ތަމަޅަ ސިނަމާގެ މަޝްހޫރު އެކްޓަރު ސޫރިޔާ އަދި ކުޅަދާނަ ޑައިރެކްޓަރު މަނީ ރަތުނަމް، ގިނަ ދުވަސްތަކަކަށް ފަހު އަނެއްކާވެސް އެކުގައި ފިލްމެއްގެ މަސައްކަތް ކުރުމަށް ވިސްނަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މިއީ 2004 ވަނަ އަހަރު ނުކުތް މަގުބޫލު އެކްޝަން ފިލްމު "އާޔުތަ އެޛުތު" އަށް ފަހު މި ދެ ފަންނާނުން އެކުގައި މަސައްކަތްކުރާނެ ދެވަނަ ފަހަރެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މީގެ 8 އަހަރު ކުރިން މަނީ ރަތުނަމް ވަނީ ސޫރިޔާއަށް ފިލްމެއްގެ ވާހަކަ ހުށަހަޅާފައެވެ. އަދި މިހާރު އޭނާ މަސައްކަތް ކުރަމުންދަނީ އެ ސްކްރިޕްޓަށް ޒަމާނީ ބަދަލުތަކެއް ގެނެސް، ސޫރިޔާއާއެކު އެ ފިލްމު އުފެއްދުމަށެވެ. ނަމަވެސް މި ޕްރޮޖެކްޓް ކުރިއަށްދާނީ ސޫރިޔާ މި ސްކްރިޕްޓް ގަބޫލުކުރުމުންނާއި، ވިޖޭ ސެތުޕަތީ އަދި ސާއީ ޕައްލަވީ ހިމަނައިގެން މަނީ ރަތުނަމް މިހާރު ތައްޔާރުކުރަމުން އަންނަ ފިލްމު "އިންޖީ ވެއްލަމް" ނިމުމުންނެވެ. މިކަމާ ގުޅޭގޮތުން ސޫރިޔާ ނުވަތަ މަނީ ރަތުނަމްގެ ފަރާތުން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.
މީގެ ކުރިން މަނީ ރަތުނަމް ޑައިރެކްޓްކޮށް ސޫރިޔާ ފެނިގެންދިޔަ "އާޔުތަ އެޛުތު" ގައި އާރް. މާދަވަން އަދި ސިދާތު ވެސް މުހިންމު ރޯލުތަކުން ފެނިގެންދިޔައެވެ. އެ ފިލްމަކީ ހިންދީ ބަހުން "ޔުވާ" ގެ ނަމުގައި އެހެން ކާސްޓަކާއެކު ހަމަ އެ ދުވަސްވަރު މަނީ ރަތުނަމް ގެނެސްދިން ފިލްމެކެވެ.
ސޫރިޔާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ވެންކީ އަތުލޫރީގެ "ވިޝްވަނާތު އެންޑް ސަންސް" އިންނެވެ. އޭނާ ދެން އެންމެ އަވަހަށް ފެންނާނީ "އާވޭޝަމް" އިން މަގުބޫލުކަން ހޯދި ޑައިރެކްޓަރު ޖިތޫ މަދަވަންގެ ކޮމެޑީ އެކްޝަން ފިލްމު "ސީން" އިންނެވެ. މި ފިލްމުގައި ސޫރިޔާއާއެކު ނަޒްރިޔާ ނާޒިމް އަދި ނަސްލެން ވެސް ފެނިގެންދާނެއެވެ.
މީގެ އިތުރުން، ޓީޖޭ ޖްޏާނަވެލް ޑައިރެކްޓްކޮށް ހޮމްބާލޭ ފިލްމްސް އިން ޕްރޮޑިއުސްކުރާ ވަގުތީ ގޮތުން "ސޫރިޔާ 48" ގެ ނަން ދެވިފައިވާ ފިލްމަކަށް ވެސް ސޫރިޔާ ވަނީ ސޮއިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު