ގދ. ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅީ ގާނޫނާ ޚިލާފަށް ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، އެ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް އުފުލާފައިވާ ދައުވާތަކުން ދިފާއުވުމަށް ގާނޫނީ ވަކީލަކު އައްޔަނުކުރުމަށް ކޯޓުން މިއަދު 10 ދުވަހުގެ މުއްދަތެއް ދީފިއެވެ.
މިއަދު ހެނދުނު ބޭއްވި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މޭޔަރު ސައުދުގެ މައްޗަށް މައިގަނޑު ދެ ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާއާއި، ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާއެވެ.
ދައުލަތުން ކޯޓަށް ހުށަހެޅި ދައުވާގައި ބަޔާންކޮށްފައިވަނީ، ތިނަދޫގެ އާބާދީގައި 10،000 މީހުން ހަމަވާކަން ދެއްކުމަށްޓަކައި، މަރުވެފައިވާ މީހުންނާއި ސައްހަ ނޫން މައުލޫމާތު ހިމެނޭ ލިސްޓުތަކެއް ސައުދު ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ފޮނުއްވާފައިވާ ކަމަށެވެ. މީގެއިތުރުން، މި މައްސަލައިގައި ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގަށް އެ މައުލޫމާތު ހިއްސާނުކޮށް، އެފަދަ އެއްވެސް މައުލޫމާތެއް ރިކޯޑު ކުރެވިފައި ނެތް ކަމަށް ބުނެ ސައުދު ފުލުހުންނަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށްވެސް ދައުވާގައި ފާހަގަކޮށްފައިވެއެވެ.
ނަމަވެސް، މޭޔަރު ސައުދު އަލީ ވަނީ އޭނާގެ މައްޗަށް ކުރެވޭ މި ހުރިހާ ތުހުމަތުތަކެއް ދޮގުކުރަށްވާފައެވެ. ސައުދު ވިދާޅުވީ، މިއީ ސިޔާސީ ނުފޫޒު ބޭނުންކޮށްގެން އޭނާ މޭޔަރުކަމުގެ މަގާމުން ދުރުކުރުމަށްޓަކައި ބަޔަކު އަޑީގައި ތިބެގެން ކުރިއަށްގެންދާ ތާކުންތާކު ނުޖެހޭ ސިޔާސީ މަސައްކަތެއް ކަމަށެވެ.
މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ މޭޔަރު ސައުދަށް ވަކީލަކު އައްޔަނުކުރުމަށް ދިން 10 ދުވަހުގެ މުއްދަތު ހަމަވުމުންނެވެ.
ސަޢުދަށް އުފުލާފައިވާ ދެ ދަޢުވާ ސާބިތުވެއްޖެނަމަ އަސާސީ އަދަބެއްގެ ގޮތުން ޖުމުލަ 2 އަހަރާއި 1 މަސްދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. އެގޮތުން، އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށަށް 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅިފައިވާއިރު، ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހަށް ޖަލަށްލުމެވެ.
މި މައްސަލާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ޚާއްސަ ޓީމެއް ތިނަދުއަށްގޮސް، ކައުންސިލް އިދާރާގެ ބައެއް މުވައްޒަފުންގެ ބަޔާންވެސް ނަގާފައިވެއެވެ. އަދި އޭސީސީގެ ޓީމަކުން ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާއަށް ވަދެ، އެ ތަން ފާސްކޮށް މައްސަލައާ ގުޅުންހުރި ބައެއް މުހިންމު ލިޔެކިޔުންތައް ވެސް ވަނީ ތަހުޤީޤުގެ ބޭނުމަށް ގެންގޮސްފައެވެ.
މި މައްސަލައަކީ ތިނަދޫ ސިޓީއަކަށް ބަދަލުކުރީ ގާނޫނީ އިޖުރާއަތްތަކާ ޚިލާފަށް ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ 2024 ވަނަ އަހަރު މަޖިލީހަށާއި ލޯކަލް ގަވާމެންޓް އޮޓޯރިޓީ (އެލްޖީއޭ) އަށް ހުށަހެޅުއްވި މައްސަލައެކެވެ. މެންބަރު ސައުދުﷲ ތުހުމަތު ކުރަށްވާފައިވަނީ، ތިނަދޫގެ އާބާދީގައި 10،150 މީހުން ހަމަވާ ކަމަށް ދައްކުވާފައިވަނީ ހަގީގަތާ ޚިލާފަށް އޮޅުވާލައިގެން ކަމަށެވެ.
ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ރަސްމީކޮށް ދެއްވީ 30 އޮގަސްޓް 2023 ގައި ކުރީގެ ރައީސް ޞާލިޙެވެ. ނަމަވެސް، ވެރިކަން ބަދަލުވުމަށްފަހު މިހާރުގެ ސަރުކާރުންވެސް ވަނީ ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ބޭއްވުމަށް ނިންމަވައިފައެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ބަޔާން ކޮށްފައިވަނީ ރަށަކަށް ސިޓީއެއްގެ ދަރަޖަ ދެވެނީ އެ ރަށެއްގެ ރަޖިސްޓްރީވެފައިވާ އާބާދީ 10،000 (ދިހަހާސް) އަށް ވުރެ މަތިވުމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު