖެހިފައިވާ މި ދަތުރުތަކުގައި، ވިއެޓްނާމުގެ ހޯ ޗީ މިން ސިޓީ އާއި މާލެއާ ދެމެދު ހަފްތާއަކު ތިން ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ކޮންމެ ހަފްތާއެއްގެ ވެސް އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ. މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ އެ އެއާލައިންގެ އެއާބަސް އޭ320 މަރުކާގެ މަތިންދާބޯޓުގައެވެ.
ރާއްޖޭގެ އިތުރުން ވިއެޓްޖެޓުން ދަތުރުތައް ފަށަން ނިންމާފައިވަނީ ކަޒަކިސްތާނާއި ޗެކް ރިޕަބްލިކަށެވެ. ވިއެޓްނާމަކީ ފަހަކަށް އައިސް ޗުއްޓީ ހޭދަކުރުމަށް ދިވެހިންގެ މެދުގައި ވެސް ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ މަންޒިލެކެވެ.
މި އައު މަންޒިލުތަކަށް ދަތުރުތައް ފެށުމުގެ މުނާސަބަތުގައި އެ އެއާލައިނުން ވަނީ ވަރަށް ޚާއްޞަ ޕްރޮމޯޝަނެއް އިއުލާނުކޮށްފައެވެ. އެގޮތުން ޓެކްސް އާއި ފީތައް ނުހިމެނޭހެން 0 ޑޮންގަށް (ހިލޭ) ވިއްކާ ޓިކެޓުތަކެއް ވަނީ އިއުލާނުކޮށްފައެވެ. "އިކޯ ޓިކެޓު" ގެ ގޮތުގައި ވަކި އަދަދަކަށް ވިއްކާ މި ޓިކެޓުތައް ގަންނަ ފަސިންޖަރުން ދައްކަން ޖެހޭނީ ހަމައެކަނި ޓެކްސް އަދި ފީއަށް އަރާ މިންވަރެވެ. މި އަގުގައި އެ އެއާލައިނުން ވިއެޓްނާމްގެ އެތެރޭގެ އުދުހުންތަކަށާއި، ބައިނަލްއަގުވާމީ ހުރިހާ މަންޒިލަކަށް ވެސް ކަނޑައެޅިފައިވާ ވަކި އަދަދަކަށް ޓިކެޓު ވިއްކާނެ ކަމަށް އެ އެއާލައިނުން މައުލޫމާތުދެއެވެ.
މީގެއިތުރުން، 20 އިންސައްތައިގެ ޑިސްކައުންޓާއެކު އެ އެއާލައިނުގެ ޑިލަކްސް ޓިކެޓުތައް ވެސް ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. ވިއެޓްޖެޓުން ބުނީ މި ޚާއްޞަ އަގުތަކުގައި ޓިކެޓު ވިއްކުން މާދަމާއިން ފެށިގެން މި ހަފްތާގެ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.
މި އައު ދަތުރުތަކުގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، ދިވެހިންނަށް ފަސޭހަކަމާއި އަގުހެޔޮކޮށް ވިއެޓްނާމަށް ދަތުރުކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވިއެޓްޖެޓުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު