ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ސިއްހީ ހާލުކޮޅު ގޯސްވެ، ޖަލުން މިނިވަންކުރުމަށް ގޮވާލައި އެމަނިކުފާނުގެ ސަޕޯޓަރުން ބޮޑު މުޒާހަރާގެ ހިނގާލުމެއް އިއްޔެ ފަށައިފިއެވެ.
ޕާކިސްތާނުގެ އުތުރު-ހުޅަނގު ސަރަހައްދުން ފެށި މި ހިނގާލުމުގައި އިމްރާން ޚާންގެ "ޕާކިސްތާން ތަހްރީކޭ އިންސާފު" (ޕީޓީއައި) ޕާޓީގެ 5،000 އަށްވުރެ ގިނަ ސަޕޯޓަރުން ވަނީ ބައިވެރިވެފައެވެ.
އުމުރުފުޅުން 74 އަހަރުގެ އިމްރާން ޚާންގެ ސިއްހީ ހާލުކޮޅާމެދު ކަންބޮޑުވުންތައް އިތުރުވެފައިވާއިރު، ޖަލުގެ ކަމާބެހޭ ފަރާތްތަކުން އެކަށީގެންވާ ފަރުވާ ނުދިނުމުގެ ސަބަބުން އެމަނިކުފާނުގެ ކަނާތުގެ ފެނުން ގާތްގަނޑަކަށް މުޅިން ގެއްލިފައިވާ ކަމަށް އާއިލާއިން ވަނީ ތުހުމަތުކޮށްފައެވެ.
ކޮރަޕްޝަނުގެ ގިނަ ދައުވާތަކެއްގައި 17 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ އިމްރާން ޚާން ވިދާޅުވާ ގޮތުގައި، އެމަނިކުފާނާ ދެކޮޅަށް އުފުލާފައިވާ 100 އަށްވުރެ ގިނަ މައްސަލައަކީ ސިޔާސީ މަގުސަދެއްގައި އުފުލާފައިވާ ދޮގު ދައުވާތަކެކެވެ.
ލައްކީ މަރުވަތު ސިޓީން ފެށި މި ހިނގާލުން ކުރިއަށްދާއިރު، ސަރުކާރާއި ޕީޓީއައިއާ ދެމެދު ކުރިއަށްދިޔަ މަޝްވަރާތައް ވަނީ ނަތީޖާއެއް ނުނިކުމެ ނިމިފައެވެ.
ޕީޓީއައިއިން ބުނި ގޮތުގައި މަޝްވަރާތައް ނާކާމިޔާބުވީ އިމްރާން ޚާންގެ ސިއްހީ ހާލުކޮޅު ބެލުމަށް އަމިއްލަ ހޮސްޕިޓަލެއްގެ ޑޮކްޓަރުންނަށް ފުރުސަތު ދިނުމަށާއި، ޕާޓީގެ ލީޑަރުންނަށް އެމަނިކުފާނާ ބައްދަލުކުރުމުގެ ފުރުސަތު ދިނުމަށް ސަރުކާރުން ދެކޮޅު ހެދުމުންނެވެ. ނަމަވެސް، ސަރުކާރުން ވަނީ އިމްރާން ޚާންގެ ސިއްހީ ހާލުކޮޅު ރަނގަޅު ކަމަށް ބުނެފައެވެ.
ޚައިބަރު ޕަޚްތޫންޚްވާ ޕްރޮވިންސްގެ ޗީފް މިނިސްޓަރު ސުހައިލް އަފްރީދީ ވިދާޅުވި ގޮތުގައި، މި ހިނގާލުން ކުރިއަށް އޮތް ދުވަސްތަކުގައި ގައުމުގެ އެކި ކަންކޮޅުތަކަށް ފެތުރިގެންދާނެއެވެ. ސަޕޯޓަރުން ވެރިރަށް އިސްލާމާއާބާދަށް މިސްރާބު ޖަހާފާނެ ކަމުގެ ބިރު ބޮޑުވުމުން، ސަރުކާރުން ވަނީ ކޮންޓޭނަރުތައް ބޭނުންކޮށްގެން އިސްލާމާއާބާދަށް ވަންނަ މައި މަގުތައް ބަންދުކޮށްފައެވެ.
2018 އިން 2022 އަށް ޕާކިސްތާނުގެ ބޮޑުވަޒީރުކަން ކުރެއްވި ކުރީގެ ކްރިކެޓް ތަރި އިމްރާން ޚާން 2023 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ހުންނެވީ ޖަލުގައެވެ.
އެމަނިކުފާނު ހައްޔަރުކުރުމާ ގުޅިގެން ކުރިން ހިންގި ހަންގާމާތަކުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައި އަށް މީހަކު މަރުވެފައިވާއިރު، މިހާރުވެސް ދުނިޔޭގެ މަޝްހޫރު ކުރީގެ ކްރިކެޓް ކެޕްޓަނުން ދަނީ އިމްރާން ޚާންއަށް އެކަށީގެންވާ ސިއްހީ ފަރުވާ ދިނުމަށް ޕާކިސްތާނުގެ ސަރުކާރަށް ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު