ދިވެހި ސިނަމާގައި ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ފާތިމަތު ނަހުލާ (ނަހޫ) ގެ އެންމެ ފަހުގެ ފިލްމު "މަޖުނޫން" ގެ ޓިކެޓް ބުކިން މި މަހުގެ 23 ވާ ބުދަ ދުވަހު ފަށާނެކަން އިއުލާނުކޮށްފިއެވެ.
މި ފިލްމާ ގުޅޭގޮތުން "ރަސް" އަށް މައުލޫމާތު ދެމުން ނަހޫ ބުނީ، މި ހަފްތާގެ ބުދަ ދުވަހުން ފެށިގެން ފިލްމުގެ ޓިކެޓް ބުކިން ރަސްމީކޮށް ހުޅުވާލެވޭނެ ކަމަށެވެ. އެގޮތުން ފިލްމު ބަލާލަން ބޭނުންވާ ފަރާތްތަކުން 7844422 ނަންބަރަށް ގުޅައިގެން ނުވަތަ މެސެޖު ކޮށްގެން ބުކިން ހެއްދުމުގެ ފުރުސަތު ވަނީ ހަަމޖެހިފައެވެ.
ކްރިސްޓަލް އެންޓަޓެއިންމަންޓުން ގެނެސްދޭ "މަޖުނޫން" އަކީ އަސަރުގަދަ ލޯބީގެ ފުން ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. ކާމިޔާބު އެތައް ލޯބީގެ ފިލްމުތަކެއް ދިވެހި ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ ނަހުލާގެ މި އައު އުފެއްދުމަކީ، މިހާރުވެސް ގިނަ އަދަދެއްގެ ބެލުންތެރިން އެ ފިލްމަކަށް ނުހަނު ބޮޑަށް އިންތިޒާރު ކުރަމުން އަންނަ އުފެއްދުމެކެވެ.
މި ފިލްމުގެ ލީޑު ރޯލުތަކުން ފެނިގެންދާނީ ހުނަރުވެރި ދެ ތަރިން ކަމަށްވާ އަހްމަދު ޝާރިފް އަދި މަރިޔަމް ޝިފާއެވެ. މީގެ އިތުރުން ފިލްމުގެ މުހިންމު އެހެނިހެން ރޯލުތަކުން ވާޝިޔާ މުހައްމަދު، އަހްމަދު އީސަ (އާނަންދު)، ސާމީ ހުސައިން ދީދީ އަދި މުހައްމަދު މަނިކުގެ އިތުރުން ލާލީ އަދި އެވްލީ ވެސް ފެނިގެންދާނެއެވެ.
ފިލްމު ރިލީޒްކުރުމުގެ ކުރިން، މި މަހުގެ 22 ވާ އަންގާރަ ދުވަހުގެ ރޭ އޮލިމްޕަސް ސިނަމާގައި ބާއްވާ ޚާއްސަ އިވެންޓެއްގައި މި ފިލްމުގެ އޮފިޝަލް ޓްރެއިލާ ބެލުންތެރިންނަށް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު "މަޖުނޫން" ރަސްމީކޮށް އޮލިމްޕަހުގެ ބޮޑު ސްކްރީނަށް އަންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު