ނައިޖީރިއާގެ ވައިގެ ސިފައިންގެ (އެއާ ފޯސް) ATR-42 މަރުކާގެ އަސްކަރީ ބޯޓެއް، ރޭޑާރުން ގެއްލުމަށްފަހު އޮންޑޯ ސްޓޭޓްގެ އިގްބޯކޯޑާ ސަރަހައްދަށް ވެއްޓިއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ބެނިން ސިޓީން ފުރައިގެން ލާގޯސްއަށް ދަތުރުކުރަމުން ދަނިކޮށެވެ. ކަމާބެހޭ އޮފިޝަލުން މައުލޫމާތު ދެއްވި ގޮތުގައި، މި ބޯޓާ އޮތް މުވާސަލާތީ ގުޅުން ކެނޑިފައިވަނީ ހެނދުނު 9:13 ހާއިރުއެވެ. ގުޅުން ކެނޑުމާ ގުޅިގެން ބޯޓު ހޯދުމަށް ކުރި މަސައްކަތުން، އޭގެ ބައިތައް ފެނިފައިވަނީ އިގްބޯކޯޑާގައި ހުންނަ ނޭވަލް ބޭސް ކައިރިންނެވެ.
މި ހާދިސާއާ ގުޅިގެން، ކުއްލި ހާލަތުގައި މީހުން ސަލާމަތްކުރުމަށް ހަރަކާތްތެރިވާ ޓީމުތަކުން މިހާރު ވަނީ އެ ސަރަހައްދުގައި 'ސާޗް އެންޑް ރެސްކިއު'ގެ ވަރުގަދަ އޮޕަރޭޝަނެއް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު