ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުން ފެއްޓެއްވި ސްކޫލް ކުދިންގެ ނާސްތާ ޕްރޮގްރާމްއަށް ބިނާކޮށް ޓެމިލްނާޑޫގެ ކުރީގެ ޗީފް މިނިސްޓަރު އެމްކޭ ސްޓާލިންގެ ސަރުކާރުން ތައާރަފުކުރި ހެނދުނުގެ ނާސްތާ ޕްރޮގްރާމް ހުއްޓާނުލައި، އެ ސްކީމް އިތުރަށް ފުޅާކޮށް އައު ނަމެއްގެ ދަށުން ކުރިއަށް ގެންދިއުމަށް މިހާރުގެ ޗީފް މިނިސްޓަރު ވިޖޭ ނިންމަވައިފިއެވެ.
"ޕެރުންތަލައިވަރު ކާމަރާޖަރު ބްރެކްފާސްޓް ސްކީމް" ގެ ނަމަށް ބަދަލުކޮށް، ޗެންނާއީ ސެންޓްރަލް ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވިޖޭ ވަނީ މި ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވައި، ދަރިވަރުންނަށް އަމިއްލަފުޅަށް ނާސްތާ އަޅުއްވައިދެއްވާފައެވެ.
2022 ވަނަ އަހަރު ސްޓާލިންގެ ސަރުކާރުން ޕްރައިމަރީ ގްރޭޑްތަކަށް ހާއްސަކޮށްގެން ފެށި "ޗީފް މިނިސްޓާސް ބްރެކްފާސްޓް ސްކީމް" ވިޖޭގެ ސަރުކާރުން މިހާރު ވަނީ ގްރޭޑް އަށަކާ ހަމައަށް ތައުލީމު ހާސިލްކުރާ ދަރިވަރުންނަށް ވެސް ލިބޭ ގޮތަށް ބަދަލުކޮށްފައެވެ.
މި ބަދަލާއެކު ސަރުކާރާއި ސަރުކާރުގެ އެހީ ލިބޭ 15،454 ސްކޫލަކުން އިތުރު 1.5 މިލިއަން ދަރިވަރުންނަށް މި ސްކީމުގެ ފައިދާ ލިބޭނެއެވެ. އަދި އިތުރު 217.63 ކްރޯޑް ރުޕީސް ހިމަނައިގެން، މި ޕްރޮގްރާމަށް ޖުމްލަ 724 ކްރޯޑް ރުޕީސް ސަރުކާރުން ހޭދަކުރާނެއެވެ.
މި ޕްރޮގްރާމަށް ކޮންގްރެސްގެ ކުރީގެ ލީޑަރު އަދި ޓެމިލްނާޑޫގެ ކުރީގެ ޗީފް މިނިސްޓަރު ކޭ ކާމަރާޖުގެ ނަންފުޅަށް ނިސްބަތްކޮށް ނަން ބަދަލުކުރުމާ ގުޅިގެން އިދިކޮޅު ޑީއެމްކޭއިން ވަނީ ފާޑުކިޔާފައެވެ.
ޑީއެމްކޭގެ ތަރުޖަމާނު ޓީކޭއެސް އިލަންގޯވަން ވިދާޅުވީ، ވިޖޭގެ ސަރުކާރުން އަމިއްލައަށް ކަމެއް ކުރުމުގެ ބަދަލުގައި ކުރަނީ ކުރީ ސަރުކާރުން ފެށި މަޝްރޫއުތަކުގެ ނަން ބަދަލުކުރުން ކަމަށެވެ.
ނަމަވެސް ވިޖޭގެ ޕާޓީ (ޓީވީކޭ) ގެ ތަރުޖަމާނު އެމެރިކައި ނާރާޔަނަން ވިދާޅުވީ، މުހިންމީ ރައްޔިތުންނަށް ލިބޭ ފައިދާ ކަމަށާއި، ތައުލީމީ ދާއިރާގައި ކާބޯތަކެތި ދިނުމުގެ ބާނީއަކީ ކާމަރާޖު ކަމަށްވާތީ އެ ނަން ދިނުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ސްކޫލް ކުދިންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ސަބަބުން ކުދިން ބަނޑުހައިކަމުގައި ތިބުން ހުއްޓުމަކަށް އައިސް، ކިޔެވުމަށް ސަމާލުކަން ދެވި، ސްކޫލަށް ހާޒިރުވާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
މީގެއިތުރުން، ވިޖޭގެ ސަރުކާރުން އަންނަނީ ކުޑަކުދިންނާއި އަންހެނުންނަށް ހާއްސަކޮށްގެން ގިނަ ވެލްފެއާ ޕްރޮގްރާމްތަކެއް ހިންގަމުންނެވެ. އޭގެ ތެރޭގައި ސަރުކާރު ހޮސްޕިޓަލްތަކުގައި އުފަންވާ ކުދިންނަށް ރަން އަނގޮޓި ދިނުމާއި، މަތީ ސާނަވީ ދަރިވަރުންނަށް ހިލޭ ބައިސްކަލު ދިނުމާއި، ކައިވެނިކުރާ އަންހެނުންނަށް ފަށުވި ސާޅީ ދިނުން ފަދަ ކަންކަން ހިމެނެއެވެ.
މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކޭ ގޮތުގައި، މި ނާސްތާ ސްކީމަށް ކާމަރާޖުގެ ނަން ދިނުމަކީ ވިޖޭގެ ސަރުކާރަށް ތާއީދުކުރާ ކޯލިޝަން ބައިވެރިއެއް ކަމަށްވާ ކޮންގްރެސް ޕާޓީއާ އޮތް ސިޔާސީ ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅި ފިޔަވަޅެކެވެ.

ކިޔުންތެރިންގެ ހިޔާލު