ފޮޓޯ: އެމްޓީސީސީ
ފޮޓޯ: އެމްޓީސީސީ
ގއ. ކޫއްޑޫގައި ކުރިއަށްގެންދާ ޕްރީފެބްރިކޭޓެޑް އިމާރާތް އެޅުމުގެ މަޝްރޫޢުގެ މަސައްކަތުގެ 66 އިންސައްތަ ނިމިއްޖެ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހާމަކުރަމުން ބުނެފައިވަނީ، ކޫއްޑޫގެ ޕްރީފެބްރިކޭޓެޑް ބިލްޑިންގ އިންސްޓޮލޭޝަން މަޝްރޫޢުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ޓޭންކުތަކާއި ޕަމްޕް ސެޓްގެ ފައުންޑޭޝަން ކޮންކްރީޓް ކުރުމުގެ މަސައްކަތްތަކެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫޢުގެ ޖުމްލަ 66 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށެވެ.

ކޫއްޑޫގައި މިފަދަ ޒަމާނީ ޕްރީފެބްރިކޭޓެޑް އިމާރާތެއް ޤާއިމުކުރުމުގެ މައިގަނޑު މަޤްޞަދަކީ އެ ރަށުގައި މަސްވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، މިފްކޯގެ އޮޕަރޭޝަންތަކަށް ބޭނުންވާ ޖާގައާއި ވަސީލަތްތައް ފަހިކޮށްދިނުމެވެ.

އެމްޓީސީސީން ބުނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށްޓަކައި މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް